Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާލެ ލީގު

ކުޅުމާމެދު ހިތްހަމަޖެހޭ، ނަމަވެސް 3 ޕޮއިންޓް ނުލިބުމަކީ މާޔޫސްކަމެއް: ސޮބާ

ސޮބާ ބުނީ މެޗަށް ނިކުތީވެސް މަދުވެގެން ޕޮއިންޓެއް ހޯދުމަށް ކަމަށް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 25 ޖޫން 2017 | އާދީއްތަ 14:27
މާލެ ލީގުގައި ސޮބާ ދިން ޕޯސްޓް މެޗް ޕްރެސް އެއްގެ ތެރެއިން

މާލެ ލީގުގައި ސޮބާ ދިން ޕޯސްޓް މެޗް ޕްރެސް އެއްގެ ތެރެއިން

މެޗަށް ނިކުތީވެސް މަދުވެގެން ޕޮއިންޓެއް ހޯދަން ކަމަށާއި، ނަމަވެސް 3 ޕޮއިންޓް ނުލިބުމުން އެކަމާ މާޔޫސްވާ ކަމަށް ގްރީން ސްޓްރީޓުގެ ކޯޗް ސޮބާހް މުޙައްމަދު (ސޮބާ) ބުނެފިއެވެ.

އެސްޓީއޯ މާލެ ލީގުގެ ދެވަނަ ބުރުގައި ހޮނިހިރު ދަވަހުގެރޭ ވެލެންސިއާއަތުން އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުން ސޮބާ ބުނީ، މުޅި މެޗު ކަހަލަ ގޮތަކަށް ޑޮމިނޭޓް ކޮށްގެން ކުޅުނީ ގްރީން ސްޓްރީޓުން ކަމަށާއި، އެހެންކަމުން ޕޮއިންޓަކުން ފުއްދާލަން ޖެހުނަސް ހިތްހަމަ ޖެހޭ ކަމަށެވެ. ހާއްސަކޮށް ދިބޭސީ ދެ ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށް ސޮބާ ވަނީ ބުނެފައެވެ. ސޮބާ ބުނީ ޓީމަށް އެންމެ ރަނގަޅު ކުޅުން ނުދެއްކުނީ މިއީ ރޯދަމަސް ކަމުން ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފައިވާތީ ކަމަށެވެ.

ގްރީން ސްޓްރީޓަށް މި މެޗުން ތިން ޕޮއިންޓް ނުލިބުމުގެ ސަބަބުން އެޓީމަށް ވަނި ތާވަލުގެ 3 ވަނަ މަގާމުގައި ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ގެއްލިފައެވެ. މިކަމަށް އަލިއަޅުވާލައި ސޮބާ ބުނީ 3 ޕޮއިންޓް ނުލިބުމުން އެއީ މާޔޫސްކަމެއް ކަމަށާއި، މަގާމުގައި ފަރަގު އިތުރުކޮށްލަން ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފުމުން އެކަމާ ދެރަވާ ކަމަށެވެ. ނަމަވެސް މެޗުން ބަލިވި ނަމަ ނަތީޖާ މާ ގޯސް ވާނެ ކަމަށާއި ޓީމުތެރޭގައި ޑީމޯޓިވޭޝަން އުފެދި އިތުރު މައްސަލަތަކެއް ޖެހުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެންކަމުން މަގާމަށް ބަލާނަމަ އަދިވެސް ތިންވަނަ އާއިއެކު ކުރިއަށް ދެވިދާނެ ކަމަށާއި، ޕޮއިންޓަކުންވެސް ފަރުޖައްސާލެވިދާނެ ކަމަށްވެސް ސޮބާ ބުންޏެވެ.

އެސްޓީއޯ މާލެ ލީގުގެ ފުރަތަމަ ބުރުގައިވެސް މިދެޓީމު ބައްދަލުކުރި މެޗު ނިމުނީ ހަމަ 1-1 އިން އެއްވަރުވެގެންނެވެ. މެޗުން ލިބުނު ޕޮއިންޓާއި އެކު ގްރީން ސްޓްރީޓުން އޮތީ ކުޅުނު 10 މެޗުން 20 ޕޮއިންޓް ހަމަކޮށް ތާވަލުގެ 3 ވަނައިގައެވެ. 4 ވަނައިގައި އޮތް އީގަލްސް އާއި ގްރީން ސްޓްރީޓާއި ދެމެދު އޮތީ 4 ޕޮއިންޓްގެ ފަރަގެކެވެ. އީގަލްސް އިން 4 ވަނާގައި އޮތީ ކުޅުނު 9 މެޗުން 16 ޕޮއިންޓް ހަމަކޮށްގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސްވަންސީ ބަލިކޮށް ޗެލްސީ އަށް 11 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ސްވަންސީ ބަލިކޮށް ޗެލްސީ އަށް 11 ޕޮއިންޓްގެ ލީޑެއް

26 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު