Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން އިސްރާއީލް ހަނގުރާމަ

ގާޒާ ސުންނާފަތިވެ، ގެއްލިގެން ދިޔަހާ ފުރާނަ އަށް މާފެއް ނުކުރެވޭނެ: އދ ގެ ސެކްރެޓަރީ ޖެނެރަލް

ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ސެކްރެޓަރީ ޖެނެރަލް ވަނީ ގޮވާލައްވާފައެވެ.

ރާއްޖެ އެމްވީ | 16 ޖުލައި 2024 | އަންގާރަ 09:39
ހަލާކުވެފައިވާ އިޒްރޭލު ޓޭންކެއް ޓޯ ކުރަނީ

ހަލާކުވެފައިވާ އިޒްރޭލު ޓޭންކެއް ޓޯ ކުރަނީ

ގާޒާގެ ހަނގުރާމަ މިހާރުން މިހާރަށް ހުއްޓާލުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ގޮވާލައްވައިފިއެވެ.

ހޯމަ ދުވަހު ގުޓަރޭސް ސޯޝަލް މީޑިއާ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައްދެއް ނެތި ގާޒާ އަށް ދީފައިވާ ހަމަލާ ތަކާއި އެއާއެކު ގާޒާ ސުންނާފަތި ވެގެން ދިޔަ ދިޔުމާއި، ގެއްލިގެން ދިޔަހާ ފުރާނަ އަކީ ވިސްނުމަށްވެސް ނުގެނެވޭ ފަދަ ކަމެއް ކަމެއް ކަމަށާއި އެއީ މާފު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހޯމަ ދުވަހު އެހެން މެސެއްޖެއްގައި ޚާން ޔޫނިސްގެ އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް އިޒްރޭލް ސިފައިން ހޮނިހިރު ދުވަހު ދިން ހަމަލާވެސް އދ. ގެ ސެކްރެޓަރީ ޖެނެރަލް ވަނީ ކުށްވެރި ކުރައްވާފައެވެ.

ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި އިޒްރޭލު ސިފައިން ކަނޑައަޅާފައިވާ ގެދޮރު ގެއްލިފައިވާ މީހުންނަށް ޚާއްސަ ކޮށްފައިވާ އަލް-މަވާސީ ސަރަހައްދަށް ދިން ހަމަލާ އިން ގާޒާ ސްޓްރިޕް ގައި ރައްކާތެރި އެއްވެސް ތަނެއް ނެތްކަން ހާމަ ވެއްޖެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަލް-މަވާސީ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާގައި މަދުވެގެން 90 ފަލަސްތީން މީހުން މަރުވިއެވެ. އަދި 300 ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. މަރުވި މީހުންނާ ޒަޚަމްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާ އަންހެނުން ހިމެނޭ ކަމަށްވެސް ގާޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2018

އިންޓަޕޯލްގެ ވެރިޔާ ގެއްލިގެން ހޯދަނީ!

05 އޮކްޓޯބަރު 2018
އިންޓަޕޯލްގެ ވެރިޔާ ގެއްލިގެން ހޯދަނީ!
30 ސެޕްޓެމްބަރު 2018

ބިންހެލުން އައި ވަގުތު ފުރަން ތައްޔާރުވެފައި އޮތް މަތިންދާ ބޯޓު ސަލަމާތްކޮށްދޭން ފުރާނަ ދުއްވާލި ޒުވާނާއަށް ތައުރީފް އޮހެނީ

30 ސެޕްޓެމްބަރު 2018
ބިންހެލުން އައި ވަގުތު ފުރަން ތައްޔާރުވެފައި އޮތް މަތިންދާ ބޯޓު ސަލަމާތްކޮށްދޭން ފުރާނަ ދުއްވާލި ޒުވާނާއަށް ތައުރީފް އޮހެނީ
29 ޖެނުއަރީ 2018

ފުލުހުން ހައްޔަރުކުރި ދަރިވަރަކު ގެއްލިގެން މެކްސިކޯގައި މުޒާހަރާކޮށްފި

29 ޖެނުއަރީ 2018
ފުލުހުން ހައްޔަރުކުރި ދަރިވަރަކު ގެއްލިގެން މެކްސިކޯގައި މުޒާހަރާކޮށްފި
22 ނޮވެމްބަރު 2017

ގެއްލިގެން ހޯދަމުންދާ އާޖެންޓީނާގެ ސަބްމެރިން: އޮކްސިޖަން ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ

22 ނޮވެމްބަރު 2017
ގެއްލިގެން ހޯދަމުންދާ އާޖެންޓީނާގެ ސަބްމެރިން: އޮކްސިޖަން ހުސްވެދާނެކަމުގެ ބިރު ހީވެއްޖެ
07 އޮކްޓޯބަރު 2017

ގެއްލިގެން ހޯދަމުންދާ ސްވިޑްންގެ ނޫސްވެރިޔާގެ ބޯ ފެނިއްޖެ

07 އޮކްޓޯބަރު 2017
ގެއްލިގެން ހޯދަމުންދާ ސްވިޑްންގެ ނޫސްވެރިޔާގެ ބޯ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު