Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގައި ހިނގި ހާދިސާ

ޕާކިސްތާނުގައި ހިނގި ދެ ހާދިސާއެއްގައި 51 މީހުން މަރުވެއްޖެ

30 ޖެނުއަރީ 2023 | ހޯމަ 02:21

ބްރިޖުމަތިން ބަހެއް ވެއްޓުނު ހާދިސާގައި 41 މީހަކު ވަނީ މަރުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 ޖެނުއަރީ 2023 | ހޯމަ 02:21
ޕާކިސްތާނުގައި ބްރިޖެއްގެ މަތިން ބަހެއް ވެއްޓި ހިނގި ހާދިސާ

ޕާކިސްތާނުގައި ބްރިޖެއްގެ މަތިން ބަހެއް ވެއްޓި ހިނގި ހާދިސާ

އާދީއްތަ ދުވަހު ޕާކިސްތާނުގައި ހިނގި ދެ ހާދިސާއެއްގައި 51 މީހުން މަރުވެއްޖެއެވެ.

އެ ޤައުމުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފުރަތަމަ ހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ހުޅަނގު ދެކުނުގެ ބަލޮޗިސްތާން ޕްރޮވިންސުގައެވެ. އެ ޕްރޮވިންސުގައި ބްރިޖެއްގެ މަތިން ބަހެއް ވެއްޓުނު ހާދިސާގައި 41 މީހަކު ވަނީ މަރުވެފައެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހަށިތައް ވަނީ ކާކުކަން ނޭނގޭވަރަށް އަނދާފައެވެ. އެހެންކަމުން އެ މީހުން ދެނެގަތުމަށް ޑީއެންއޭ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ، ރޭގަނޑުގައި ދުއްވާފައި ދިޔަ ބަހުގެ ޑްރައިވަރަށް ނިދިޖެހި، ބަހުގެ ކޮންޓްރޯލު ގެއްލުމުން ކަމަށް ބެލެވޭ ކަމުގައި މި ހާދިސާ ތަހުޤީޤު ކުރަމުންދާ ފަރާތްތަކުން ބުނެއެވެ. އަދި ބުރިޖުން ތިރިއަށް ބަސް ވެއްޓުނީ ބުރިޖުގެ ތަނބެއްގައި ޖެހުމަށް ފަހު ކަމުގައި ވެސް އޮފިޝަލުން ބުނެއެވެ.

ދެވަނަ ހާދިސާ ހިނގާފައި ވަނީ ހުޅަނގުއުތުރުގައިވާ ޚައިބަރ ޕަޚްތުންޚްވާ ޕްރޮވިންސުގައެވެ. އެގޮތުން އެ ސަރަޙައްދުގެ ސްކޫލެއްގެ ދަރިވަރުން ގޮވައިގެން ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައި 10 ކުދިން ވަނީ މަރުވެފައެވެ. މި ހާދިސާގައި މަރުވި ހުރިހާ ކުދިންނަކީ ވެސް ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ސްކޫލް ކުދިންނެވެ.

މި ހާދިސާގައި އިތުރު ދަރިވަރުންތަކެއް ވެސް ވަނީ ގެއްލިފައެވެ. އެ ކުދިން ހޯދުމުގެ މަސައްކަތް އެ ޤައުމުގެ އޮފިޝަލުން ދަނީ ކުރަމުންނެވެ. އެ ޤައުމުގެ ކޯހަޓް ޑިސްޓްރިކްޓުގެ ކޮމިޝަނަރު މަހުމޫދު އަސްލަމް ރޮއިޓަރސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ކުދިން ބޯޓުގައި ދަތުރު ކުރީ ޕިކްނިކްދިއުމުގެ ތެރޭގައެވެ. ބޯޓުގައި އެވަގުތު 25 ދަރިވަރުން ތިބިކަމަށް އޭނާ ވަނީ ވިދާޅުުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
31 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް ދައުވާއެއް އުފުލައިފި

31 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީހަކަށް  ދައުވާއެއް އުފުލައިފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް