Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެންޗެސްޓާ ހަމަލާ

ގެއްލުންވި އާއިލާތަކަށް އެހީވުމުގައި ސިޓީ އާއި ޔުނައިޓެޑުން ވެސް ބައިވެރިވެއްޖެ

މި ދެ ކްލަބުން ވަނީ އާއިލާތަކަށް އެހީ ވުމަށް 1 މިލިއަން ޔޫރޯ ހަދިޔާ ކޮށްފައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 25 މެއި 2017 | ބުރާސްފަތި 17:25
އެހީ ވުމުގެ ހަރަކާތުގައި ސިޓީއާއި ޔުނައިޓެޑުގެ ސަޕޯޓަރުން ބައިވެރިވަނީ

އެހީ ވުމުގެ ހަރަކާތުގައި ސިޓީއާއި ޔުނައިޓެޑުގެ ސަޕޯޓަރުން ބައިވެރިވަނީ

މެންޗެސްޓާ އެރީނާގައި ދިން ޓެރަރިސްޓް ހަމަލާގައި ގެއްލުންވި ފަރާތްތަކަށާއި، އާއިލާތަކަށް އެހީވުމުގައި މެންޗެސްޓާ ޔުނައިޓެޑާއި، މެންޗެސްޓާ ސިޓީ އިން ބައިވެރިވެއްޖެއެވެ.

މި ހަމާލަގައި ގެއްލުންވި ފަރާތްތަކަށް އެހީ ވުމަށްޓަކައި، ލަންޑަންގައި "ވީ ލަވް މެންޗެސްޓާ އެމްޖެންސީ ފަންޑް" ގެ ނަމުގައި ފަންޑެއް ހުޅުވާފައި ވާއިރު، ސިޓީ އާއި ޔުނައިޓެޑުން ވަނީ އެ ފަންޑަށް 1 މިލިއަން ޔޫރޯ ހަދިޔާ ކޮށްފައެވެ. ރިޕޯޓްތަށް ބުނާގޮތުން މި ދެ ކުލަބުން އެހީ ވުމުގެ ހަރަކާތުގައި ބައިވެރި ވުމަށްފަހު މިހާތަނަށް ފަނޑު ފޮއްޓަށް އެކި ފަރާތްތަކުން ވަނީ 3 މިލިއަނަށްވުރެ ގިނަ ޔޫރޯ ހަދިޔާ ކޮށްފައެވެ.

މި ހަރަކާތުގައި ބައިވެރި ވުމަށްފަހު ވާހަކަ ދައްކަމުން މެންޗެސްޓާ ސިޓީގެ ޗެއާމަން ޙަލްދޫން އަކް މުބާރާކް ވިދާޅުވީ، މި ހަމަލާއަށްފަހު ގެއްލުންވި ފަރާތްތަކަށް އެހީވުމުގައި ހުރިހާ އެންމެން އެކަތި ގަނޑަކަށް ވެއްޖެ ކަމަށާއި، މިކަމުގެ ސަބަބުން މެންޗެސްޓާގެ ރައްޔިތުންގެ އެއްބައިވަންތަކަން ފާހަގަ ވެގެން ހިނގައްޖެ ކަމަށެވެ.

އަދި ސިޓީ އާއި ޔުނައިޓެޑް އެކުގައި މި ހަރަކާތުގައި ބައިވެރި ވުމުން، އެކަމުގެ ސަބަބުން މި ހަރަކާތް އިތުރަށް ފުޅާވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށާއި، ދެޓީމު އެކުގައި ބައިވެރި ވުމުން އޭގެން ދައްކުވައިދޭ އެއްޗަކީ މެންޗެސްޓާގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށްވެސް ޙަލްދޫން އަލް މުބާރާކް ވިޑާލުވިއެވެ.

މި ހަރަކާތުގައި ބައިވެރި ވުމަށް ފަހު ވާހަކަ ދައްކަމުން މެންޗެސްޓާ ޔުނައިޓެޑްގެ އެގްސެކެޓިވް ޗެއާރމަން އެޑް ވޫޑްވާޑް ވިދާޅުވީ، ހޯމަ ދުވަހުގެ ހަމަލާ އާއި ގުޅިގެން ހުރިހާ އެންމެންވެސް ތިބީ ވަރަށްބޮޑު ސިހުމެއްގެ ތެރޭގައި ކަމަށާއި، އަދި ޔުނައިޓޭޑާއި ސިޓީ މިއޮތީ ގެއްލުންވި އާއިލާތަކަށް އެހީވުމަށް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ، ދެ ކްލަބު ގުޅިގެން މި ހަރަކާތުގައި ބައިވެރި ވުމުން، އެކަމުގެ ސަބަބުން މި ހަރަކާތް އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ހޯމަ ދުވަހު މެންޗެސްޓާ އެރީނާގައި އޮތް ކޮންސެޓަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި 22 މީހަކު މަރުވެފައި ވާއިރު 64 މީހުން ވަނީ ޒަހަމް ވެފައެވެ. މި ކަމުގެ ހިތާމާގައި ބައިވެރި ވުމުގެ ގޮތުން އިނގިރޭސި ކްލަބް ޗެލްސީއިންވެސް ވަނީ އެ ކްލަބު އިނގިރޭސި ލީގުގައި ހޯދި ކާމިޔާބީ ފާހަގަ ކުރުމަށް ރާވާފައިވާ ހިންގާލުންވެސް ކެންސަލް ކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު