Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭއެމް

ކްލަބްތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައެޅުން މާދަމާ!

އަންނަ ހަފްތާ ތެރޭގައި ކްލަބްތަކާއެކު ކުންފުނިތަކުން ސޮއިކުރާނެ: ބައްސާމް

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 1 މާރިޗު 2017 | ބުދަ 07:47
އެފްއޭއެމްގެ ރައީސް ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް

ފުރަތަމަ ޑިވިޝަންގެ އަށް ކްލަބަށް މާލީ ގޮތުން އެހީވުމަށް ކުންފުނިތަކުން އެކަމަށް ވެވޭ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބުރާސްފަތި ދުވަހު އެ ކްލަބެއް ސްޕޮންސާ ކުރާނެ ކުންފުންޏެއް ކަނޑައެޅުމަށް ގުރުނެގުމަށް ހަމަޖެހިފައިވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވެއްޖެ އެވެ.

ބައްސާމް ވިދާޅުވީ، ގުރު ނެގުމަށް ފަހު ޖެހިގެން އަންނަ ހަފްތާ ތެރޭގައި ކްލަބްތަކާއެކު ކުންފުނިތަކުން ސޮއިކުރާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އެ ކްލަބްތަކަށް ފައިސާ ދޫކުރުމުގެ ކަންތައް ކުރިޔަށް ގެންދާނީ ކުންފުނިން ކަމަށާއި، އެފްއޭއެމް އެކަމުގެ ތެރެއަށް ނުވަންނާނެ ކަމަށެވެ.

އެހެންނަމަވެސް ބައްސާމް ވިދާޅުވީ، ކްލަބްތަކުން ފައިސާ ބޭނުންކުރާ ގޮތް އެފްއޭއެމް އިން އަދި ކުންފުނިތަކުން ވެސް މޮނިޓަރ ކުރާނެ ކަމަށާއި، ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލް ކްލަބްތަކުން ދޭން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ކްލަބްތަކުން ފައިސާ ހަރަދުކުރަންވީ ދާއިރާތައްވެސް އެފްއޭއެމް އިން ކަނޑައަޅާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ދިވެހި ޕްރިމިއަރ ލީގަށް ކުރިޔަށް އޮތް ސީޒަނުގައި ކޮލިފައިނުވާ ކްލަބްތަކަށް ދެ މިލިއަން ރުފިޔާ ލިބޭ އިރު، އޭގެ ތެރެއިން ކޮލިފައިވާ ކްލަބްތަކަށް އިތުރަށް އެއް މިލިއަން ރުފިޔާ ލިބިގެންދާނެ އެވެ. މީގެ އިތުރުން އަތޮޅު ތެރެއިން އަންނަ ޓީމުތަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ވެސް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.

ކުލަބުތަކަށް ދޭ ފައިސާގެ އިތުރުން ކުރީ އަހަރުތަކެކޭ އެއް ފަދައިން ލީގާއި މުބާރާތްތަކުގެ ވަނަތަކަށް ވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދިވެހި ޕްރިމިއާ ލީގުގެ ފައިސާގެ އިނާމު ކަމަށްވާ އެއް މިލިއަން ރުފިޔާ ގަދަ ހަ ޓީމުގެ މެދުގައި ބަހާލުމަށް ނިންމާފައިވާއިރު އެފްއޭ ކަޕާއި ޕުރެސިޑެންޓްސް ކަޕްގެ ފައިސާގެ އިނާމަކަށް ކަނޑައަޅާފައިވަނީ މުބާރާތަކަށް 150،000ރ. އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްލަބްތަކަށް ލިބެމުން ދިޔަ އެއްޗެއް އުނިކުރަން ސަރުކާރުން ނުނިންމާ: އަލީ ވަހީދު

ކްލަބްތަކަށް ލިބެމުން ދިޔަ އެއްޗެއް އުނިކުރަން ސަރުކާރުން ނުނިންމާ: އަލީ ވަހީދު

11 މާރިޗު 2019
ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ކްލަބްތަކަށް އެހީވާން އެފްއޭއެމުން ނިންމައިފި

ސަރުކާރުގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ ކްލަބްތަކަށް އެހީވާން އެފްއޭއެމުން ނިންމައިފި

06 މާރިޗު 2019
މިއަހަރުވެސް ކްލަބްތަކަށް މާލީ އެހީދޭނީ ސަރުކާރުން، 2020 ފެށިގެން ދޭނީ އެފްއޭއެމް

މިއަހަރުވެސް ކްލަބްތަކަށް މާލީ އެހީދޭނީ ސަރުކާރުން، 2020 ފެށިގެން ދޭނީ އެފްއޭއެމް

24 ޖެނުއަރީ 2019
ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު

ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު

05 ޑިސެމްބަރު 2018
އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލިއްޖެ

އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ގެއްލިއްޖެ

19 ނޮވެމްބަރު 2018

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު