Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގެދޮރުވެރިޔާ ސްކީމް

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓް ދޫކުރުމާ ބެހޭ ގޮތުން ރައީސް ވިދާޅުވާ އެއްޗަކާ އޮފިޝަލުން ބުނާ އެއްޗަކާ ދިމަލެއް ނުވޭ!

މި މައްސަލައިގައި ސަރުކާރުން ބުނާ އެއްޗަކާއި ކުރާ ކަންތައް ތަފާތު ކަމަށް ފްލެޓް ލިބުނު ފަރާތްތަކުން ބުނޭ

ނިއުސް ޓީމް
ނިއުސް ޓީމް | 17 ސެޕްޓެމްބަރު 2024 | އަންގާރަ 07:21
ގަރުދިޔަ ކައްކާގެން ކެވޭނީ ވެސް ފްލެޓުތައް ދޫކޮށްގެން، ސަރުކާރުން ޖަވާބުދާރީވޭ: މުޒާހަރާގެ ބައިވެރިން

ގަރުދިޔަ ކައްކާގެން ކެވޭނީ ވެސް ފްލެޓުތައް ދޫކޮށްގެން، ސަރުކާރުން ޖަވާބުދާރީވޭ: މުޒާހަރާގެ ބައިވެރިން

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ ސަރުކާރުން ދޫކުރި ފްލެޓްތައް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލު ކުރުމާ ބެހޭ ގޮތުން ރައީސް މުއިއްޒު ދައްކަވާފައިވާ ވާހަކަފުޅުތަކާ ޚިލާފަށް ސަރުކާރުގެ މުވައްޒަފުން ލައްވައި އެހެން ގޮތަކަށް މިކަން އަނބުރާލަން މަސައްކަތް ކުރަމުންދާ ކަމުގެ ކަންބޮޑުވުން ފްލެޓް ލިބުނު ފަރާތްތަކުން ފާޅުކޮށްފިއެވެ.

މި ނޫހާ ވާހަކަދެއްކި ފްލެޓް ލިބިފައިވާ ބައެއް ފަރާތްތަކުން ބުނި ގޮތުގައި މި މައްސަލައިގައި ސަރުކާރުން ބުނާ އެއްޗަކާއި ކުރާ ކަންތައް ތަފާތެވެ.

ފްލެޓް ލިބުނު ފަރާތަކުން ކިޔައިދިން ގޮތުގައި، ރައީސް ޑރ. މުއިއްޒު ވިދާޅުވި ވާހަކައާ ޚިލާފަށް، ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ޓީވީ ޕްރޮގްރާމްތަކަށް އަރުވައިގެން، ވާހަކަދައްކަމުންދާ ކަމަށާއި މިކަމުގައި ވާނުވާ ނޭނގޭ ކަމަށެވެ.

ފްލެޓް ލިބުނު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރީ ފްލެޓް ލިސްޓް މުޅިން ރިވިއު ކުރާ ކަމަށް ހައުސިންގ މިނިސްޓްރީގެ މުވައްޒަފުން ޓީވީ ޕްރޮގްރާމެއްގައި ބުނުމާ ގުޅިގެންނެވެ.

ހައުސިންގ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން ޓީވީ ޕްރޮގްރާމެއްގައި މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރީ ސަރުކާރު ނިމުމުގެ ކުރިން ފްލެޓް ދޫކުރުން އޭސީސީން ހުއްޓުވާފައިވާ ކަމަށާއި، އަދި މިސަރުކާރު އައިސް ރައީސް ވަނީ ލިސްޓުގައި ވަނީ ހައްޤުވެރި ފަރާތްތައްތޯ ކަށަވަރުކުރުމަށް ހައުސިންގ އެޑްވައިޒަރީ ކޮމެޓީއެއް އަދި އެޑްވައިޒަރީ ކޮމެޓީއެއް އުފައްދަވާފައިވާ ކަމަށާއި، މި ދެ ކޮމެޓީ އާއި އޭސީސީގެ މަސައްކަތުން މިނިސްޓްރީން މިހާރު ނިންމާފައިވަނީ މުޅި ސްކީމް އެއްކޮށް ރިވިއުކޮށް ލިސްޓު އަލުން އެކުލަވާލުމަށް ކަމަށެވެ.

މިއާ ޚިލާފަށް، ދާދި ފަހުން ފަހި ޔޫނިއަންގެ އިސް އޮފިޝަލުންނާއެކު 2 ސެޕްޓެންބަރ 2024 ގައި ރައީސް އޮފީހުގައި އޮތް ބައްދަލުވުމެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ އިންތިޚާބުގައި ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް ފްލެޓްގެ ހައްޤުވެރިންނަށް ފްލެޓް ދެއްވާނެ ކަމަށެވެ.

އިންތިޚާބުގެ ތެރޭގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓާ އެއްގޮތައް އެމަނިކުފާނުގެ ސަރުކާރެއްގައި ފްލެޓް ދެއްވާނެ ކަމަށެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުންވެސް ރައީސް ވިދާޅުވެފައިވަނީ ރައްޔިތަކަށް ދީފައިވާ ބޯހިޔާވަހިކަމެއް އަތުނުލައްވާނެ ކަމަށެވެ.

ފްލެޓް ލިސްޓަށް ފްލެޓް ދޫކުރުން ހުއްޓާލާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެންގުމާ ގުޅިގެން ކަމަށާއި، ކުރިއަށް އޮތް މަހުގެ ނިޔަލަށް ފްލެޓް ޙަވާލުކުރެވޭނެ ކަމަށާއި އަދި އެކި އެކި ގޮތްގޮތައް ފްލެޓް ލިސްޓް ބަހާލާން އުޅޭ ވާހަކަ ދެކެވޭ ވާހަކައަށް ރައްދުދެއްވަމުން އެކަން އެހެން ނުހިނގާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް، ސެޕްޓެމްބަރު 2 ވަނަ ދުވަހު ރައީސް އޮފީހުގައި ރައީސުލްޖުމްހޫރިއްޔާ އާއެކު ބޭއްވި ބައްދަލުވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން ފަހި ޔޫނިއަންގެ ފައުންޑަރ ނާއިފް އަބޫބަކުރު ވިދާޅުވެފައިވެއެވެ.

މިދިޔަ ސަރުކާރުން ހިންގި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން 4,000 ފްލެޓް ލިބޭ ފަރާތްތައް ގެޒެޓްކޮށް، އޭގެ ތެރެއިން 3,778 ފަރާތާއެކު އެގްރީމެންޓް ވެސް ވަނީ ހަދާފައެވެ.

ފްލެޓް ދޫކުރުމުގެ މައްސަލައާ ގުޅޭގޮތުން އަދިވެސް ވާނުވާ ނޭނގޭ ކަމަށް ފްލެޓް ލިސްޓުގައި ހިމެނޭ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވާއިރު، ސަރުކާރުން ދައްކާ ވާހަކަތަކުގެ ރާގު އެކި ފަހަރު ބަދަލުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތިން ފާޅުކޮށް، ސިލްސިލާކޮށް މުޒާހަރާވެސް ދަނީ ކުރަމުންނެވެ.

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް