Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ރިޔާސީ ޕްރައިމަރީ

ނަތީޖާއަށް ބަދަލު އަތުވެދާނެފަދަ ޝަކުވާއެއް ނެތް، އިންތިހާބު ދިޔައީ އަމާންކަމާއެކު - އަނަސް

މީގެ ކުރިން 3 ކެންޑިޑޭޓުން ހޮވުމަށް ބޭއްވި އިންތިހާބުތަކުގެ ވީޑިއޯ ދައުރުކުރި އިތުރު ކަރުދާސް ދޫކުރިކަމަށް ދައްކަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 2 ފެބުރުއަރީ 2023 | ބުރާސްފަތި 07:15
އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކޮމިޓީގެ މެންބަރު އަދި އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކޮމިޓީގެ މެންބަރު އަދި އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު

ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސި ޕްރައިމަރީގެ ނަތީޖާއަށް އަސަރުކުރާވަރުގެ ޝަކުވާއެއް ހުށަހަޅާފައިނުވާކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ މެންބަރު އަދި އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ދާއިމި ނަތީޖާ އިއުލާންކުރުމަށް އިންތިހާބާ ބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޓީ މެންބަރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ދާއިމީ ނަތީޖާ އިއުލާންކުރީ ޕްރައިމަރީއާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކަށް ބެލުމަށްފަހު އެއިން އެއްވެސް ޝަކުވާއަކުން ޕްރައިމަރީގެ ނަތީޖާއަކުން ނުވަތަ ޕްރައިމަރީ ހިނގައިދިޔަގޮތަކުން އެއްވެސް އަސަރެއްކުރާނެ ޝަކުވާއެއް ނެތުމާއި ގުޅިގެން ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ބައެއް ދިމަދިމާލުން ކަންބޮޑުވާ ބައެއް ޝަކުވާތައް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެކަންކަމަކީ ޕްރައިމަރީގެ ނަތީޖާއަކަށް އަސަރު ފޯރާފަދަ ޝަކުވާއެއް ނޫން ކަމަށެވެ.

އަނަސް ވިދާޅުވީ ވޯޓު ކަރުދާސް ވޯޓުލާން އަންނަ މީހާ އަތަށްދޭއިރު، ވޯޓު ކަރުދާހުގައު ފާހަގަލާފައި ދިނުމާއި އިތުރަށް ވޯޓުކަރުދާސް ދިނުންފަދަ އެއްވެސް އަމަލެއް މި ޕްރައިމަރީގައި ހިނގާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެތެރޭގެ އެކި އިންތިހާބުތަކުގައި ބޭނުންކުރަނީ އެކި ވޯޓު ކަރުދާސް ކަމަށެވެ. އޭގެ ބޭނުމަކީ އިންތިހާބުތަކުގައި އޮޅުވާލުމާއި މަކަރު ހެެދުމަށް ޖާގަ ނުދީ ފުރުސަތު ހަނިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ ރިޔާސީ ޕްރައިމަރީގެ އޮމާންކަން ކަނޑުވާލުމަށްޓަކައި ނޭދެވޭ ނުރަނގަޅު ވާހަކަތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ފަތުރަމުން ދިޔަ ކަމަށެވެ. އަދި 5 މެންބަރުންގެ ކޮމިޓީން އެކަންތައް ބަލާފައިވަނީ އެފަދަ ކަންކަމަށް ޖާގަ ނުދިނުމަށް ކަމަށެވެ.

މީގެ އިތުރުން އަނަސް ވިދާޅުވީ އަދި މިފަހަރުގެ އިންތިހާބަކީ ވަރަށް ފޯރިގަދަ އަދި ރާއްޖޭގައި އެހެން ސިޔާސީ ޕާޓީއަކުން ބާއްވާފައިވާފަދަ ޕްރައިމަރިއެއް ނޫން ކަމަށެވެ. މިއީ ރާއްޖޭގައި އަލަށް ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނެވި ބޭފުޅަކު މަގާމުގައި ހުންނަވައިގެން އެތެރޭގެ އިންތިހާބުގައި ވާދަކުރައްވައިގެން ކާމިޔާބު ކުރި އިންތިހާބެއް ކަމަށެވެ.

އަދި މިފަދަ ހަރަކާތެއްގެ ސައްހަކަން އަދި އޮމާންކަން ކަނޑުވާލުމުގެ ޖާގައެއް ނުދެއްވާނެ ކަމަށެވެ. އަދި ޝަކުވާ ކޮމިޓީން ސީރިއަސް މައްސަލަތައް ބެލި ބެލުމުން ނަތީޖާއަށް ބަދަލު އަންނަފަދަކަމެއް ނުވާ ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު