Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފޯމިއުލާ ވަން

ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް އެހީވުމަށް ފޯމިއުލާ ވަން ޑަރައިވަރުން ފޮޓޯތަކެއް ހަދިޔާކޮށްފި

ނީލަން ކިޔުން ހުޅުވާލުމުގެ ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހު، ލަންޑަންގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 7 ފެބުރުއަރީ 2017 | އަންގާރަ 20:18
ދުނިޔޭގެ އެއްވަނަ ނިކޯ ރޮޒްބަރގް ހަދިޔާ ކުރި ސެލްފީއެއް

ދުނިޔޭގެ އެއްވަނަ ނިކޯ ރޮޒްބަރގް ހަދިޔާ ކުރި ސެލްފީއެއް

ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަންއަށް ފަންޑް ހޯދުމުގެ ގޮތުން މޮޓޯ ރޭސިންގގައި އެންމެ ފާހަގަކޮށްލެވޭ ފަރާތްތައް ސޮއިކޮށްފައިވާ ފޮޓޯތަކެއް މިއަހަރުވެސް ނީލަން ކިޔާނެއެވެ.

މި ގޮތުން ހުކުރު ދުވަހު ލަންޑަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާގައި ފޯމިއުލާ ވަންގެ ގިނަ ޑްރައިވަރުން ނަގާފައިވާ "ބިހައިންޑް ދަ ސީންސް"ގެ ފޮޓޯތައް ނީލަން ކިޔަންވަނީ ހަމަޖެހިފައެވެ.

މި ހަރަކާތައް، މޮޓޯ ރޭސިންގެ ދުނިޔޭގެ އެއްވަނަ، ނިކޯ ރޮޒްބަރގް، ލުއިސް ހެމިލްޓަން، ބަރނީ އެކްލެސްޓޯން، ޑެނިއަލް ރިކިއާޑޯ އަދި މެކްސް ވަސްޓެޕެސް ވަނީ ފޮޓޯތައް ހުށަހަޅާފައެވެ.

ރޮސްބަރގް ވަނީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ކުރިއަށް ދިޔަ އިޓާލިއަން ގްރޭންޑް ޕްރީ ކާމިޔާބު ކުރުމަށްފަހު ނަގާފައިވާ ސެލްފީއެއް ޗެރިޓީއަށް ހުށަހަޅާފައެވެ.

މީގެ އިތުރުން، މެކްލަރެން ޓީމްގެ ރޭސިންގ ޑައިރެކްޓަރ، އެރިކް ބޯލިއަރ ވަނީ އޭނާއާއި، އެހެން ފަރާތްތަކެއް ފެންނަ ސެލްފީއެއް ވެސް ހުށަހަޅާފައެވެ.

ޒޫމް އޯކްޝަން އިން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ނީލަމުން ސްޓާލައިޓް ޗިލްޑްރެންސް ފައުންޑޭޝަނަށް މިހާތަނަށް 100،000 ޕައުންޑް ހޯދިފައިވާކަމަށް ރިޕޯޓްތަކުގައިވެއެވެ.

ހުށަހަޅާފައިވާ ފޮޓޯގްރާފްތައް އޮންލައިންކޮށް ވެސް ނީލަން ކިޔޭއިރު، ކުރިއަށް އޮތް ހަފްތާތަކުގައި ނީލަން ކިޔުމަށް ފުރުސަތު ހުޅުވާލެވިފައި ހުންނާނެއެވެ.

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2024

ނޯމަލައިޒިން ކޮމެޓީ އަށް އެހީވުމަށް ފީފާގެ ޚާއްސަ ޓީމެއް ރާއްޖެ އަންނަނީ

24 ސެޕްޓެމްބަރު 2024
ނޯމަލައިޒިން ކޮމެޓީ އަށް އެހީވުމަށް ފީފާގެ ޚާއްސަ ޓީމެއް ރާއްޖެ އަންނަނީ
09 ސެޕްޓެމްބަރު 2024

ޔާމްބެ އަށް އެހީވުމަށް ކުރިއަށް ގެންދިޔަ ލައިވް އަކުން ދެ ލައްކަ ރުފިޔާ

09 ސެޕްޓެމްބަރު 2024
ޔާމްބެ އަށް އެހީވުމަށް ކުރިއަށް ގެންދިޔަ ލައިވް އަކުން ދެ ލައްކަ ރުފިޔާ
26 ނޮވެމްބަރު 2022

ޑިބްރޭނާގެ ވިސްނުން ހުރީ ހުރިހާ ގޮތަކުންވެސް ޓީމަށް އެހީވުމަށް

26 ނޮވެމްބަރު 2022
ޑިބްރޭނާގެ ވިސްނުން ހުރީ ހުރިހާ ގޮތަކުންވެސް ޓީމަށް އެހީވުމަށް
09 ފެބުރުއަރީ 2020

މިއީ ޒުވާން ގޯލްކީޕަރުންނަށް އެހީވުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު: އިމްރާން

09 ފެބުރުއަރީ 2020
މިއީ ޒުވާން ގޯލްކީޕަރުންނަށް އެހީވުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު: އިމްރާން
30 އޮކްޓޯބަރު 2017

ފޯމިއުލާ ވަން ޗެމްޕިއަންކަން ހެމިލްޓަން ހޯދައިފި

30 އޮކްޓޯބަރު 2017
ފޯމިއުލާ ވަން ޗެމްޕިއަންކަން ހެމިލްޓަން ހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު