Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަތިވެރިން ގެއްލުނު މީހާ

ހަސަންފުޅު ގެއްލުނުތާ 12 ދުވަސް؛ މަތިވެރީގައި އަދިވެސް ހިމޭންކަން، އާއިލާ ވާނުވާގައި!

ހަސަންފުޅުގެ އާއިލާ ތިބީ ފުންހިތާމައެއްގައި

އާލިމް ޢަބްދުއްލަތީފް
އާލިމް ޢަބްދުއްލަތީފް, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2023 | އާދީއްތަ 10:12
މަތިވެރިން ގެއްލިގެން ހޯދާ މީހާ --

މަތިވެރިން ގެއްލިގެން ހޯދާ މީހާ --

އޭނާއަކީ އެންމެންނާވެސް ގުޅޭ, ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. އަބަދުވެސް މީހުންނާ ވާހަކަދައްކަނީ ހިނިތުންވުމާއި ހިތްހެޔޮކަމާއެކުގައެވެ. ސަކަ ގޮތެއްވެސް މިޒާޖުގައި ހުންނަ އއ. މަތިވެރީ ހަަސަން އަލީ (ހަސަންފުޅު) މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލުމަކީ އެރަށުގެ ރައްޔިތުންނަށް ލިބުނު ކުއްލި ޝޮކެކެެވެ. އާއިލާއަށް ލިބުނު ފުން ހިތާމައަކާއި ފަޅުކަމެކެވެ. ހަސަންފުޅު ގެއްލުނުތާ 12 ދުވަސްވެފައިވާއިރު، އޭނާގެ އެއްވެސް ހިލަމެއް ވެފައެއް ނުވެއެވެ.

ހަސަންފުޅުގެ 10 ދަރިން ތިބެއެވެ. ގެއްލުނުއިރު އަނތްބަކު ނުހުރެއެވެ. އޭނާގެ އާއިލާގެ އެންމެންވެސް ތިބީ ފުން ހިތާމައެއްގައެވެ. ސުވާލުތަކެއްގެ ޖަވާބު ނުލިބި، ހަދާނެ ގޮތް ހުސްވެފައެވެ.

ހަސަންފުޅު ގެއްލުމާއެކު އެ ރަށުގެ ހުރިހާ ރައްޔިތުން ނުކުމެ އޭނާ ހޯދުމުގެ މަސައްކަތް ފެށިއެވެ. ކުދިބޮޑު އެންމެންނެވެ. އެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އިސް ސަފުގައި ތިބެގެންނެވެ. ރަށުގައި ނުބަލާ އެންމެ ގޭބީސީއެއްވެސް ނެތެވެ. ފަޅުގެއެއް ވިޔަސް ބެލިއެވެ. ފަޅުތެރެއަށް ފީނައި ބޮޑު ސަރަހަައްދެއް ބެލިއެވެ. ރަށުގައި ވަޅެއް ހުރިނަމަ އެ ވަޅެއްވެސް ވަނީ ބަަލާފައެވެ.

ހަސަންފުޅު ގެއްލުނު ދުވަހު އޭނާ ޖަމާއަތުގައި މެންދުރު ނަމާދުކުރިއެވެ. ހަމަ އެ ދުވަހު ބަނދަރުގައި ހުރި ކުނިތައް ނަގަން އޭނާ ގެންގުޅޭ ނެޓު ހިފައިގެން ހުއްޓާ މީހުންނަށް ފެނިފައިވެއެވެ. އެ ނެޓު، ބަނދަރުގައި އިށީންނަން ހަދާފައި ހުރި ގޮނޑިއެއްގެ ތެރޭގައި ބާއްވައިފައި އޮތެވެ. އެ ނެޓު ބާއްވައިފައި އޭނާ ދިޔައީ ގެއަށް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ސަބަބަކީ 3:15 ހާއިރު އެނާގެ ގޭގައި ހުންނަ އަލަމާރި ކައިރީގައި ހުއްޓާ ފެނިފައިވާކަމަށް މީހަކު ބުނެއެވެ.

ރަށުތެރޭގައި ވާހަކަ ދެެކެވޭގޮތުގައި އޭނާ އެންމެ ފަހުން ދިޔައީ މޫދަށެވެ. އެކަމަށް ބާރުދޭ ހެކިތަކެއްވެސް އެބަހުއްޓެވެ. އޭނާގެ ދަރިފުޅު އަލީ ޝާހް "ރާއްޖެ އެމްވީ"އަށް ކިޔައިދިންގޮތުގައި އެ ގެއިން މާސްކެއް މަދުވެއެވެ. އެއީ އޭނާ މޫދަށް ދިޔަކަމަށް ބާރުދޭ ކަމެކެވެ. އެހެން ނަމަވެސް ސުވާލު އުފެދޭ ހިސާބަކީ އޭނާ މޫދަށް ދިޔަ ތަން އެކަކަށްވެސް ފެނިފައި ނުވުމެވެ. ޝާހް ބުނި ގޮތުގައި މުޅި އާއިލާވެސް ވަނީ ހާސްކަމުގައެވެ.

ޝާހް ބުނި ގޮތުގައި ބައްޕައަށް މީހަކު ހަމަލާއެއް ދީފާނެ ކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ހަސަންފުޅަކީ މީހަކާ އަދާވާތްތެރިކަމެއް ބާއްވާ މީހަކަށް ނުވާތީއެވެ. އެކަމަކު މި ކަމުގައި އާއިލާއަށްވެސް ޖަވާބު ނުލިބޭ ސުވާލުތަކެއް ވެއެވެ.

ދައްކާނެ މާ ގިނަ ވާހަކައެއް އޭނާގެވެސް ނެތެވެ. ހިތްވަރުވެސް ނެތީއެވެ. އެދެނީ ތަހުގީގު އަވަސްކޮށްދެއްވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

ބޯހިޔާވަހިކަމުގެ އިންތިޒާރުގައި އުމުރު ދުވަސް، އަތުގައި ފައިސާއެއް ނެތް!

17 ޖުލައި 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު