Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީނުގައި ހަޅުތާލުކުރުން

އދ.ން ދޭ މުސާރަ ކުޑަވެ، ފަލަސްތީނު ބޮޑު ހަޅުތާލަކަށް!

ހުޅަނގު އައްސޭރީގައި ކުރަމުންދާ ހަޅުތާލާ ގުޅުނު މަސައްކަތްތެރިންގެ އަދަދު 3700އަށް އަރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 26 ޖެނުއަރީ 2023 | ބުރާސްފަތި 14:39
އދ.ން ފަންޑުކޮށްގެން ފަލަސްތީނުގައި ހިންގާ ސްކޫލެއް

އދ.ން ފަންޑުކޮށްގެން ފަލަސްތީނުގައި ހިންގާ ސްކޫލެއް

ހުޅަނގު އައްސޭރީގައި ސްކޫލްތަކާއި ކުލިނިކުތަކުގެ އިތުރުން ބައެއް މުނިސިޕަލް ޚިދުމަތްތައް މެދުކަނޑާލާފައި އޮންނަތާ ޖެނުއަރީ 25 ވީ ބުދަ ދުވަހަށް 3 ދުވަސްވީއެވެ. ސަބަބަކީ، މުވައްޒަފުންގެ މުސާރަ ހަމަޖައްސަމުން ދާ އދ.ގެ އިދާރާއަށް ފަންޑު ލިބުން ދަތިވެ، މާލީ ރިޒަރވް ހީނަރުވުމާއެކު މުވައްޒަފުން ހަޅުތާލު ފެށުމެވެ.

ހުޅަނގު އައްސޭރީގައި ކުރަމުންދާ ހަޅުތާލާ ގުޅުނު މަސައްކަތްތެރިންގެ އަދަދު 3700އަށް އަރައެވެ. މަސައްކަތްތެރިންގެ ޑިމާންޑްކުރަނީ ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އޭޖެންސީ (ޔޫއެންއާރްޑަބްލިއުއޭ) މެދުވެރިކޮށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީއަށް 200 ޖޯޑޭނިއަން ދީނާރު ނުވަތަ 281.81 ޑޮލަރު އިތުރު ކުރުމަށެވެ.

މަސައްކަތްތެރިންގެ އިއްތިހާދުގެ ފަރާތުން ހަޅުތާލުގެ ކަންކަމުގައި އެންމެ އިސްކޮށް އުޅޭ ޖަމާލް އަބްދުﷲ ބުނިގޮތުގައި، ޔޫއެންއާރްޑަބްލިއުއޭއިން ޑިމާންޑްތައް ބަލައިގަންނަންދެން ހަޅުތާލުތައް ކުރިއަށްދާނެއެވެ.

ކަން މިހެން އޮތްއިރު، ޖެނުއަރީ 26 ވަނަ ދުވަހު، ޔޫއެންއާރްޑަބްލިއުއޭއިން ވަނީ 1.6 ބިލިއަން ޑޮލަރުގެ ފަންޑަކަށް އެދި ގޮވާލާފައެވެ. އެއީ އަރަބިންނާއި އިޒްރޭލުންގެ ކޯޅުމަށްފަހު، ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު ވަޒަންވެރިވެގެން އުޅޭ ލުބްނާން، ސޫރިޔާ އަދި އުރުދުންގެ އިތުރުން ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާއަށް ބޭނުންވާ އެހީއާއި ސިއްހީ ފަރުވާގެ އިތުރުން ސްކޫލްތައް ހިންގަން ބޭނުންވާ ފައިސާއެވެ.

ހުޅަނގު އައްސޭރީގެ ރަށްވެހިންނަކީ މިހާރުވެސް އިންތިހާ ތަކުލީފުތަކާއެކު ދިރިއުޅުމުގެ ދުވަސްތައް ކަޑައްތުކުރަމުންދާ ބަޔަކަށް ވާއިރު، މަސައްކަތްތެރިންގެ ހަޅުތާލާއެކު އިތުރު ވޭނެއް އުފުލަން މި ވަނީ މަޖުބޫރުވެފައެވެ. ސިއްހީ ފަރުވާދޭ ކުލިނިކުތަކުގައި ބަންދު ބޯޑު އަޅުވާފައި ވާއިރު، ބައި ލައްކައެއްހާ ދަރިވަރުން ދާނެ ސްކޫލެއް ނެތެވެ. މަގުތައް މަތީގައި ކުނިބުނި ވަނީ ފުނިޖެހިފައެވެ.

ކޭމްޕެއްގެ ތެރެއަށް ވަދެއްޖެނަމަ، އެއްކޮޅުން އަނެއް ކޮޅަށް ހިނގާ ނުލެވޭ ވަރަށް ކުނިތައް ވަނީ ގިނަވެފައެވެ.

ހުރިހާ ކޮޅަކުން ފިއްތާލާފައި އޮތް ޣައްޒާގެ ހާލަތުވެސް އިންތިހާއަށް ގޯހެވެ. ޣައްޒާގެ ރެފިއުޖީންނަކީ ބަނޑުފުރާ މުއްތިކުރުމަށްވެސް އެހީއަށް ބަރޯސާވާ ބަޔަކަށްވާއިރު، އިންސާނީ އެހީގެ މަސައްކަތަށްވެސް ހުރަސްތަކާ ވަނީ ކުރިމަތިވެފައެވެ.

ޢުމުރުން 63 އަހަރުގެ ނާހިދު އަބޫ އަމީރާގެ 24 މެންބަރުންގެ އާއިލާއަކީ ދިރިއުޅުމަށްޓަކައި ޔޫއެންއާރްޑަބްލިއުއޭގެ އެހީއަށް މުޅިން ބަރޯސާވެފައި އޮތް އާއިލާއެކެވެ.

ދުނިޔެއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ އެކި ކަހަލަ ކާރިސާތަކުގެ އިތުރުން، ބާޒާރުތަކުގައި ތަކެތީގެ އަގުތައް އުފުލުމާއި، ސަޕްލައި ޗޭނުތަކަށް ބުރޫއެރުމާއެކު އދ.ގެ އިދާރާއަށް އެހީގެ ގޮތުގައި ލިބޭ އެއްޗެއްވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަވަސް ފުރުސަތެއްގައި ހެޔޮ ގޮތެއް ވެދާނެކަމުގެ އިޝާރާތެއް ނެތެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ

10 ފެބުރުއަރީ 2017
ފަލަސްތީނު މީހަކު ބަޑިޖެހުމުގެ ސަބަބުން އިޒްރޭލުގެ ހަމީހުން ޒަޚަމްވެއްޖެ
10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު