Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭވީސީ ވޮލީ މުބާރާތް

ސަޕޯޓަރުންގެ އެހީއާ އެކު ކިރިގިސްތާން ބަލި ކުރެވޭނެ: ސާޖިދު

21 މާރިޗު 2017 | އަންގާރަ 12:38

އަމިއްލަ ފަސްގަނޑުގައި ކުޅެން ލިބުމަކީ ވަރަށް ބޮޑު ނަސީބެއް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 21 މާރިޗު 2017 | އަންގާރަ 12:38
ރާއްޖޭގެ ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗު މުމުހައްމަދު ސާޖިދު (ކާއްޓޭ)

ރާއްޖޭގެ ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗު މުމުހައްމަދު ސާޖިދު (ކާއްޓޭ)

އަމިއްލަ ފަސްގަނޑުގައި މުބާރާތެއް ކުޅެން ލިބުމަކީ ހުރިހާ ގޮތަކުން ވެސް ފައިދާތަކެއް ޓީމަށް ކުރާނެ ކަމެއް ކަމަށާއި އެހެން ކަމުން ސަޕޯޓަރުންގެ އެހީއާ އެކު މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާ ކިރިގިސްތާން ޓީމު ބަލިކުރެވޭނެ ކަމަށް ގައުމީ ވޮލީ ޓީމުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ބުދަ ދުވަހު ހަވީރު ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން މެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ކިރިގިސްތާނާ ދެކޮޅަށް ނުކުތުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތު ދެމުން ސާޖިދު ބުނީ ހަތަރު ގައުމު ވާދަކުރާ މި މުބާރާތުގެ ކޮންމެ މެޗަކީ ވެސް މުހިންމު ވާނެ މެޗުތަކެއް ކަމަށެވެ.

ސާޖިދު ބުނީ ކިރިގިސްތާން ޓީމަކީ މީގެ ކުރިން ބަންގްލަދޭޝްގައި ކުރިއަށްދިޔަ މުބާރާތެއްގައި ބަލިކޮށްފައިވާ ޓީމެއް ކަމަށާއި އެހެން ކަމުން ރާއްޖޭގައި މި މުބާރާތް ކުރިއަށްދާއިރު އެޓީމު ބަލި ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޓީމަށް މިފަހަރު އަލަށް ގުޅުނު ކުޅުންތެރިންނަށް އަލިއަޅުވާލަމުން ސާޖިދު ބުނީ އެ ކުޅުންތެރިންނާއެކު ޓީމަށް ގިނަ ކުރިއެރުންތަކެއް ލިބިގެން ހިނގައްޖެ ކަމަށާއި އެގޮތުން މުޅި ޓީމުން ވެސް ތަފާތު ފެނިގެންދާނެ ކަމަށެވެ.

މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ކުޅުމަށް އިޝާރާތް ކުރަމުން ސާޖިދު ބުނީ އެހެން ހުރިހާ ޓީމުތަކާ އަޅާ ބަލާއިރު، ރާއްޖޭގެ ޓީމަކީ މި ސަރަހައްދުގެ އެހެން ޓީމުތަކަށް ވުރެ އެޓޭކްތައް ވަރުގަދަ ޓީމެއް ކަމަށެވެ. އަދި ކިރިގިސްތާން ޓީމަކީ ރަނގަޅު ޑިފެންސެއްކޮށް ހަލުވި ކުޅުމެއް ކުޅޭ ޓީމެއް ކަމަށް ސާޖިދު ބުންޏެވެ.

ސާޖިދު ބުނީ ކިރިގިސްތާނާ ދެކޮޅަށް ކުޅޭއިރު ރާއްޖެއިން އެންމެ ބޮޑު އިސްކަމެއްދޭނީ ރަނގަޅު ސާވިސްތަކަކާއި ރިސީވްތަކެއް ކޮށް އެޓޭކްތައް ވަރުގަދަ ކުރުމަށް ކަމަށެވެ.

ރާއްޖެއިން ވަނީ މީގެ ކުރިން މި މުބާރާތުގެ ދެވަނަ އަދި މިދިޔަ އަހަރު މުބާރާތުގެ ތިންވަނަ ހޯދާފަ އެވެ. އެހެން ކަމުން އަމިއްލަ ފަސްގަނޑުގައި މުބާރާތް ކުރިއަށްދާއިރު މިއީ ދިވެހިންގެ ފަހަރު ކަމަށް ހެދުމަށް ވޮލީ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުން ތިބީ ކެތްމަދުވެފަ އެވެ.

ރާއްޖެ އާއި ކިރިގިސްތާން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެ ހަވީރު 16:00 ގައި ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގަ އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް