Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމުގެ ހަމަޖެހުން ނަގާލަން ފުރުސަތު ނުދޭނެކަމަށް

އެއްވެސް ބަޔަކަށް ގައުމުގެ ހަމަޖެހުން ނަގައިލުމަކަށް ފުރުސަތު ނުދޭނަން: ރައީސް

ސިޔާސީ ވިސްނުމުގައި ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް ރައްޖޭގައި ހަމަޖެހުން ނަގާލަން އެއްވެސް ފަރާތަކަށް އެއްވެސް ފުރުސަތެއް ނުދެއްވާނޭކަމަށް ރައީސް ވިދާޅުވި

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 ޖެނުއަރީ 2025 | ބުރާސްފަތި 10:27
ގއ. މާމެންދޫގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުން.

ގއ. މާމެންދޫގެ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުން.

ސިޔާސީ ވިސްނުމުގައި ވިޔަސް އަދި އެހެން ގޮތަކުން ވިޔަސް ރައްޖޭގައި ހަމަޖެހުން ނަގާލަށް އެއްވެސް ފަރާތަކަށް އެއްވެސް ފުރުސަތެއް ނުދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނަކުފާނު މިހެން ވިދާޅުވީ ގއ. މާމެންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ގައުމުގެ ހަމަޖެހުން ނަގާލަން އެއްވެސް ބަޔަޔަކަށް ފުރުސަތު ނުދެއްވާނޭ ކަމަށާއި ގައުމުގެ ހަމަޖެހުން ނަގައިލަން އެއްވެސް ބަޔަކު އެއްވެސް ކަމެއްކޮށްފިނަމަ، ގައުމީ ވިސްނުމެއްގައި އެ ކަން ހުއްޓުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްވަނީ ގައުމުގެ ތަރައްގީ ކުރެވެން އޮތީ ގައުމުގައި ހަމަޖެހުން އޮވެގެންކަން ފާހަގަކުރައްވައިފައެވެ. އަދި އެ ކަމަށް ޓަކައި ސަރުކާރުންދޭ އިސްކަން، އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމެއްގައި ސިޔާސީ ގޮތުން އެއްވެސް މީހަކަށް އަނިޔާއެއް ނުކުރާނެ ކަމަށާއި، ބަދަލު ހިފުމެއް ވެސް ނޯންނާނެ ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުން ގާއިމްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުމަށް އެ މަނިކުފާނު އެދިވަޑައިގަތެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައިވަނީ މާމެންދޫގެ ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އެދިލެއްވި ކަންތައްތައް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ތެރޭގައި ހުއްޓިފައިވާ ނަރުދަމާގެ މަސައްކަތް ބާރު ސްޕީޑުގައި ނިންމައި، އެއަށް ފަހު ކޮންޓްރެކްޓު ކުރެވިފައި އޮތް މަގުހެދުމުގެ މަޝްރޫއު ހަމަ އެ ގޮތަށް ހަލުވި ދުވެއްޔެއްގައި ކުރިޔަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ރަށުގައި ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ރަށްގިރުމަށް، ކައުންސިލުން އެދުނު ގޮތަށް ވަގުތީ ހައްލު ގެނެސްދިނުމަށް އިންފްރާސްޓްރަކްޗަރު މިނިސްޓްރީއާ ގުޅިގެން ކުރިޔަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އެ ރަށުގެ ސިއްޙީ މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ލިބޭނެ ގޮތަށް ތަރައްގީކޮށްދެއްވައި، މި އަހަރުގެ ތެރޭގައި އެ ރަށު ސްކޫލުގެ މަލްޓިޕާޕަސް ހޯލުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން، ކައުންސިލްތަކާއި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ދަތުރުފުޅެއް ފެއްޓެވީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
04 ފެބުރުއަރީ 2017

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
20 ޖެނުއަރީ 2017

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު