Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަޔަރ އެޑިއުކޭޝަންގެ އޮޑިޓް

އޮޑިޓްގައި އެކަން ފާހަގަކޮށްފައި ނެތަސް ލޯންތަކަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން - ހަޔަރ އެޑިއުކޭޝަން

25 ޖެނުއަރީ 2023 | ބުދަ 18:02

2021 ވަނަ އަހަރުގެ ނިޔަލަށް އެކިއެކި ސްކީމްތައްު މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކުން އަނބުރާ ނުލިބިހުރި ފައިސާގެ ގޮތުގައި ޖުމުލަ 186.4 މިލިއަން ރުރިޔާ ހުރި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ޖެނުއަރީ 2023 | ބުދަ 18:02
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން

އޮޑިޓްގައި އެކަން ފާހަގަކޮށްފައި ނެތަސް ލޯންތަކަށް އަނބުރާ ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2021 ވަނަ އަހަރުގެ ނިޔަލަށް އެކިއެކި ސްކީމްތައްު މެދުވެރިކޮށް ދޫކޮށްފައިވާ ލޯނުތަކުން އަނބުރާ ނުލިބިހުރި ފައިސާގެ ގޮތުގައި ޖުމުލަ 186.4 މިލިއަން ރުރިޔާ ހުރިކަމަށެވެ. މީގެތެރެއިން މިނިސްޓްރީން މެނޭޖްކުރާ ލޯނުތަކުގެ ރެކޯޑުތައް ބެލެހެއްޓުމަށް އިންޓާނަލް ކޮންޓްރޯލްތައް ޤާއިމުކޮށްފައި ނެތުމުންނާއި، އެކަށީގެންވާ ގޮތަށް ހިސާބުތައް ބަލަހައްޓާފައި ނެތުމުން، އެސްކީމްގެ އޯވަރ-ޑިއު ގެ ގޮތުގައި ބަޔާންކޮށްފައިވާ 105.2 މިލިއަން ރުފިޔާ އަކީ އަހަރުގެ ނިޔަލަށް އެ ސްކީމުން ލިބެންޖެހޭ ފައިސާގެ ސައްހަ އަދަދުކަން ކަށަވަރު ކުރެވެން ނެތްކަމަށެވެ.

Advertisement - newsAdvertisement

މިކަމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަންގެ ނައިބު އިސްމާއިލް ޒަބީހު ވިދާޅުވީ ލޯން ސްކީމަތައް ހެދިގެން އައިސް މި ސަރުކާރާ ހަމައަށް އައިއިރު އެކަންކަން އޮތީ ވަރަށް ދޯދިޔާކޮށް ކަމަށެވެ. އެކަމާއި ގުޅޭ އެއްވެސް ކަހަލަ ލިޔެކިޔުމެއް ބެލެހެއްޓިފައި ނެތް ކަމަށާއި، އެއްވެސް ރެކޯޑެއް ވެސް ނެތް ކަމަށެވެ. ފުރަތަމަ ކަމަކަށް މިހެން ހުރި ކަންކަން ރަނގަޅުކުރަން ފެށުނު ކަމަށާއި، 2021 ވަނަ އަހަރުގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމަކީ މީގެ ކުރިންވެސް ހުރި ކަންކަން ކަމަށެވެ.

އޭނާ ވިދާޅުވި ވަރަށް ގިނަ އަދަދެއްގެ ފައިސާ ދަރިވަރުންގެ އަތުން ހޯދަން ކުރީ ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނެތުމުގެ ސަބަބުން ދަަރިވަރުންގެ އޯވަރޑިއު އަދަދުތައް ބޮޑުވެފައިވާ ކަމަށެވެ. ލައްކައިން ދެލައްކައިން އޯވަރޑިއުވެފައި ހުރި ދަރިވަރުން އެބަތިބި ކަމަށާއި، ދަރިވަރުންނަށް ސިޓީތައް ފޮނުވުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.

ނަމަވެސް މިނިސްޓްރީއަށް ފާހަގަވި ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ހުރުމުން ކިތައްމެ ވަރަކަށް ސިޓީ ފޮނުވިޔަސް އެއަށް ފައިސާ ނުދައްކައެވެ. އެހެންކަމުން ވަކި އުސޫލެއްގެ ދަށުން އަނެއްކާ ވެސް ދަރިވަރުންނަށް މަހުން މަހަށް ފައިސާ ދެއްކޭނެ އިންތިޒާމްތަކެއް ހަމަޖެއްސިގެން ދިޔަ ކަމަށެވެ. އެގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ އެއްވެސް ވަރަކަށް ފައިސާ ދައްކާފައި ނެތް ދަރިވަރުން މިހާރު ގަވާއިދުން ފައިސާ ދައްކަމުން ދިއުން ކަމަށް ޒަބީހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ލޯން ސްކީމްތަކާ ގުޅޭގޮތުން އިތުރު ޕޮލިސީ ނިންމުންތަކެއް ނިންމާފައިވާނެ ކަމަށެވެ. އެގޮތުން ސަރުކާރު އައި އިރު ކޮމާޝަލް ބޭންކްތައް މެދުވެރިކޮށް މެނޭޖްކުރާ ލޯންތަކާއި، ކޮމިޝަން ނެގުމުގެ ކަންކަމުގައި އަމަލުކުރަމުން ދިޔައީ ގަބޫލުކުރެވޭ ސިޔާސަތެއް ނޫން ކަމުން، 2019 ވަނަ އަހަރު އެކަން ބަދަލުކުރި ކަމަށެވެ. އަދި މިހާރު ބޭންކްތަކާއި އެއްބަސްވެފައި އޮންނަ ގޮތުން ރިކަވަރ ކުރާ ފައިސާއަކުން ކޮމިޝަން ދޭގޮތަށް ބަދަލު ގެނެސްފައިވާނެ ކަމަށެވެ.

މީގެ އިތުރުން ލިޔެކިޔުންތައް ޒަމާންތަކެއް ވަންދެން ބަލަހައްޓާފައި ނުވާ އިރު، ވޯލްޑް ބޭންކުގެ ލޯންތައް ވެސް ހުރީ އެގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރު އައިސް ފުރަތަމަ ތައްޔާރުކުރި ފައިނޭންޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުމުގެ މަސައްކަތުގައި ފާހަގަކުރެވުނީ އެއްވެސް އިރެއްގައި ފައިނޭންޝަލް ސްޓޭޓްމަންޓްތަކުގައި ފަންޑުގެ ތަފްސީލު އެއްވެސް ވަރަކަށް ހިމަނާފައި ނެތް ކަމާއި، އެހެންކަމުން މިކަންކަން ހައްލުކުރަން އުނދަގޫވާ ކަމަށް ޒަބީހު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގާސިމަށް ކޮށްފައިވަނީ ބާތިލް ދައުވާއެއް، ދައުވާ އަނބުރާ ގެންދަންޖެހޭ: ވަކީލުން

12 އެޕްރީލު 2017
ގާސިމަށް ކޮށްފައިވަނީ ބާތިލް ދައުވާއެއް، ދައުވާ އަނބުރާ ގެންދަންޖެހޭ: ވަކީލުން
06 އެޕްރީލު 2017

ގާސިމްގެ މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލައިފި

06 އެޕްރީލު 2017
ގާސިމްގެ މައްސަލަ އަނބުރާ ޕޮލިހަށް ފޮނުވާލައިފި
03 އެޕްރީލު 2017

ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ

03 އެޕްރީލު 2017
ކަނޑާލި އިނާޔަތްތައް އަނބުރާ މަޚުލޫފަށް ދޭން ޖެހިއްޖެ
29 މާރިޗު 2017

ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް އަނބުރާ ޖަލަށް ގެންގޮސްފި
29 މާރިޗު 2017

ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި

29 މާރިޗު 2017
ކާނަލް ނާޒިމް ކަރެކްޝަންގެ އަނބުރާ ޖަލަށް ގެންގޮސްފި
28 ފެބުރުއަރީ 2017

ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި

28 ފެބުރުއަރީ 2017
ވިއްކާ ބިންތައް އަނބުރާ ހޯދަން އެމްޑީޕީން ގަރާރެއް ފާސްކޮށްފި
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް