Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭސީ މިލާން

އެއްބަސްވުމާ ގުޅޭ ގޮތުން ޖިރޫޑް، އޭސީ މިލާނާއެކު މަޝްވަރާކުރަނީ

ޖިރޫޑް ބުނީ މަޝްވަރާތައް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، އޭނާގެ ކެރިއަރު ނިންމާލަން ބޭނުންވަނީ އޭސީ މިލާނުން ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖެނުއަރީ 2023 | ބުދަ 02:34
އޭސީ މިލާނަށް ކުޅެމުން އަންނަ ޖިރޫޑް

އޭސީ މިލާނަށް ކުޅެމުން އަންނަ ޖިރޫޑް

އިޓާލިއަން ލީގުގެ އޭސީ މިލާނަށް ކުޅެމުން އަންނަ އޮލީވިއޭ ޖިރޫޑުގެ އެއްބަސްވުން އައު ކުރުމާ ގުޅޭ ގޮތުން އެ ކުލަބާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ބުނެފި އެވެ.

އުމުރުން 36 އަހަރުގެ ފޯވާޑް އޭސީ މިލާނަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ޗެލްސީ ދޫކޮށް ޖިރޫޑް އޭސީ މިލާނަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެހެންކަމުން ޖިރޫޑް ބޭނުންވަނީ އޭސީ މިލާނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށެވެ.

އައު އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޖިރޫޑް ބުނީ އޭނާ ބޭނުންވަނީ ކުލަބުގައި މަޑުކުރަން ކަމަށެވެ. އޭނާ ބުނީ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން ބޭނުންވާ ކަމަށާއި، އެކަމުގެ މަޝްވަރާތައް އަންނަނީ ކުލަބާއެކު ކުރެވެމުން ކަމަށެވެ. މީގެ އިތުރުން ޖިރޫޑް ބުނީ މަޝްވަރާތައް ކުރިއަށް ދަނީ ވަރަށް ރަނގަޅަށް ކަމަށާއި، އޭނާގެ ކެރިއަރު ނިންމާލަން ބޭނުންވަނީ އޭސީ މިލާނުން ކަމަށެވެ. ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އޭސީ މިލާނުން ވެސް ބޭނުންވަނީ ޖިރޫޑު ކުލަބުގައި ބަހައްޓަން ކަމަށާއި، އެހެންކަމުން އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަކީ ގާތް ކަމެއް ކަމަށެވެ.

އޭސީ މިލާނަށް ބަދަލުވެ ޖިރޫޑް ވަނީ މިހާތަނަށް އެ ކުލަބަށް ކުޅެދިން 62 މެޗުގައި 23 ލަނޑު ޖަހައިފަ އެވެ. އޭނާ ވަނީ އެ ކުލަބާއެކު 22-2021 ވަނަ ސީޒަންގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ. ފްރާންސްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޖިރޫޑް އަންނަނީ މިހާރު ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. މިދިޔަ އަހަރު ޤަތަރުގައި ނިމުނު ވޯލްޑް ކަޕްގައި އޭނާ ވަނީ ފްރާންސްގެ ތިއެރީ އޮންރީ ހަދާފައިވާ ރެކޯޑެއް ވެސް މުގުރާލާފަ އެވެ. އެއީ ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑެވެ. ޖިރޫޑް ވަނީ ޤައުމީ ޓީމަށް ކުޅެދިން 120 މެޗުގައި 53 ލަނޑު ޖަހައިފަ އެވެ.

އިތުރަށް ކިޔާލަން

11 މެއި 2017

ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ

11 މެއި 2017
ބޫޓާން މެޗަށް ތައްޔާރުވުމުގެ ގޮތުން އަފްޣާނާ ދެކޮޅަށް ރާއްޖެ ނުކުންނަނީ
02 މެއި 2017

އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް

02 މެއި 2017
އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް
11 މާރިޗު 2017

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް
20 ފެބުރުއަރީ 2017

މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ

20 ފެބުރުއަރީ 2017
 މޯހަން ބަގާން ގެންގުޅޭ އުކުޅު އެނގޭ، މެޗުން މޮޅުވެވޭނެ: ފެސްކޯ
14 ފެބުރުއަރީ 2017

އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް

14 ފެބުރުއަރީ 2017
އިޓާލިއަން ސެރީއޭ: ލާޒިއޯއާ އެއްވަރުކޮށް އޭސީ މިލާން ހަތްވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު