Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް

ކްރިމިނަލް ކޯޓު ހިންގަމުންދާ އިމާރާތް ބަދަލުކުރުމަށް އަންގައިފި

ހެދި އިންސްޕެކްޝަނަށްފަހު، އެއިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން ވަނީ އިރުޝާދު ދެއްވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 02:06
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރިކަމެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދެއްވާފައިވާތީ ކްރިމިނިލް ކޯޓު ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފިއެވެ.

އެކަމާއި ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓު ހިންގަމުންދާ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބައުވެފައިވާ ތަނަކަށްވެ ވަރަށް ބޮޑަށް އެއިމާރާތް ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން ލައްވާ ބުދަ ދުވަހު ވަނީ އިންސްޕެކްޝަނެއް ހަދާފައިކަމަށެވެ. ހެދި އިންސްޕެކްޝަނަށްފަހު، އެއިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން ވަނީ އިރުޝާދު ދެއްވާފައިކަމަށް ޖޭއެސްސީން ބުނެއެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިމެންދެން ކޯޓުގެ މުވައްޒަފުންނާއި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުގެ ސަލާމަތަށްޓަކައި، ތިރީގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތުން ނިންމާފައިވަނީ:

ކްރިމިނަލް ކޯޓަކީ ގާތްގަނޑަކަށް 100 އެއްހައި މުވައްޒަފުންނާއި ކޯޓުގެ ގާޒީން އެކުގައި މަސައްކަތް ކުރައްވާ ތަނެކެވެ. އެގޮތުން މީގެ ކުރިން ޕްލޭނިންގ މިނިސްޓްރީންވެސް ކޯޓުގެ އެސެސްމަންޓެއް ހަދާފައިވާއިރު، ވީހާވެސް އަވަހަށް އެތަން ހުސްކުރަން ޖެހޭކަމަށް މިނިސްޓްރީންވެސް ބުނެފައިވެއެވެ.

ކޯޓު އިމާރަތް ބާވުމާއި، އިމާރާތުގެ ޝަރީއަތްކުރާ މާލަންތަކުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ލާފައިހުރުމާއި ގުޅިގެން ބައެއް މަރާމާތުތައްވެސް ވަނީ ކުރަން ޖެހިފައެވެ.

ކްރިމިނަލް ކޯޓުގެ 4 ބުރީގެ އިމާރަތް ބާވެ އަރިއަޅާލާފައިވާތީ ބޭރުން ހުންނަނީ ދަގަނޑުތައް ވިއްދާފައެވެ. ސިޑިގޮޅިތަކަށް ފެން ފޭބުމާއި، ޝީޓުތައް ބާވުމުގެ ސަބަބުން ބޮޑެތި ބާގަނޑުތައް ހެދިފައިވާއިރު، މޫސުން ގޯސް ދުވަސްވަރެއް ނަމަ، ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށްވެސް ވާރޭ ވެހޭކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ބައެއް ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކުގެ ސީލިންގާއި ޝީޓުތައް ޙަލާކުވެފައި ހުރުމުގެ ސަބަބުން މޫސުން ގޯސް ދުވަސްވަރެއްނަމަ އެތަނުގައި ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނޯވެއެވެ.

މީގެއިތުރުން، ކޯޓުގެ ބައެއް ފާޚާނާތަކުގެ ސީލިންގތައް ނެއްޓިފައިވުމާއި، ސީލިންގ ގެ ބެރިތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ފާޚާނާތައްވެސް ބޭނުން ނުކުރެވޭ ޙާލަތަށް ދާން ކައިރިވެފަވެއެވެ. މިމަހުގެ ތެރޭގައިވެސް ކްރިމިނަލް ކޯޓުގެ އެތެރޭގައި ހުރި ތަނބެއް ވަނީ ވެއްޓިފައެވެ.

 ކޯޓަށް ދިމާވެފައިވާ އިމާރާތުގެ ދަތިކަމުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ޙައްލުނުވެ ދިގުލަމުންދާ މައްސަލައެކެވެ.

ކްރިމިނަލް ކޯޓްޖޭއެސްސީ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު