Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަހި ސުފުރާ

އެމްއެންޔޫގެ ދެވަނަ ފަހި ސުފުރާ - ފުޑް ފެސްޓިވަލް އަންނަ މަހު

ފެސްޓިވަލް ކުރިއަށް ދާނީ މާޗް 1ން 2ށް ކޮންމެ ދުވަހަކު ހެނދުނު 10:00ން ރޭގަނޑު 10:00ށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 14:07
އެމް.އެން.ޔޫ އިން ބޭއްވި ފަހި ސުފްރާގެ ތެރެއިން

އެމް.އެން.ޔޫ އިން ބޭއްވި ފަހި ސުފްރާގެ ތެރެއިން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިންތިޒާމްކޮށްގެން ހިންގާ ކާބޯތަކެތީގެ މައުރަޒު "އެމް.އެން.ޔޫ ފަހި ސުފުރާ" 2 ވަނަ ފެސްޓިވަލް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޔޫއިން ބުނީ މި ފެސްޓިވަލް ކުރިއަށް ދާނީ މާޗް 1ން 2ށް ކޮންމެ ދުވަހަކު ހެނދުނު 10:00ން ރޭގަނޑު 10:00ށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ގޮތަށް 17 ފަރާތަކުން ވަނީ މި ފެސްޓިވަލްގައި ބައިވެރި ވެފައެވެ. އަދި މި ފެސްޓިވަލް އިން 300އަށް ވުރެ ގިނަ ވައްތަރުތަކުގެ ކާބޯތަކެތި ލިބިގެންދާނެއެވެ. އެމް.އެން.ޔޫ ފަހި ސުފުރާ / އެމް.އެން.ޔޫ ފުޑް ފެސްޓިވަލަށް ވަނުމުގެ ފުރުސަތު ވަނީ ހުރިހާ އާންމުންނަށް ހިލޭ ހުޅުވާލެވިފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ އެމް.އެން.ޔޫ ފަހި ސުފުރާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހި ކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމަކީވެސް މި ބާޒާރުގެ މަޤްޞަދެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ.

ޔުނިވަރސިޓީގެ ސްޓާފުންނާއި ދަރިވަރުންގެ ސްޓޯލްތަކެއްވެސް މި ފެސްޓިވަލްގައި ހިމެނިގެން ދާނެއެވެ. އަދި އޭގެ އިތުރުން ކުޑަކުދިންގެ ހަވީރެއްވެސް ހަވީރު 4:00ން 6:00ށް މި ދެ ދުވަހުގައި ކުރިއަށްދާނެއެވެ.

ފަހި ސުފުރާމޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

ގައުމީ ޔުނިވަރސިޓީގައި 21 ދަރިވަރަކު ޑޮކްޓަރުކަން ކިޔަވާ ސަނަދު ހޯދައިފި

31 އޮކްޓޯބަރު 2024
މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

މެޑިސިން ސްކޫލްގެ ކެމްޕަސް ބަދަލުކުރުމުން 1000ށް ވުރެ ގިނަ ދަރިވަރުންނަށް އަސަރުކުރާނެ: ދަރިވަރުންގެ ޔޫނިއަން

25 އެޕްރީލު 2024
މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

25 އެޕްރީލު 2024
އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

އެއްބަސްވުމުގައި ބާކީ 5 އަހަރު އޮއްވާ ސްކޫލް އޮފް މެޑިސިން ހުސްކުރަން އަންގައިފި

25 އެޕްރީލު 2024

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު