Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހައުސިންގ މިނިސްޓްރީ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

އެއްވެސް މުވައްޒަފެއްގެ ވަޒީފާގެ ޔަގީން ކަމެއް ނެތް

ރާއްޖެ އެމްވީ | 9 ޖެނުއަރީ 2025 | ބުރާސްފަތި 18:54
ހައުސިންގ މިނިސްޓްރީ ރޯވެ އެނދުމަށްފަހު، އެމިނިސްޓްރީ އުވާލާ މިހާރު އެތަނުގެ މުވައްޒަފުން ވެސް ވަނީ މަގުމަތިވެފައި

ހައުސިންގ މިނިސްޓްރީ ރޯވެ އެނދުމަށްފަހު، އެމިނިސްޓްރީ އުވާލާ މިހާރު އެތަނުގެ މުވައްޒަފުން ވެސް ވަނީ މަގުމަތިވެފައި

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އިތުރު އެންގުމެއް އަންގަންދެން ގޭގައި މަޑުކުރަން ބުރާސްފަތި ދުވަހު އަންގައިފިއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން އިތުރަށް އޮފީހަށް ނުނިކުންނަށް އެންގުމާއެކު، ހައުސިންގ ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މެދުގައި ވަޒީފާގެ ޔަގީން ކަމާ މެދު ކަންބޮޑުވުން އުފެދިފައިވާ ކަމަށް މި ނޫހަށް ވާހަކަ ދެއްކި އެ މިނިސްޓްރީގައި ގިނަ ދުވަސް ތަކެއް ވަންދެން ޚިދުމަތް ކުރި މުވައްޒަފަކު ބުނެފައިވެއެވެ.

Advertisement - newsAdvertisement

އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލު ނުވެ ހައުސިންގ މިނިސްޓްރީ ހިނގަމުން ދިޔަ މުޅި އިމާރާތް އަނދާ ހުލިވި ހާދިސާ އަށް ފަހު، ކުރީގެ ހައުސިންގ މިނިސްޓްރީ އުވާލައި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އާއި މިނިސްޓްރީ އޮފް ފިނޭންސްގެ މެދުގައި ކުރީގެ ހައުސިން މިނިސްޓްރީގެ މަސައްކަތްތައް ބަހާލެވުނު އިރު، ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެކަމަށް މިނިސްޓަރު ހުރިހާ މުވައްޒަފުންނަށް އެންގެވި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިނިސްޓަރު ހުރިހާ މުވައްޒަފުންނަށް ފޮނުވި އީމޭލެއްގައި، އެހެން މިނިސްޓްރީތަކަށް މުވައްޒަފުންނަށް ބަދަލުވުމުގެ ފުރުސަތު ލިބޭނީ އެހެން އޮފީސްތަކުގެ އިދާރީ އޮނިގަނޑު މުރާޖަޢާކުރުމަށްފަހު އަދި ގުޅުންހުރި މަޤާމުތައް ލިބެން ހުރިނަމަ އެކަނި ކަމުގައި އެ އީމެއިލްގައި ބުނެފައިވާ ކަމަށް މައުލޫމާތު ދިން މުވައްޒަފު ބުނެފައިވެއެވެ.

މީގެ އިތުރުން، ކޯޕަރޭޓް ޑިޕާޓްމަންޓް އިތުރަށް ބޭނުމެއް ނުވާނެކަމަށާއި، މި ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް އެހެން މިނިސްޓްރީތަކުގައި މަޤާމުތައް ލިބެން ހުރި މިންވަރަކުން މަގާމު ހަމަޖެއްސުމުގައި ބަލާނެ ކަމަށް ވެސް މުވައްޒަފުންނަށް ފޮނުވި އީމެއިލްގައި ބަޔާންކޮށްފައިވެއެވެ.

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް އެކަށީގެންވާ މަޤާމުތައް އެ މުވައްޒަފުންނަށް ހޯދައިނުދެވިއްޖެނަމަ، އިދާރީ މުވައްޒަފުން ވަކިކުރެވޭނެ ކަމަށް ވެސް މުވައްޒަފުންނަށް ވަނީ އަންގާފައެވެ.

މައުލޫމާތު ދިން މުވައްޒަފު ބުނެފައިވަނީ ކަންކަން ހިނގަމުންދަނީ ސިއްރުން ކަމަށެވެ. އެހެން މިނިސްޓްރީ އަކަށް ބަދަލު ވެވޭނީ ކޮން މުވައްޒަފުންނަށް ކަމެއް، ކޮން ޑިޕާޓްމަންޓަކަށް ވާނީ ކިހިނެއް ކަމެއްވެސް މުވައްޒަފުންނަށް ސާފު ނުވާ ކަމަށެވެ.

އޭނާ ބުނި ގޮތުން، މުވައްޒަފުންނަށް ސީއެސްސީ އިން ވަނީ ފަހުން އީމެއިލްއެއް ފޮނުވާފައެވެ. އެ އީމެއިލްގައި އެ މުވައްޒަފުން މިނިސްޓްރީ އޮފް ފިނޭންސް ނުވަތަ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނަށް ބަދަލުކުރެވިފައިވާ ކަމަށާއި، އެ މިނިސްޓްރީތަކުގެ އޮނިގަނޑާ އެއްގޮތަށް އެ މީހުންގެ މަޤާމުތައް މުރާޖަޢާކުރެވެމުންދާ ކަމަށް ބަޔާންކޮށްފައިވެއެވެ. މި އީމޭލުން ވަޒީފާގެ ރައްކާތެރިކަން ކަށަވަރުވެފައި ނެތްކަން މުވައްޒަފުން ފާހަގަ ކުރާ ކަމަށް އޭނާ ބުންޏެވެ.

ވަޒީފާގެ ޔަގީންކަން ގެއްލި ކަންބޮޑުވެފައިވާ މުވައްޒަފުން ބުނާ ގޮތުގައި، ސިވިލް ސާވިސްގެ މުވައްޒަފުން މަގާމުން ވަކިކުރާއިރު މުވައްޒަފުންނަށް ދެވޭ ތިން މަސްދުވަހުގެ މުސާރަ އަކީ މިނިސްޓްރީ އަށް އެ މީހުން އަހަރުތަކެއް ވަންދެން ކޮށްފައިވާ ޚިދުމަތަށް އެކަށީގެންވާ ބަދަލެއް ނޫނެވެ.

"އަޅުގަނޑުމެން މި ހުރިހާ ސިވިލް މުވައްޒަފުންގެ ޙައްޤުގައި ވަކާލާތުކުރާނެ ފަރާތެއް ނެތް،" އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ހައުސިންގ މިނިސްޓްރީ އުވާލައި މިހާ ގިނަ މުވައްޒަފުން ވަކިކުރަނީ ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރެވިފައިވާ ތިބި މީހުންގެ ސަބަބުންނެވެ.

"އަޅުގަނޑުމެން ކަމާބެހޭ ހުރިހާ ފަރާތްތަކަށް ގޮވާލަނީ މި މައްސަލައިގައި އަވަހަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ދަތި ޙާލުގައި ތިބި މި މުވައްޒަފުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތްކުރުމަށް،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި "މިއީ ސިޔާސީ ކަމެއް ނޫން، މިއީ ގިނަ އަދަދެއްގެ ދިވެހިންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ވަސީލަތްތަކަށް ސީދާ އަސަރުކުރާ،" ކަމެކެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ސިޔާސީ މަގާމެއްގައި ހުރި މީހަކު ނޫނީ ވަޒީފާ ނުގެއްލޭނެ ކަމުގެ ޔަގީންކަން އެތައް ފަހަރަކު ކެމްޕޭންގެ ތެރޭގައި ދެއްވުމަށް ފަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު