Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަ ސްކޫލް ހޭންޑްބޯޅަ މުބާރާތް

17 އަހަރުން ދަށުގެ ކުއާޓާ ފައިނަލްގައި ޖަމާލުއްދީން، ތާޖުއްދީން، ރަސްދޫ، ހިންނަވަރު، އިސްކަންދަރު، ހުރާ، ޣާޒީ އަދި ގުޅި

23 ފެބުރުއަރީ 2023 | ބުރާސްފަތި 05:16

މި ބައިގެ ކުއާޓާ ފަައިނަލް މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހަވީރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 23 ފެބުރުއަރީ 2023 | ބުރާސްފަތި 05:16
އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ބައިގެ މެޗެއްގެ ތެރެއިން

އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ބައިގެ މެޗެއްގެ ތެރެއިން

މިހާރު ކުރިއަށްދާ އިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ ކުއާޓާ ފައިނަލްގައި ވާދަކުރާނެ ޓީމުތައް ޔަޤީންވެއްޖެ އެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބުނީ ހަތަރު ގްރޫޕްގެ މެދުގައި ކުޅުނު ގްރޫޕް ސްޓޭޖު މެޗުތަކަށް ފަހު އެވެ. ކޮންމެ ގްރޫޕަކުން ވެސް އެއް ވަނަ ޓީމާއި ދެ ވަނަ ޓީމަށް ކުއާޓާގެ ޖާގަ ލިބެ އެވެ. ގްރޫޕް އޭ އިން އެއް ވަނައިގައި ޖަމާލުއްދީން ސްކޫލް އެއް ވަނައިގައި ދިޔަ އިރު، ދެ ވަނައިގައި ދިޔައީ ހުރާ ސްކޫލް އެވެ. ޖަމާލުއްދީނުން ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި އެވެ. ހުރާ ވަނީ އެއް މެޗުން ބަލިވެފަ އެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ގްރޫޕް ބީގެ އެއް ވަނަ ލިބެނީ އއ.އަތޮޅު ތަޢުލީމީ މަރުކަޒު (ރަސްދޫ) އަށެވެ. އެއް މެޗުން ބަލިވެ ދެ ވަނަ ލިބެނީ ގުޅީ ސްކޫލް އަށެވެ. ގްރޫޕް ސީގެ އެއް ވަނަ އިސްކަންދަރު ސްކޫލް އިން ހޯދިއިރު، ދެ ވަނަ ލިބެނީ ތާޖުއްދީން ސްކޫލަށެވެ. މި ގްރޫޕްގައި އޮތީ ހަ ޓީމެވެ. ގްރޫޕް ޑީ ގައި ވެސް އޮތީ ހަ ޓީމެވެ. މި ގްރޫޕްގައި ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށްގެން އެއް ވަނަ ހޯދީ ޣާޒީ ސްކޫލް އެވެ. ދެ ވަނަ ލިބެނީ ޅ.އަތޮޅު ތަޢުލީމީ މަރުކަޒު (ހިންނަވަރު) ށެވެ.

މި ބައިގެ ކުއާޓާ ފަައިނަލް މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހަވީރު އެވެ. ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗުގައި ޖަމާލުއްދީން ސްކޫލް ނުކުންނާނީ ތާޖުއްދީން ސްކޫލާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ރަސްދޫ އިން ނިކުންނާނީ ހިންނަވަރާ ދެކޮޅަށެވެ. ތިން ވަނަ މެޗުގައި އެރޭ އިސްކަންދަރު ނިކުންނާނީ ހުރާ ސްކޫލާ ދެކޮޅަށެވެ. މި ބައިގެ ކުއާޓާ ފައިނަލްގެ ފަހު މެޗުގައި ޣާޒީ ސްކޫލް ނިކުންނާނީ ގުޅީ ސްކޫލާ ދެކޮޅަށެވެ.

މި ބައިގެ ސެމީ ފައިނަލް މެޗުތައް ފެށުމަށް ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހު އެވެ.

ހޭންޑްބޯލް މޯލްޑިވްސްއިންޓަ ސްކޫލް ހޭންޑް ބޯޅަ މުބާރާތް 2023

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ބަންގްލަދޭޝް ބަލިކޮށް، ރާއްޖެ އިން ލޯ މެޑަލް ކާމިޔާބު ކޮށްފި
22 ސެޕްޓެމްބަރު 2025

ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް

22 ސެޕްޓެމްބަރު 2025
ސެމީ ފައިނަލް އިން ބަލިވެ، ރާއްޖެ ތިން ވަނަ ހޮވާ މެޗަށް
21 ސެޕްޓެމްބަރު 2025

ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ

21 ސެޕްޓެމްބަރު 2025
ކޮމަންވެލްތު ބީޗް ހޭންޑް ބޯޅް މުބާރާތުގެ ސެމީ ފައިނަލް އަށް ރާއްޖެ
12 ސެޕްޓެމްބަރު 2025

ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި

12 ސެޕްޓެމްބަރު 2025
ހުނަރުވެރި ކުޅުންތެރިޔާ ޔަޝްމު، ހޭންޑުބޯޅަ ޤައުމީ ޓީމުން ވަކި ކޮށްފި
26 އޮކްޓޯބަރު 2024

ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް

26 އޮކްޓޯބަރު 2024
ހޭންޑުބޯޅަ އެސޯސިއޭޝަންގެ އިސްވެރިންނާ ގުޅުން ހުރި މައްސަލައެއް އޭސީސީ އަށް
21 އޮކްޓޯބަރު 2024

ޚިޔާނާތުގެ މައްސަލައެއްގައި ހޭންޑުބޯޅައިގެ ޖީއެސް މަޤާމުން ވަކިކޮށްފި

21 އޮކްޓޯބަރު 2024
ޚިޔާނާތުގެ މައްސަލައެއްގައި ހޭންޑުބޯޅައިގެ ޖީއެސް މަޤާމުން ވަކިކޮށްފި
28 އޯގަސްޓު 2023

އައިއޯއައިޖީ - ދެ ވަނަ މެޗުގައި މަޔޯޓާ ވާދަކޮށް އަންހެން ހޭންޑްބޯޅަ ޓީމަށް ނާކާމިޔާބު

28 އޯގަސްޓު 2023
އައިއޯއައިޖީ - ދެ ވަނަ މެޗުގައި މަޔޯޓާ ވާދަކޮށް އަންހެން ހޭންޑްބޯޅަ ޓީމަށް ނާކާމިޔާބު
01 މާރިޗު 2023

15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އަޙުމަދިއްޔާ އަށް

01 މާރިޗު 2023
15 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން އަޙުމަދިއްޔާ އަށް
01 މާރިޗު 2023

17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ރަސްދޫ އިން ހޯދައިފި

01 މާރިޗު 2023
17 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ރަސްދޫ އިން ހޯދައިފި
27 ފެބުރުއަރީ 2023

ސަތާރަ އަހަރުން ދަށުގެ ފައިނަލްގައި އއ.އަތޮޅު ސްކޫލާއި އިސްކަންދަރު ސްކޫލް

27 ފެބުރުއަރީ 2023
ސަތާރަ އަހަރުން ދަށުގެ ފައިނަލްގައި އއ.އަތޮޅު ސްކޫލާއި އިސްކަންދަރު ސްކޫލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް