Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފީފާގެ އެހީ ތުރުކީ އާއި ސީރިއާ އަށް

ފީފާ އިން ވަނީ އެއް މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައި ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ފެބުރުއަރީ 2023 | ހޯމަ 02:27
މީގެ ކުރިން ފީފާގެ ރައީސް ތުރުކީގެ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން

މީގެ ކުރިން ފީފާގެ ރައީސް ތުރުކީގެ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން

ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން އެ ދެ ޤައުމަށް އެހީވުމަށް ނިންމައިފި އެވެ.

ފެބްރުވަރީ މަހުގެ ކުރީ ކޮޅު އައި ބިންހެލުމުގެ ސަބަބުން އެތައް އިމާރާތްތަކަކަށް ގެއްލުންވެފައިވާއިރު، އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގާނާގެ ޤައުމީ ޓީމަށް ކުރިން ކުޅުނު ކްރިސްޓިއަން އަޓްސޫ ވެސް ހިމެނެ އެވެ. އެކަމުގެ ސަބަބުން ތުރުކީގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ އެ ޤައުމުގެ ފުޓުބޯޅަ ލީގު ވެސް މެދު ކަނޑާލުމަށް ނިންމައިފަ އެވެ.

އެކަމަށް އެހީތެރިވުމުގެ ގޮތުން ފީފާ އިން ވަނީ އެއް މިލިއަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައި ކަމަށް ބޭރުގެ މީޑިއާތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން އެ އިދާރާ އިން އެހީތެރިކަން ފޯރުކޮށްދެނީ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށްދިނުމާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ. އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްވަރާތައް ފީފާ އިން ވަނީ އެ ދެ ޤައުމުގެ އިސްވެރިންނާއި، އަދި ފުޓުބޯޅަ އިދާރާތަކުގެ އިސްވެރިންނާ ކޮށްފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ތުރުކީ އާއި ސީރިއާ އަށް އައި ބިންހެލުމުގެ ސަބަބުން ފުޓުބޯޅައިގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުން އަންނަނީ ހިތާމަ ފާޅުކޮށް، އެ ދެ ޤައުމަށް އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ. މީގެއިތުރުން ޔުއެފާ ޗެމްޕިއަންސް ލީގާއި، އެހެނިހެން ލީގު މެޗުތައް ފެށުމުގެ ކުރިން ހިމޭންކަމުގެ ސުކޫތު ކޮޅުތައް ވެސް އަންނަނީ ގެންނަމުންނެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

ރާއްޖޭގެ ގައުމީ އެތްލެޓިކްސް ޓީމަށް އިންޑިއާއިން އެހީވާން ނިންމައިފި

29 މެއި 2017
ރާއްޖޭގެ ގައުމީ އެތްލެޓިކްސް ޓީމަށް އިންޑިއާއިން އެހީވާން ނިންމައިފި
25 މެއި 2017

ގެއްލުންވި އާއިލާތަކަށް އެހީވުމުގައި ސިޓީ އާއި ޔުނައިޓެޑުން ވެސް ބައިވެރިވެއްޖެ

25 މެއި 2017
ގެއްލުންވި އާއިލާތަކަށް އެހީވުމުގައި ސިޓީ އާއި ޔުނައިޓެޑުން ވެސް ބައިވެރިވެއްޖެ
21 މާރިޗު 2017

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017
ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
02 މާރިޗު 2017

ކްލަބުތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައަޅައިފި

02 މާރިޗު 2017
ކްލަބުތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު