Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެންޓޯނިއޯ ގުޓަރޭޒް

މީސްމީޑިއާގެ ދުނިޔޭގައި ޖަހަމުންދާ ނަފުރަތުގެ ހުޅުގަނޑުތައް: ޒިންމާ ވާނީ ކާކު؟

ނަފުރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތައް ޖިނާއީ ކުށަށް ބަދަލުވެގެންދާލެއް ފަސޭހަކަމަށް ގުޓަރޭޒް ވަނީ ވިދާޅުވެފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 30 ޖެނުއަރީ 2023 | ހޯމަ 13:39
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް

ނަފުރަތުގެ ސަބަބުން ހިންގާ ޖިނާޢީ ކުށްތައް އިތުރުވަމުން ދިއުމުގައި މީސްމީޑިއާ ޕްލެޓްފޯމްތަކާއި، އެ ޕްލެޓްފޯމްތަކުގައި އިޝްތިހާރު ކުރާ ފަރާތްތަކުގެ ދައުރު ބޮޑު ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.

ޖެނުއަރީ 27 ވަނަ ދުވަހު ދެއްވި ތަޤުރީރެއްގައި ގުޓަރޭޒް ވިދާޅުވީ ނަސްލީ ތަފާތު ކުރުންތަކާއި، މުސްލިމުންނާ ދެކޮޅު ޖަރީމާ ހިންގުމާއި، ވަކި ޤައުމަކަށް ނިސްބަތް ވީތީ އެ ބަޔަކަށް އަނިޔާ ދިނުން ފަދަ ހައްދު ފަހަނަ އަޅާފައި ވާ ޢަމަލުތަކަށް ހިތްވަރު ދިނުމުގައި މީސްމީޑިއާ ޕްލެޓްފޯމްތަކާއި އެ ޕްލެޓްފޯމްތަކުގައި އިޝްތިހާރު ކުރާ ފަރާތްތަކުން ހިންގާ ކަމަށް ވިދާޅުވެފައެވެ.

މާލީ ގޮތުން ބޮޑު މަންފާއެއް ލިބޭ އެފަދަ ފަރާތްތަކުން ދަނީ ހަވާސާގައި އޮތް ހައްދުފަހަނައަޅާ ދިއުމުގެ ފިކުރަކީ، އާންމު ދިރިއުޅުމުގެ މައިދާނުގެ ބައެއް ކަމުގައި ހަދަމުން ކަމަށްވެސް ގުޓަރޭޒްގެ ތަޤުރީރުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ޕްލެޓްފޯމްތައް ބޭނުން ކުރާ ފަރާތްތަކުން ސްކްރީންތަކާ ދުރު ނުވެވޭ ފަދަ ބާރުގަދަ އެލްގަރިދަމްތައް ބޭނުން ކޮށްގެން، ނަފުރަތުގެ ހުޅުގަނޑުތައް ޖަހަމުންދާ ދިއުމަކީ ޣައިރު ޤާނޫނީ، ޖިނާއީ ކުށުގެ ޢަމަލެއް ކަމުގައި ގުޓަރޭޒް ވަނީ ސިފަ ކުރައްވާފައެވެ. އަދި މި ޖަރީމާތައް ހިންގާ ފަރާތްތަކަށް ސަބްސިޑީ އުސޫލުން މާލީ އެހީ ފޯރުކޮށްދޭ ފަރާތްތަކެއް ތިބޭ ކަން ވެސް ގުޓަރޭޒް ވަނީ ފާހަގަ ކުރައްވާފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ޤައުމުތަކުގެ ސަރުކާރުތަކުންވެސް ނަފުރަތު އުފެއްދުން ހުއްޓާލަން ޖެހޭ ކަމަށް ގޮވާލައްވާފައެވެ. ނަފުރަތު އުފެދޭ ގޮތަށް ދައްކާ ވާހަކަތައް ޖިނާއީ ކުށަށް ބަދަލުވެގެންދާލެއް ފަސޭހަކަމީ އެންމެންވެސް ދަންނަ ކަމެއްކަން ގުޓަރޭޒް ވަނީ ޤައުމުތަކުގެ ސަރުކާރުތަކަށް ހަނދާން ކޮށްދެއްވާފައެވެ.

ގުޓަރޭޒްއަކީ މީސް މީޑިއާއަށް ލިބިފައިވާ އާދަޔާ ޚިލާފު ގަދަ ބާރުތަކާ މެދު ސިލްސިލާ ގޮތެއްގައި ކަންބޮޑުވުންފާޅު ކުރައްވާ ބައިނަލްއަޤުވާމީ ލީޑަރެކެވެ. މި މޭރުމުން ގުޓަރޭޒް ގެންދަވަނީ މީސްމީޑިއާގެ ޕްލެޓްފޯމްތައް ހިންގާ ޤަވައިދުތައް ހަރުދަނާކޮށް، ޒިންމާ އުފުލުމާ ބެހޭ ކަންކަން ވީހާވެސް ތަފްސީލީ ގޮތެއްގައި ބަޔާންކޮށްދީ، ދެފުށް ފެންނަ ސިޔާސަތުތައް ވީހާވެސް ހާމަކަންބޮޑުވާނެ ގޮތް ހެދުމަށް ވަކާލާތު ކުރައްވަމުންވެ.

ޚިޔާލު ފާޅު ކުރުމަށް ލިބިދީފައި އޮންނަ މިނިވަންކަމަކީ، ބޭނުންހާ ކުށަކަށް އަރައިގަތުމަށް ހިލޭ ލިބިފައި އޮންނަ ފާހެއް ކަމުގައި ދެކޭ ދެކުން ބަދަލު ކުރުމަށް ފަރުދީ ފެންވަރުގައިވެސް ޒިންމާތަކެއް އުފުލަންޖެހެއެވެ.

އިތުރަށް ކިޔާލަން

21 އޯގަސްޓު 2021

ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ކޮވިޑް-19 ޑީއެންއޭ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އިންޑިޔާއިން ދީފި

21 އޯގަސްޓު 2021
ދުނިޔޭގައި އެންމެ ފުރަތަމަ އުފެއްދި ކޮވިޑް-19 ޑީއެންއޭ ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ އިންޑިޔާއިން ދީފި
25 އެޕްރީލު 2021

މުޅި ދުނިޔޭގައި 1 ބިލިއަން ޑޯޒްގެ ވެކްސިން ޖަހައިފި

25 އެޕްރީލު 2021
މުޅި ދުނިޔޭގައި 1 ބިލިއަން ޑޯޒްގެ ވެކްސިން ޖަހައިފި
16 ޖެނުއަރީ 2021

ކޮވިޑް-19: ދުނިޔޭގައި ހިންގޭ އެންމެ ބޮޑު އެއް ވެކްސިނޭޝަން ޕްރޮގްރާމް އިންޑިއާގައި ފަށައިފި

16 ޖެނުއަރީ 2021
ކޮވިޑް-19: ދުނިޔޭގައި ހިންގޭ އެންމެ ބޮޑު އެއް ވެކްސިނޭޝަން ޕްރޮގްރާމް އިންޑިއާގައި ފަށައިފި
03 ޑިސެމްބަރު 2020

ދުނިޔޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 64 މިލިއަނުން މައްޗަށް

03 ޑިސެމްބަރު 2020
ދުނިޔޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 64 މިލިއަނުން މައްޗަށް
03 ސެޕްޓެމްބަރު 2020

މާކެންޒީ ސްކޮޓް ދުނިޔޭގައި މިހާރު ހުރި އެންމެ މުއްސަނދި އަންހެންމީހާއަށް ވެއްޖެ

03 ސެޕްޓެމްބަރު 2020
މާކެންޒީ ސްކޮޓް ދުނިޔޭގައި މިހާރު ހުރި އެންމެ މުއްސަނދި އަންހެންމީހާއަށް ވެއްޖެ
17 އޯގަސްޓު 2020

މިއަދަކީ ދުނިޔޭގައި ރެކޯޑް ކުރެވުނު އެންމެ ހޫނު ގަދަ ދުވަސް!

17 އޯގަސްޓު 2020
މިއަދަކީ ދުނިޔޭގައި ރެކޯޑް ކުރެވުނު އެންމެ ހޫނު ގަދަ ދުވަސް!
15 އެޕްރީލު 2018

ބޯކޯ ހަރާމް: ވަގަށްނެގި 112 ކުދިންގެ ތެރެއިން ދުނިޔޭގައިތިބީ 15 ކުދިން ކަމަށް ނޫސްވެރިޔަކު ބުނެފި

15 އެޕްރީލު 2018
ބޯކޯ ހަރާމް: ވަގަށްނެގި 112 ކުދިންގެ ތެރެއިން ދުނިޔޭގައިތިބީ 15 ކުދިން ކަމަށް ނޫސްވެރިޔަކު ބުނެފި
13 ފެބުރުއަރީ 2018

އައިއެސްގެ ލީޑަރު ބަޤްދާދީ ދުނިޔޭގައި އެބަހުރި: އިރާޤް

13 ފެބުރުއަރީ 2018
އައިއެސްގެ ލީޑަރު ބަޤްދާދީ ދުނިޔޭގައި އެބަހުރި: އިރާޤް
01 ސެޕްޓެމްބަރު 2017

ބަޣްދާދީ ދުނިޔޭގައި ހުރިކަމަށް ބެލޭ: އެމެރިކާ

01 ސެޕްޓެމްބަރު 2017
ބަޣްދާދީ ދުނިޔޭގައި ހުރިކަމަށް ބެލޭ: އެމެރިކާ
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު