Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާގެ ހަނގުރާމަ ހުއްޓުވަން އެމެރިކާގަ އެދުނަސް އެކަމެއް ނުވާނެ: އދ ގެ ސެކްރެޓަރީ ޖެނެރަލް

ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމުގެ ފުރަތަމަ މަރުޙަލާ ނިންމާލެވިއްޖެ ކަމަށާއި 12 ދުވަހުގެ ތެރޭގައި 560،000 ކުދިންނަށް ފުރަތަމަ ޑޯޒް ދީފައިވާ ކަމަށް އދ. އިން ހާމަކޮށްފައިވޭ

ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2024 | ހޮނިހިރު 02:03
އިޒްރޭލުން ޣައްޒާ ގައި ހިންގާ ހަނގުރާމައިގެ ތެރޭގައި، 2024، ސެޕްޓެމްބަރު 12 ވަނަ ދުވަހު، ޣައްޒާ ސްޓްރިޕްގެ މެދުތެރޭގައި އޮންނަ ނުސައިރާތުގައި، އިސްރާއީލުގެ ހަމަލާއެއްގެ ސަބަބުން ވެއްޓިފައިވާ އިމާރާތެއ

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ފަނާކުރަނިވި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އިޒްރޭލަށް ޕްރެޝަރ ކުރަން ޖެހޭ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާ އަށް ދެއްވި ބަސްދީގަތުމެއްގައި ގުޓަރެސް ވިދާޅުވީ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ބާރުއަޅަންޖެހޭ ކަމަށް ވިދާޅުވިޔަސް އެމެރިކާގެ ސިޔާސީ މަސްރަހް ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެކަން އެގޮތަކަށް ނުވާނެކަން އެމަނިކުފާނަށް ގަބޫލުކުރެއްވޭ ކަމަށެވެ.

ހުކުރު ދުވަހާއި ހޮނިހިރު ވިލޭރޭވެސް އިޒްރޭލުން ގެންދިޔައީ ޣައްޒާ ސްޓްރިޕަށް ހަމަލާތައް ދެމުންނެވެ.

އުތުރުގައިވާ ޣައްޒާ ސިޓީއާއި ދެކުނުގައިވާ ޚާން ޔޫނިސްއަށް ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ފަލަސްޠީނު މީހުން ޝަހީދުވެފައިވާ ކަމަށް އަލްޖަޒީރާ އިން ބުނެއެވެ.

އިޒްރޭލު ސިފައިންގެ ދުއްތުރާތަކާ އެކުވެސް އދ. އިން ބުނަނީ ޣައްޒާގެ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމުގެ ފުރަތަމަ މަރުޙަލާ ނިންމާލެވިއްޖެ ކަމުގައެވެ. ފުރަތަމަ ބުރުގައި 12 ދުވަހުގެ ތެރޭގައި 560،000 ކުދިންނަށް ފުރަތަމަ ޑޯޒް ދީފައިވާ ކަމަށް އދ. އިން ހާމަކޮށްފައިވެއެވެ.

އެންމެ ފަހުގެ ރެކޯޑްތަކުން ހާމަވާ ގޮތުގައި ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މަދުވެގެން 41،118 ށް ވަނީ އަރާފައެވެ. އޭގެ އިތުރުން އެ ހަމަލާތަކުގައި، 95،125 މީހުން ޒަޚަމްވެފައިވެއެވެ.

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
11 ފެބުރުއަރީ 2017

ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް

11 ފެބުރުއަރީ 2017
ފްރާންސަށް ނިސްބަތްވާ އައިއެސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް 72 ގަޑިއިރުގެ ހަމަލާތަކެއް
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު