Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

މާނޭ ބަޔާންގެ ޓްރެއިނިންތަކަށް، ނަމަވެސް ޕީއެސްޖީއާ ދެކޮޅަށް ނުކުޅެވޭނެ

އޭނާ ބުނީ ދުވަހަކަށްފަހު ދުވަހެއް އަންނަނީ ކުރިއެރުން ފެންނަމުން ކަމަށާއި، މިހާރު މާނޭ އަންނަނީ ބޯޅައާއެކު ޓެރެއިނިން ހަދަމުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2023 | އާދީއްތަ 02:25
ބަޔާންގެ ޓްރެއިނިންގައި މާނޭ

ބަޔާންގެ ޓްރެއިނިންގައި މާނޭ

ބަޔާން މިއުނިކްގެ ޓްރެއިނިންގައި ސެނެގާލްގެ ސަޑިއޯ މާނޭ ބައިވެރިވާން ފަށާފައިވާ ކަމަށާއި، ނަމަވެސް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

މާނޭ އަށް އަނިޔާވެފައިވަނީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ބަޔާނުން ކުޅުނު މެޗެއްގަ އެވެ. އެ އަނިޔާގެ ސަބަބުން މާނޭ އަށް މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ވެސް ވަނީ ގެއްލިފަ އެވެ. ނާގަލްސްމަން ބުނީ މިހާރު މާނޭ އަންނަނީ އެކަނި ޓްރެއިނިންތައް ކުރިއަށް ގެންދަމުން ކަމަށެވެ. އަދި ދުވަހަކަށްފަހު ދުވަހެއް ކުރިއެރުން ފެންނަމުންދާ ކަމަށާއި، މިހާރު މާނޭ އަންނަނީ ބޯޅައާއެކު ޓެރެއިނިން ހަދަމުން ކަމަށެވެ. ނާގަލްސްމަން ބުނީ އޭނާ އަށް އުންމީދު ކުރެވޭ ގޮތުގައި މާނޭ އަށް ޓީމާ ގުޅެވޭ ވަރު ވަނީ ފެބްރުވަރީ މަހުގެ މެދަށްފަހު ކަމަށެވެ. އެގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު ކުޅެވޭ ވަރު ނުވާނެ ކަމަށެވެ. މާނޭ ސީދާ ޓީމާއެކު ފަރިތަކުރެވޭ ދުވަހަކު ގުޅޭ ގޮތުން ނާގަލްސްމަން ބުނީ މި މަހުގެ 21 ވަނަ ދުވަހަށް އުންމީދު ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ނާގަލްސްމަން ބުނީ ރިއަން ގްރަންވެންބާޗް އަށް ކަކުލުގެ އަނިޔާއެއް ލިބިފައިވާ ކަމަށާއި، ފަރިތަކުރުންތަކުގައި އޭނާ ދައްކާ ކުޅުމަކަށް ބަލާނެ ކަމަށެވެ. އިތުރަށް އޭނާ ވަނީ ބަޔާންގެ ބައެއް ކުޅުންތެރިން އެކި ވަރުގެ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ތިބިކަން ވެސް ފާހަގަކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ ކުޅުންތެރިން ވަރަށް އަވަހަށް ޓީމާ ގުޅޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ލިވަޕޫލް ދޫކޮށް މާނޭ ބަޔާނަށް ބަދަލުވީ މިދިޔަ އަހަރު އެވެ. ބަޔާނަށް ބަދަލުވެފައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމަށް މިހާތަނަށް ކުޅެދިން 23 މެޗުގައި އޭނާ ވަނީ 11 ލަނޑު ޖަހައިދީފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވެޓްރެންސް ކުޅުންތެރިން 100 މިލިއަން ޔޫރޯ އަށް ނުގެނެވޭނެ: ބަޔާންގެ ރައީސް

ވެޓްރެންސް ކުޅުންތެރިން 100 މިލިއަން ޔޫރޯ އަށް ނުގެނެވޭނެ: ބަޔާންގެ ރައީސް

29 ޖޫން 2017
ކުޅުމާމެދު ހިތްހަމަޖެހޭ، ނަމަވެސް 3 ޕޮއިންޓް ނުލިބުމަކީ މާޔޫސްކަމެއް: ސޮބާ

ކުޅުމާމެދު ހިތްހަމަޖެހޭ، ނަމަވެސް 3 ޕޮއިންޓް ނުލިބުމަކީ މާޔޫސްކަމެއް: ސޮބާ

25 ޖޫން 2017
ނިއު އަށް ޕްރެޝަރު ބޮޑު، ޓީސީ ވަރުގަދަ ނަމަވެސް އެޓީމު ބަލިކުރަންޖެހޭ: ޓަވަރޭޒް

ނިއު އަށް ޕްރެޝަރު ބޮޑު، ޓީސީ ވަރުގަދަ ނަމަވެސް އެޓީމު ބަލިކުރަންޖެހޭ: ޓަވަރޭޒް

23 ޖޫން 2017
މާޒިޔާ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ، ޕޮއިންޓެއް ނަމަވެސް ބޭނުން: ސާންތި

މާޒިޔާ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ، ޕޮއިންޓެއް ނަމަވެސް ބޭނުން: ސާންތި

22 ޖޫން 2017
ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

ޕީއެސްޖީއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯގެ އެޖެންޓް މަޝްވަރާކޮށްފި

17 ޖޫން 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު