Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖޭޕީގެ ކައުންސިލު ބައްދަލުވުން

ޖޭޕީގެ ލީޑަރުގެ ބަދަލުގައި ރައީސަކު އައްޔަން ކުރަން އަސާސީ ގަވާއިދު އިސްލާހު ކުރަން ހުށަހަޅައިފި

ޕާޓީގެ ޤައުމީ ކޮންގްރެސް 25 މޭ ގައި ބޭއްވުމަށް މި ބައްދަލުވުމުގައި ވަނީ ފާސްކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ފެބުރުއަރީ 2023 | ބުދަ 08:23
މ.ކުނޫޒުގައި ބުދަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުން

މ.ކުނޫޒުގައި ބުދަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުން

ޖޭޕީގެ ލީޑަރުގެ ބަދަލުގައި ރައީސަކު އައްޔަން ކުރަން، އަސާސީ ގަވާއިދު އިސްލާހު ކުރަން ހުށަހަޅައިފިއެވެ.

ޕާޓީގެ މެމްބަރުންގެ ފަރާތުން އެގޮތަށް ހުށަހަޅާފައިވަނީ މ.ކުނޫޒުގައި ބުދަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމެއްގައެވެ. އެއީ ޕާޓީގެ އަސާސީ ޤަވާއިދަށް ހުށަހަޅަން ފެންނަކަމަށް މެމްބަރުން ހިއްސާކޮށްފައިވާ ހުށަހެޅުމެކެވެ.

މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ކުރިއަށްދިޔައީ ދުވަހުގެ އެޖެންޑާ ފާސް ކުރުމެވެ. އެއަށްފަހު 147 ވަނަ ކައުންސިލު ބައްދަލުވުމުގެ ޔައުމިއްުޔާ ވަނީ ފާސްކޮށްފައެވެ.

އޭގެ އިތުރުން، ޕާޓީގެ 4 ވަނަ ޤައުމީ ކޮންގްރެސް ބޭއްވުމަށް ނިންމަންޖެހޭ ނިންމުންތަކާއި ގުޅިގެންވެސް މަޝްވަރާކޮށްފައިވާއިރު، ޕާޓީގެ އަސާސީ ޤަވާއިދު އިސްލާޙު ކުރުމަށް ގިނަ ހުށަހެޅުންތަކެއް ވަނީ ހުށަހަޅާފައެވެ.

އޭގެ ތެރެއިން އެއް ކަމަކީ ޕާޓީގެ ލީޑަރުގެ ބަދަލުގައި ރައީސަކު އައްޔަން ކުރަން ގަވާއިދު އިސްލާހު ކުރުން ކަމަށް ޖޭޕީގެ އޮފިޝަލަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕާޓީގެ ރައީސް ކަމަށް ބޭފުޅަކު ހޮވާނީ ޕާޓީގެ ލީޑަރުކަމުގައި މިވަގުތު ހުންނެވި ގާސިމް އިބްރާހިމްވެސް ހިމަނުއްވައިގެން އެ މަގާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ކަމަށެވެ.

އޭނާ ވިދާޅުވީ، އެކަމާ ގުޅޭ ފަހުގެ ނިންމުންތައް ނިންމާނީ ޕާޓީގެ ޤައުމީ ކޮންގްރެސްގައި ކަމަށެވެ. އެގޮތުން ޕާޓީގެ ޤައުމީ ކޮންގްރެސް 25 މޭގައި ބޭއްވުމަށް މި ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ޕާޓީގެ ގައުމީ ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތްކަމުގައިވާ ޕާޓީގެ ރަށު ގޮފިތައް އަސާސީ ގަވާއިދާ އެއްގޮތަށް އެކުލަވާލައި ފުރިހަމަކުރުމަށްޓަކައި 7 މެންބަރުންގެ ވަގުތީ ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ.

ސިޔާސީ ގޮތުން ޖޭޕީން ނިންމާ މުހިއްމު ނިންމުންތަކަށް ކޮށާލެވޭ މަގަކަށް އެ ކޮންފަރެންސް ވާނެކަމަށް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ. އަދި ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރޭނެކަންވެސް ގާސިމް ވަނީ އިއުލާނުކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީ

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް
07 އޮކްޓޯބަރު 2025

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!
10 ޑިސެމްބަރު 2023

ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި

10 ޑިސެމްބަރު 2023
ޖުމްހޫރީ ޕާޓީގެ އެތެރޭގެ އިންތިޚާބު އާދީއްތަ ދުވަހު، ނާއިބު ރައީސްކަމުގެ މަގާމަށް 4 ބޭފުޅަކު ކުރިމަތިލައްވައިފި
22 ނޮވެމްބަރު 2023

ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި

22 ނޮވެމްބަރު 2023
ޖުމްހޫރީ ޕާޓީގެ ކައުންސިލުގެ 11 މަގާމަކަށް ކުރިމަތިލުމަށް ހުޅުވާލައިިފި
04 އޮކްޓޯބަރު 2023

ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު

04 އޮކްޓޯބަރު 2023
ދާއިމީ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރުން މެންދުރު
20 ސެޕްޓެމްބަރު 2023

ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި

20 ސެޕްޓެމްބަރު 2023
ގާސިމްގެ އިންތިޚާބީ އެޖެންޓް އަލީ ވަހީދު، ޖޭޕީން ވަކިވެ ވަޑައިގެންފި
17 ސެޕްޓެމްބަރު 2023

ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން

17 ސެޕްޓެމްބަރު 2023
ޖޭޕީގެ ސެކެޓްރީ ޖެނެރަލަކަށް އަޒްލީން
16 ސެޕްޓެމްބަރު 2023

ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން

16 ސެޕްޓެމްބަރު 2023
ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނާރަން
11 ސެޕްޓެމްބަރު 2023

ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ހާމަކުރާނެ: ޖޭޕީ

11 ސެޕްޓެމްބަރު 2023
ދެވަނަ ބުރާ ދޭތެރޭ ނިންމާ ގޮތެއް ޕާޓީގެ ކައުންސިލްގައި މަޝްވަރާކުރުމަށްފަހު ހާމަކުރާނެ: ޖޭޕީ
20 ޖުލައި 2023

އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟

20 ޖުލައި 2023
އެއް ކެންޑިޑޭޓަކު ނެރެވިދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު