Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވ. ފެލިދޫ އަދި ވ. ކެޔޮދޫ ގޮނޑުދޮށް ހިމާޔަތްކުރުން

ވ. ފެލިދޫއާއި ވ. ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި

1 ފެބުރުއަރީ 2023 | ބުދަ 13:43

ކޮންޓްރެކްޓްގެ އަގަކީ 33،793،128.23 ރުފިޔާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 ފެބުރުއަރީ 2023 | ބުދަ 13:43
ވ. ފެލިދޫއާއި ވ. ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން

ވ. ފެލިދޫއާއި ވ. ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން

ވ. ފެލިދޫއާއި ވ. ކެޔޮދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ ބުދަ ދުވަހު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި ކޮންޓްރެކްޓްގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި، ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ އަހުމަދެވެ.

Advertisement - newsAdvertisement

މި ކޮންޓްރެކްޓްގެ އަގަކީ 33،793،128.23 (ތިރީސް ތިން މިލިއަން ހަތް ލައްކަ ނުވަދިހަ ތިން ހާސް ސަތޭކަ އަށާވީސް ރުފިޔާ ތޭވީސް ލާރި)އެވެ. އެ ކޮންޓްރެކްޓްގެ މުއްދަތަކީ 450 ދުވަސް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތަފްސީލަށް ބަލާއިރު، ވ. ފެލިދޫގައި 40 މީޓަރުގެ ހަތް ހިލަ ހިމެނޭހެން، ޖުމްލަ 165 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 129 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ގާއިމްކުރުމާއި 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ގާއިމްކުރުމުގެ އިތުރުން 15000 ކޮޑިމީޓަރގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ވ. ކެޔޮދޫގައި 55 މީޓަރުގެ ތިން ހިލަ ހިމެނޭހެން، 280 މީޓަރުގެ ބޮޑުހިލައިގެ ވައި-ގްރޮއިން ގާއިމްކުރުމާއި، 120 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ގާއިމްކުރުމާއި، 20000 ކޮޑިމީޓަރގެ ވެލިން ގޮނޑުދޮށް މުއްސަނދިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ވ. ފެލިދޫއާއި ވ. ކެޔޮދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، މި ދެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 ޖޫން 2018

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ތަކަށް ފޯމް ހުށަހެޅުމަށް ނަންބަރު ދޫކުރަން ފަށަނީ

03 ޖޫން 2018
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ތަކަށް ފޯމް ހުށަހެޅުމަށް ނަންބަރު ދޫކުރަން ފަށަނީ
28 މެއި 2018

ހިޔާ މަޝްރޫއުގެ ބައެއް ކެޓަގަރީތަކުގެ ޝަރުތުތަކަށް ބަދަލު ގެނެސްފި

28 މެއި 2018
ހިޔާ މަޝްރޫއުގެ ބައެއް ކެޓަގަރީތަކުގެ ޝަރުތުތަކަށް ބަދަލު ގެނެސްފި
28 މެއި 2018

ހިޔާ މަޝްރޫއުގެ ދެ ކެޓަގަރީގެ މައުލޫމާތަށް އިސްލާހެއް ގެނެސްފި!

28 މެއި 2018
ހިޔާ މަޝްރޫއުގެ ދެ ކެޓަގަރީގެ މައުލޫމާތަށް އިސްލާހެއް ގެނެސްފި!
24 މެއި 2018

ހިޔާ މަޝްރޫއުގެ ދެ ކެޓަގަރީގެ މައުލޫމާތަށް އިސްލާހެއް ގެނެސްފި

24 މެއި 2018
ހިޔާ މަޝްރޫއުގެ ދެ ކެޓަގަރީގެ މައުލޫމާތަށް އިސްލާހެއް ގެނެސްފި
02 މެއި 2018

މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރެވެމުން ނުދޭ: ޓްރާންޕޭރެންސީ ތޮލާލް

02 މެއި 2018
މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރެވެމުން ނުދޭ: ޓްރާންޕޭރެންސީ ތޮލާލް
23 މާރިޗު 2018

ހިޔާ މަޝްރޫއުގެ ދަށުން ފުލުހުންނަށް 300 ފްލެޓް އެޅުމަށް ވަނީ ހަމަޖެހިފައި: އަޒްލީން

23 މާރިޗު 2018
ހިޔާ މަޝްރޫއުގެ ދަށުން ފުލުހުންނަށް 300 ފްލެޓް އެޅުމަށް ވަނީ ހަމަޖެހިފައި: އަޒްލީން
19 ޑިސެމްބަރު 2017

ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި

19 ޑިސެމްބަރު 2017
ފަތުރުވެރިކަމުގެ ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ގޮނޑުދޮށްތައް ހިމާޔަތްކުރާނެ އުސޫލެއް އެކުލަވާލައިފި
29 ނޮވެމްބަރު 2017

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

29 ނޮވެމްބަރު 2017
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހޮލެންޑުން 10.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް