Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއދ.ގެ ސެކެރެޓަރީ ޖެނެރަލް

ހަނގުރާމަ ހުއްޓާލުމަށް ކުރައްވާ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެ ކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވެއްޖެ

ގުޓަރެސް ވިދާޅުވީ އޭނާގެ ވެރިކަމުގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަބަޔަކު މިނޫނީ މަރުނުވާކަމަށް

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 10 ޑިސެމްބަރު 2023 | އާދީއްތަ 09:18
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް

އދ.ގެ ސަލާމަތީ މަޖިލީހުގައި ކުރަމުންދާ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް، ޣައްޒާގައި ހިންގަމުންދާ އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ބާރުއަޅުއްވަމުން ގެންދަވާނެ ކަމަށާއި އެ މަސައްކަތްޕުޅު ހުއްޓައި ނުލައްވާނެކަމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވެއްޖެއެވެ.

ދޯހާ ފޯރަމްގެ ކޮންފަރެންސްގައި އާދީއްތަ ދުވަހު ވާހަކަފުޅު ދައްކަވަމުން ގުޓެރޭޒް ވިދާޅުވީ ސަލާމަތީ މަޖިލީހުގެ އިތުބާރު ގެއްލި، ބައިނަލްއަގްވާމީ ބައިބައިވުންތަކުގެ ސަބަބުން ސަލާމަތީ މަޖިލިސް ޕެރެލައިޒް ވެއްޖެ ކަމަށެވެ.  

"އދ.ގައި އަޅުގަނޑު ގެ މެންޑޭޓްގައި މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ އާންމުން މަރުވި ތަން އަޅުގަނޑުމެންނަށް ފެނިފައެއް ނުވޭ" ފަލަސްތީނަށް އިއާދަ ނުކުރެވޭ ވަރުގެ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އޭނާ ދެއްވި އެވެ.

ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ޑިޕްލޮމެޓިކް ހަރަކާތްތައް ހުއްޓުމަކަށް އައިސްފައިވާއިރު، ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް އެމެރިކާއިން ވަނީ ވީޓީކޮށްފައެވެ. ނަމަވެސް ވަގުތުން ވަގުތަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވާ ގަރާރު ވަނީ ފެއިލް ކޮށްލާފައެވެ.

ގުޓެރޭޒް ވިދާޅުވީ ކައުންސިލްގެ ނުކުޅެދުންތެރިކަން ދައްކުވައިދެނީ މިއަދުގެ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ދުނިޔޭގެ މުއައްސަސާތަކުގައި ހުރި އުނިކަން ކަމަށެވެ.

ނަމަވެސް ޕެރަލައިސިސްގެ ތެރޭގައި ވެސް އދ.ގެ ޗީފް ވަނީ "ޣައްޒާގައި އިންސާނީ ހަނގުރާމަ ހުއްޓާލަން ކުރާ މަސައްކަތް ހުއްޓާނުލާނެ" ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ލީޑަރުން ސުލްހަ ގާއިމުކުރުމަށް ނުކުޅެދިފައިވާކަން ސާބިތުވެ، ސަލާމަތީ މަޖިލީހުން ފިޔަވަޅު ނޭޅުމުން ގުޓެރޭޒް ވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ބައިނަލްއަގްވާމީ އެއްބާރުލުން އިސްލާހުކޮށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 17,700 އަށް އަރާފައެވެ. އޭގެ ތެރޭގައި 6,500 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި ގިނަ ޢަދަދެއްގެ އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވީ، ޔަހޫދީންގެ އުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 48,000 އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ.

އެންޓޯނިއޯ ގުޓަރޭޒް ދުނިޔެޣައްޒާފަލަސްތީނުއިޒްރޭލް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
01 ޑިސެމްބަރު 2025

ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި

01 ޑިސެމްބަރު 2025
ކޮރަޕްޝަންގެ ދައުވާ ތަކަށް ނަތަންޔާހޫ މާފު ދޭން އެދުމުން، އިސްރާއީލް ގައި މުޒާހަރާ ކޮށްފި
30 ނޮވެމްބަރު 2025

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު