Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

މެޗުގައި އާސެނަލަށް ގޯސްތަކެއް ހެދުނު، ނަމަވެސް ލީގު ހޯދާނެ ކަމަށް ގަބޫލުކުރަން: އާޓެޓާ

އޭނާ ބުނީ އާސެނަލްގެ ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރުކުރާކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ފެބުރުއަރީ 2023 | ބުރާސްފަތި 10:15
ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކޯޗު އާޓެޓާ

ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކޯޗު އާޓެޓާ

އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ކުޅުންތެރިންނަށް ގޯސްތަކެއް ހެދުނު ކަމަށާއި، ނަމަވެސް އަދިވެސް އާސެނަލަށް ލީގު ހޯދޭނެ ކަމަށް ގަބޫލުކުރާކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

ސިޓީ އަތުން ބަލިވުމާއެކު އާސެނަލަށް ވަނީ އެއްވަނަ މަގާމު ގެއްލިފައެވެ. ނަމަވެސް ސިޓީއާ އެއް އަދަދަކަށް މެޗު ހަމަކުރަން ލިބޭ ފުރުސަތުގައި މޮޅުވެގެން އާސެނަލަށް އެއްވަނަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. މެޗަށްފަހު ވާހަކަދައްކަމުން އާޓެޓާ ބުނީ، ސިޓީ ބަލިކުރަން ބޭނުންވާނަމަ އާސެނަލަށް ޖެހޭނީ ވަރަށް މަތީ ލެވެލްގައި ކުޅެން ކަމަށެވެ. ސަބަބަކީ ސިޓީއަކީ ވަރަށް މޮޅު ޓީމަކަށްވެފައި، އެ ޓީމުގައި ވަކި ވަކި ކުޅުންތެރިންވެސް ވަރަށް މޮޅުކަމަށެވެ. އޭނާ ބުނީ މި ސީޒަންގައި އާސެނަލް ސިޓީއާ އެއް ފެންވަރެއްގައި ކުޅުނު ކަމަށާއި، ނަމަވެސް އެ މެޗުގައި ހުރިހާ ގޮތަކުންވެސް މޮޅަށް ކުޅުނީ ސިޓީކަމަށެވެ.

މީގެ އިތުރުން އާޓެޓާ ބުނީ ދެ ވަނަ ހާފުގައި ވަރަށް ގޯސް ވަގުތަކެއް ދިޔަ ކަމަށެވެ. ޚާއްސަކޮށް އަމިއްލައަށް ކުރެވޭ ކަންކަމުގެ ސަބަބުން އާސެނަލަށް ވަރަށް އުނދަގޫތައް ކުރިމަތިވިކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ މެޗުގައި ސިޓީން ފަސޭހަކަމާއެކު ލަނޑު ޖެހުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އާޓެޓާ ބުނީ އެ މެޗުގައި ކުޅެން ޖެހޭނީ ވެސް ވަރަށް ތަފާތުކޮށް ކަމަށާއި، ނަމަވެސް އާސެނަލަށް އެކަން ނުކުރެވުނު ކަމަށެވެ. ނަމަވެސް އާޓެޓާ ބުނީ އަދިވެސް އޭނާ ގަބޫލުކުރަނީ އާސެނަލަށް ލީގު ރޭހުގައި ވާދަކޮށް ކުރި ހޯދޭނެ ކަމަށެވެ. ސަބަބަކީ އޭނާއަށް ފެންނަނީ އާސެނަލުން ޓީމެއްގެ ގޮތުގައި ކުރިއަށްދާ މަންޒަރު ކަމަށާއި، ދެން ޖެހޭނީ ކުރިއަށް އޮތް މެޗަށް ކުރިމަތިލައި، އެންމެ މޮޅަށް ކުޅެން ކަމަށެވެ. އޭނާ ބުނީ އާސެނަލްގެ ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރުކުރާ ކަމަށެވެ.

ލީގު ތާވަލްގެ އެއްވަނާގައި ސިޓީ އޮތީ ކުޅުނު 23 މެޗުން 51 ޕޮއިންޓާއި ފައިދާ ގޯލާއެކުއެވެ. ސިޓީއަށްވުރެ އެއް މެޗު މަދުން ކުޅެގެން އާސެނަލަށްވެސް ލިބެނީ 51 ޕޮއިންޓެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

މިރޭގެ މެޗުގައި ލެވޮންޑޮސްކީއަށް ނުކުޅެވިދާނެ: އަންޗެލޮޓީ

12 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

ސެންޓްރަލް ޒޯނުގެ ފުރަތަމަ މެޗުގައި ރާއްޖެއާ ކިރިގިސްތާން

14 މާރިޗު 2017
އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

އައިސީސީ ވިމެންސް ވޯލްޑްކަޕް: ފުރަތަމަ މެޗުގައި އިނގިރޭސިން އާ އިންޑިއާ

08 މާރިޗު 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު