Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލޭ ލީގު

މާޒިޔާ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ، ޕޮއިންޓެއް ނަމަވެސް ބޭނުން: ސާންތި

އީގަލްސް އޮތީ 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 22 ޖޫން 2017 | ބުރާސްފަތި 09:57
އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޢަނީ (ކ) އާއި އެސިސްޓެންޓް ކޯޗު ޝާކިރު (ވ)

އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޢަނީ (ކ) އާއި އެސިސްޓެންޓް ކޯޗު ޝާކިރު (ވ)

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަކީ ހުރިހާ ގޮތަކަށް ބަލާއިރުވެސް ވަރުގަދަ ޓީމެއް ކަމަށާއި، އީގަލްސް އަށް ފަރުޖައްސާލެވޭނީ އެޓީމު އަތުން ޕޮއިންޓެއް ނަމަވެސް ހޯދައިގެން ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނެފި އެވެ.

މެޗުގެ ކުރިން ނޫސްވެރިންނަށް މައުލުމާތު ދެމުން ސާންތި ބުނީ މާޒިޔާ އަކީ އަބަދުވެސް ވަރުގަދަ އަދި އޯގަނައިޒް ޓީމެއް ކަމަށާއި، މާޒިޔާ މިހާރު އޮތް ހިސާބުންވެސް އެކަންތައް ދޭހަވެގެންދާ ކަމަށެވެ.

އެހެންނަމަވެސް ސާންތި ބުނީ މެޗުގައި މާޒިޔާ އަށް އީގަލްސްވެސް ފަސޭހަ ނުވާނެ ކަމަށާއި، މެޗަށް ނިކުންނާނީ މަދުވެގެން ޕޮއިންޓެއް ނަމަވެސް ހޯދުމަށް ކަމަށެވެ. އޭނާ ބުނީ ދެޓީމަށްވެސް މެޗު ފަސޭހަނުވާނެ ކަމަށާއި، ރޯދަމަސް ތެރޭގައި ކުޅެން ޖެހުމުންވެސް ދަތިތަކެއް ހުންނާނެ ކަމަށެވެ.

މެޗަށް ނިކުންނައިރު ފުރަތަމަ ބުރުގައި އީގަލްސް ޓީމުން ނުފެނުނު ބައެއް ކުޅުންތެރިން ފެންނާނެ ކަމަށާއި، އަދި ބައެއް ކުޅުންތެރިން ނުފެންނާނެ ކަމަށެވެ. އެގޮތުން މިސްރުގެ ޑިފެންޑަރުގެ އިތުރުން އަހުމަދު ނާޝިދު (ނައްޓޭ) ފެނިގެންދާނެ ކަމަށެވެ.

ސާންތި ބުނީ އީގަލްސް އިން ވަކި ގޮތެއް އަންގަންދެން އެޓީމުގެ ރިހާމް އަބްދުލްޢަނީ (ބޮބީ)، ހަސަން ރާއިފް (ހަންނަ) އަދި އިބްރާހިމް މުބީން (މުއްކި) ގޭގައި މަޑުކުރާގޮތަށް ކްލަބުން ނިންމާފައިވާނެ ކަމަށާއި، އެ ކުޅުންތެރިން ދެވަނަ ބުރުގައި ނުފެންނާނެ ކަމަށެވެ. މި ނިންމުމާއެކު އެ ކުޅުންތެރިން ފޫބައްދަން ވެސް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެއިތުރުން ސާންތި ބުނީ ޓީމުގެ ބައެއް ކުޅުންތެރިން ކުޅޭ މަގާމުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މާލޭ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، އީގަލްސް އޮތީ 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގަ އެވެ. މާލޭ ލީގުން ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނީ ގަދަ ހަތަރެއްގައި ހިމެނޭ ޓީމުތަކަށް އެކަނި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

އޭޑީކޭ ގްރޫޕާއެކު މާޒިޔާ އަނެއްކާވެސް ގަލޮޅު ދަނޑަށް

13 ފެބުރުއަރީ 2017
ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

ކްލަބް ފްރެންޑްލީ: މާޒިޔާ އިން ފަސޭހަކަމާއެކު ގްރީން ސްޓްރީޓް ބަލިކޮށްފި

08 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު