Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކްބުތަކަށް މާލީ އެހީ

ކްލަބުތަކަށް މާލީ އެހީދޭ ކުންފުނިތައް ކަނޑައަޅައިފި

ކްލަބުތަކަށް ފައިސާ ދޫކުރާނީ ކުންފުނިތަކުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 2 މާރިޗު 2017 | ބުރާސްފަތި 11:52
ކުންފުނިތަކާއި ކްލަބުތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން- ފޮޓޯ: ރާއްޖެއެމްވީ

ކުންފުނިތަކާއި ކްލަބުތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން- ފޮޓޯ: ރާއްޖެއެމްވީ

ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުގެ މާލީ ކަންތައްތައް ހަމައަކަށް އެޅުވުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވައުދުވެ ވަޑައިގެންނެވި ފަދައިން އެ ކްލަބުތަކުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތައް ހަމަޖައްސައިފި އެވެ.

ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހު ހެނދުނު އޮތް ކުރު ހަފްލާއެއްގައި ވަނީ ކްލަބުތަކަށް ހަވާލުވާނެ ކުންފުނިތައް ގުރު ނެގުމަށްފަހު ރަސްމީކޮށް އެ ކުންފުނިތަކާއި ކްލަބުތަކުގެ ސްޕޮންސަރ ޖާޒީ ހަވާލުކޮށްފަ އެވެ.

އެގޮތުން މިއަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ހަވާލުވާނީ އެލައިޑް އިންޝިއުރެންސް އެވެ. އަދި މިދިޔަ އަހަރުގެ ދިވެހި ލީގު ޗެމްޕިއަން މާޒިޔާ އާއި ހަވާލުވާނީ މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އެވެ. ފާއިތުވި ސީޒަންގެ ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތް ކާމިޔާބުކުރި ކްލަބު އީގަލްސްގެ ސްޕޮންސަރަކަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ހަމަޖެހިގެންދިޔަ އިރު، ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ސްޕޮންސަރަކަށް ހަމަޖެހިފައި ވަނީ މޯލްޑިވް ގޭސް އެވެ.

ޓީސީ ސްޕޯޓްސް ކްލަބުގެ ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް އެވެ. އަދި ފާއިތުވި ސީޒަންގެ އެފްއޭކަޕްގެ ޗެމްޕިއަން ކްލަބު ވެލެންސިޔާ އަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ހަމަޖެހިގެންދިޔަ އިރު، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ ސްޕޮންސަރަކަށް ހަމަޖެހުނީ ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އަދި މިއަހަރުގެ ފުރަތަމަ ޑިވިޝަނަށް އަލަށް ނުކުތް ކްލަބު ގްރީން ސްޓްރީޓުގެ ސްޕޮންސަރަކަށް ހަމަޖެހުނީ މޯލްޑިވިއަން އެވެ.

Captionކުންފުނިތަކާއި ކްލަބުތައް ހަވާލުކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން- ފޮޓޯ: ރާއްޖެއެމްވީ

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވިދާޅުވެފައި ވަނީ ކްލަބުތަކާއި ކުންފުނިތައް ހަވާލުކުރުމަށް ގުރު ނެގުމަށް ފަހު ޖެހިގެން އަންނަ ހަފްތާ ތެރޭގައި ކްލަބްތަކާއެކު ކުންފުނިތަކާ ދެމެދު ރަސްމީކޮށް ސޮއިކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ އެ ކްލަބްތަކަށް ފައިސާ ދޫކުރުމުގެ ކަންތައް ކުރިޔަށް ގެންދާނީ ކުންފުނިތަކުން ކަމަށާއި، އެފްއޭއެމް އެކަމުގެ ތެރެއަށް ނުވަންނާނެ ކަމަށެވެ.

އެހެންނަމަވެސް ބައްސާމް ވިދާޅުވީ، ކްލަބްތަކުން ފައިސާ ބޭނުންކުރާ ގޮތް އެފްއޭއެމް އިން އަދި ކުންފުނިތަކުން ވެސް މޮނިޓަރ ކުރާނެ ކަމަށާއި، ފައިސާ ހަރަދުކުރާ ގޮތުގެ ތަފްސީލް ކްލަބްތަކުން ދޭން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން ކްލަބްތަކުން ފައިސާ ހަރަދުކުރަންވީ ދާއިރާތައް ވެސް އެފްއޭއެމް އިން ކަނޑައަޅާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ދިވެހި ޕްރިމިއަރ ލީގަށް ކުރިޔަށް އޮތް ސީޒަނުގައި ކޮލިފައިނުވާ ކްލަބްތަކަށް ދެ މިލިއަން ރުފިޔާ ލިބޭ އިރު، އޭގެ ތެރެއިން ކޮލިފައިވާ ކްލަބްތަކަށް އިތުރަށް އެއް މިލިއަން ރުފިޔާ ލިބިގެންދާނެ އެވެ. މީގެ އިތުރުން އަތޮޅު ތެރެއިން އަންނަ ޓީމުތަކަށް 1.5 މިލިއަން ރުފިޔާ ދިނުމަށް ވެސް އެފްއޭއެމް އިން ވަނީ ނިންމާފަ އެވެ.

ކުލަބުތަކަށް ދޭ ފައިސާގެ އިތުރުން ކުރީ އަހަރުތަކެކޭ އެއް ފަދައިން ލީގާއި މުބާރާތްތަކުގެ ވަނަތަކަށް ވެސް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ދިވެހި ޕްރިމިއާ ލީގުގެ ފައިސާގެ އިނާމު ކަމަށްވާ އެއް މިލިއަން ރުފިޔާ ގަދަ ހަ ޓީމުގެ މެދުގައި ބަހާލުމަށް ނިންމާފައިވާއިރު އެފްއޭ ކަޕާއި ޕުރެސިޑެންޓްސް ކަޕްގެ ފައިސާގެ އިނާމަކަށް ކަނޑައަޅާފައިވަނީ މުބާރާތަކަށް 150،000 ރުފިޔާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެތުލެޓިކްސް ޓްރެއިނިން ސްކޮލަޝިޕެއްގައި ބެންގަލޫރަށް ފުރާ ނުވަ އެތުލީޓުންނާއި ދެ ކޯޗުން ކަނޑައަޅައިފި

އެތުލެޓިކްސް ޓްރެއިނިން ސްކޮލަޝިޕެއްގައި ބެންގަލޫރަށް ފުރާ ނުވަ އެތުލީޓުންނާއި ދެ ކޯޗުން ކަނޑައަޅައިފި

21 ފެބުރުއަރީ 2019
މިއަހަރުވެސް ކްލަބްތަކަށް މާލީ އެހީދޭނީ ސަރުކާރުން، 2020 ފެށިގެން ދޭނީ އެފްއޭއެމް

މިއަހަރުވެސް ކްލަބްތަކަށް މާލީ އެހީދޭނީ ސަރުކާރުން، 2020 ފެށިގެން ދޭނީ އެފްއޭއެމް

24 ޖެނުއަރީ 2019
ކުޅުންތެރިޔަކަށް އެންމެ ގިނަވެގެން އަހަރަކު ދެވޭނީ 300،000 ރުފިޔާ ކަމަށް ކަނޑައަޅައިފި

ކުޅުންތެރިޔަކަށް އެންމެ ގިނަވެގެން އަހަރަކު ދެވޭނީ 300،000 ރުފިޔާ ކަމަށް ކަނޑައަޅައިފި

13 ޑިސެމްބަރު 2018
ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު

ފުޓުބޯޅަ ކްލަބްތަކަށް ދޭ މާލީ އެހީ ކުއްލިއަކަށް ކަނޑާ ނުލާނަން: ޔޫތް މިނިސްޓަރު

05 ޑިސެމްބަރު 2018
މަހެއް ތެރޭގައި މާލީ ހާލަތު ހައްލުކުރެވޭނެ: ނިއުގެ ޗެއާމަން

މަހެއް ތެރޭގައި މާލީ ހާލަތު ހައްލުކުރެވޭނެ: ނިއުގެ ޗެއާމަން

17 އޮކްޓޯބަރު 2018

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު