Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭޕީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސް

ޖޭޕީގެ ގައުމީ ކޮންފަރެންސް މިމަހުގެ 24 އަދި 25 ގައި

ގައުމީ ކޮންފަރެންސްގައި ނިންމާ މުހިންމު ނިންމުންތަކުގެ ތެރޭގައި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާމެދު ގޮތެއް ނިންމުން ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 ފެބުރުއަރީ 2023 | ބުރާސްފަތި 02:05
ޖޭޕީގެ ކައުންސިލު ބައްދަލުވުމެއްގެ ތެރެއިން

ޖޭޕީގެ ކައުންސިލު ބައްދަލުވުމެއްގެ ތެރެއިން

ޖުމްހޫރީ ޕާޓީގެ ހަތަރު ވަނަ ގައުމީ ކޮންފަރެންސް ފެބްރުއަރީ 24ން 25ށް އޮންނާނެކަމަށް އެޕާޓީން ބުނެފިއެވެ.

ދަރުބާރުގޭގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ގައުމީ ކޮންފަރެންސްގައި ނިންމާ މުހިންމު ނިންމުންތަކުގެ ތެރޭގައި ޖޭޕީގެ އަސާސީ ގަވާއިދުގެ ދަށުން ކޮންފަރެންސުން އިންތިޚާބުކުރަންޖެހޭ މެންބަރުން އިންތިޚާބުކުރުމާއި ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާމެދު ގޮތެއް ނިންމުން ހިމެނެއެވެ.

އައު ދައުރަކަށް ފަސް ޑެޕިއުޓީ ލީޑަރުންނާއި ކައުންސިލަށް 25 މެންބަރުން ހޮވާނެއެވެ. އެޕާޓީގެ ޑެޕިޔުޓީ ފަސް ލީޑަރުންގެ މަގާމަށް 12 ބޭފުޅަކު ކުރިމަތިލައްވާފައިވެއެވެ. އަދި ކައުންސިލުގެ 25 މަގާމަށް 65 މެންބަރަކު ކުރިމަތިލެއްވިއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރައްވަނީ ލީޑަރުގެ މަގާމުގައި މިހާރުވެސް ހުންނެވި ގާސިމް އިބްރާހީމެވެ. ނަމަވެސް އެ މަގާމަށް އެ މަނިކުފާނު އިންތިހާބު ވާނީ ޕާޓީގެ އަސާސީ ގަވާއިދަށް ހުށަހަޅައިފައިވާ އިސްލާހުތައް ފާސްވުމުން ކަމަށް އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް، އަލީ އާރިފް ވަނީ "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުންވިދާޅުވެފައެވެ.

ކޮންފަރެންސް ފެށުމަށްފަހު އެންމެ ފުރަތަމަ ކުރާ ކަމެއްގެ ގޮތުގައި އެޖެންޑާކޮށްފައިވަނީ އަސާސީ ގަވާއިދަށް ގެންނަން ޖޭޕީގެ ކައުންސިލުން އެންޑޯޒްކޮށްފައިވާ އިސްލާހުތަކާމެދު ގޮތެއް ނިންމުމެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާމެދު ޖޭޕީން ގޮތެއް ނިންމުން އޮތީ ހޮނިހިރު ދުވަހުއެވެ. އެދުވަހު މެންދުރު ކުރިޔަށްދާ ދަންފަޅިއަށް ރިޔާސީ އިންތިޚާބާމެދު ޖުމްހޫރީ ޕާޓީން ގޮތެއް ނިންމުމާއި ބެހޭ ގޮތުން އަބްދުﷲ އަހުމަދު ހުށަހަޅުއްވާ ގަރާރަށް ބަހުސްކޮށް ވޯޓަށް އަހާނެއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ފަރާތުންނާއި ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން ޓީމުގެ މަންދޫބުން ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލުކޮށްފައެވެ. ޖޭޕީއަކީ މިސަރުކާރުގެ ގުޅިފައިވާ ކޯލިޝަންގެ ޕާޓީއެއްވެސްމެއެވެ.

ޖޭޕީގެ ޤައުމީ ކޮންގްރެސްގައި 900ށްވުރެ ގިނަ މީހުން ބައިވެރިވާނެކަމަށްވެސް އެޕާޓީން ބުނެއެވެ.

ޖުމްހޫރީ ޕާޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
10 ޑިސެމްބަރު 2023

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި
22 ނޮވެމްބަރު 2023

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި
04 އޮކްޓޯބަރު 2023

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު
20 ސެޕްޓެމްބަރު 2023

ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި

20 ސެޕްޓެމްބަރު 2023
ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި
17 ސެޕްޓެމްބަރު 2023

ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން

17 ސެޕްޓެމްބަރު 2023
ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން
16 ސެޕްޓެމްބަރު 2023

ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން

16 ސެޕްޓެމްބަރު 2023
ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން
11 ސެޕްޓެމްބަރު 2023

ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ހާމަކުރާނެ: ޖޭޕީ

11 ސެޕްޓެމްބަރު 2023
ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ހާމަކުރާނެ: ޖޭޕީ
20 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު