Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިކޮމް

އައިކޮމްގެ ނިންމުންތަކާއިމެދު ފަހު ބަސް ބުނާނީ ހައިކޯޓުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެ - މަހާޒު

އައިކޮމްގެ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު 64 ވަނަ މާއްދާގެ (ހ) ގައި "ހައިކޯޓަށް އިލްތިމާސް ކުރުމުގެ ފުރުސަތު" އޮތްކަމުގައި ބަޔާންކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 19 ޖެނުއަރީ 2025 | އާދީއްތަ 13:56
ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނިންމުންތަކާއިމެދު ފަހު ބަސް ބުނާނީ ހައިކޯޓުން ކަމަށާއި، އެފަދަ މައްސަލަތަކަކީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެ މައްސަލައެއްކަމުގައި ނުދޭކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަމީނީ މަގު ހެދުމަށް ސަރުކާރުން ހިންގި މަޝްރޫއުގެ ތަފްސީލު ހޯދުމަށް އެދުނު މައްސަލައިގެ ބައެއް މައުލޫމާތު ދޭން ހައުސިން މިނިސްޓްރީން ދެކޮޅު ހެދުމުން އެ މިނިސްޓްރީއާ ދެކޮޅަށް އައިކޮމްއިން ކުރި އަމުރަށް ތާއިދުކޮށް ހައިކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ވަނީ ސުޕްރީމް ކޯޓުގައި ބާއްވާފައެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔު އިއްވަމުން އޭނާ ވިދާޅުވީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތް ކުރާއިރު، މި މައްސަލައަކީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅިދާނެ މައްސަލައެއްކަމުގައި ނުދެކޭ ކަމަށެވެ. އެއީ އެ މާއްދާގެ (ހ) ގައި، "މި ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ، އެ ނިންމުމަކާ ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން، އެ މައްސަލައެއް ނިންމި ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނުވަތަ އެ ނިންމުން ނިންމަންޖެހޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލަ ހައިކޯޓަށް އިލްތިމާސް ކުރުމުގެ ފުރުޞަތު ލިބިދެއެވެ." އެ ގޮތަށް ބަޔާންކުރުމަށް ފަހު، (ސ) ގައި "މި ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމެއްގެ މައްސަލަ ޝަރުޢީ ކޯޓަކުން ބެލޭނީ، މި މާއްދާގެ ދަށުން ކުރާ އިލްތިމާސްގެ މަރުޙަލާގައި އެކަންޏެވެ." މި ފަދައިން ބަޔާން ކޮށްފައިވާ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޤާނޫނުގައި ދިވެހިރާއްޖޭގެ ކޯޓުތައް ތަރުތީބުކޮށްފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފީ މަރުހަލާގެ ދެ ކޯޓެއް ޤާނޫނުގައި ބަޔާންވެފައިވާ ކަމަށެވެ. އެއީ ހައިކޯޓާއި ސުޕްރީމް ކޯޓު ކަމަށެވެ. އަދި ޤާނޫނުގެ މި މާއްދާއަށް ބަލާއިރު، އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު އެ މާއްދާގެ (ހ) ގައި "ހައިކޯޓަށް އިލްތިމާސް ކުރުމުގެ ފުރުސަތު" އޮތްކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މި އަކުރުގައި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާމެދު ވަކި އެއްޗެއް ބަޔާންކޮށްފައި ނުވާ ކަމަށް ފަނޑިޔާރު މަހާޒު ވިދާޅުވިއެވެ.

އަދި މި ހިސާބުން ބަހުސްގެ ބޭނުމަށް ޢާންމު އުސޫލުން ހައިކޯޓުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ އުސޫލުން، މި ފަދަ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ކަމުގައި ބެލިނަމަވެސް އެކަން ހަނިކޮށްފައި އޮތީ މި މާއްދާގެ (ށ) އިން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ ކަންމިހެން އޮތުމުން މިއީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާ ގުޅިގެން ހައިކޯޓުން ނިންމާ ނިންމުމަކީ، އެފަދަ މައްސަލަތަކުގައި ޝަރުޢީ ކޯޓުތަކުން ނިންމާ ފަހުގެ ނިންމުން ކަމުގައި އެ ޤާނޫނުގެ ބޭނުމަށް ބަލަންޖެހޭ ކަމަށެވެ. އަދި މި ފަދައިން ބަޔާންކޮށް، އިސްތިއުނާފީ މަރުހަލާ ކުރުކޮށްފައި އެ ވަނީ ޤާނޫނުއަސާސީގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހޯދުމާއި، މަޢުލޫމާތު ދިނުމުގެ މިނިވަންކަމުގެ ޙައްސާސްކަމުގެ މައްޗަށް ޤާނޫނު އެކަށައެޅި ފަރާތުން ވިސްނައި، އެ މިނިވަންކަން އެގޮތުގައި ދެމެހެއްޓުމުގެ ގޮތުންކަމުގައި ދެކޭ ކަމަށެވެ. އަދި މިކަމަށް އެ ޤާނޫނުގެ 2 ވަނަ މާއްދާގައި، ޤާނޫނުގެ މަޤްޞަދު ބަޔާންކޮށްފައި އޮތްގޮތުން ބާރު ލިބޭ ކަމަށެވެ.

މި މައްސަލައިގެ ހުކުމްވެސް ވަނީ އިއްވާފައެވެ. އެގޮތުން އަޙްމަދު އަފްރާޙް އިސްމާޢީލްގެ ފަރާތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅި މައްސަލައަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދަ އިލްތިމާސްއެއް ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުން ބާޠިލުކޮށް، ހައިކޯޓުގެ ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމުގައި ކަނޑައަޅާފައިވެއެވެ. އަދި މައްސަލަ ނިންމާފައިވަނީ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާރު އަލީ ޒާހިރުގެ އިތުރުން، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

ވިސާމްގެ ޝަރީއަތް: ހެކި ބަސް ނެގުން މާދަމާ!

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު