Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ލީގު

ލާޒިއޯ އިން ފަހު ވަގުތު އޭސީ މިލާން ބަލިކޮށްފި

މޮޅާއެކު ލީގު ތާވަލްގެ ހަތަރު ވަނައިގައި ލާާޒިއޯ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 27 މެޗުން 50 ޕޮއިންޓާ އެކު އެވެ. ލާޒިއޯ އަތުން ބަލިވި އޭސީ މިލާން އޮތީ 27 މެޗުން 41 ޕޮއިންޓާ އެކު ނުވަ ވަަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މާރިޗު 2025 | ހޯމަ 06:58
މެޗުގައި ލާޒިއޯ އަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު ޕެޑްރޯ އުފާ ފާޅު ކުރަނީ

މެޗުގައި ލާޒިއޯ އަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރުމަށްފަހު ޕެޑްރޯ އުފާ ފާޅު ކުރަނީ

އިޓާލިއަން ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލާޒިއޯ އިން ލީގު ތާވަލްގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

އޭސީ މިލާންގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ލާޒިއޯ އިން ވަނީ 2-1 އިން އެ ޓީމުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ލާޒިއޯ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އޭސީ މިލާނުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ލާޒިއޯ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ލާޒިއޯ އަށް ލީޑު ނަގައިދިނީ މަތިއާ ޒަކަގްނީ އެވެ. މެޗުގައި ނަތީޖާ ހަމަހަމަ ކުރުމަށް އޭސީ މިލާނުން މަސައްކަތް ކުރަމުން ދަނިކޮށް، އެ ޓީމުގެ ސްޓަހިންޖާ ޕަވްލޮވިޗް އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

އޭސީ މިލާނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. ރަފައެލް ލިއާއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭސީ މިލާނަށް އެ ލަނޑު ޖަހައިދިނީ ސަމުއެލް ޗުކުވޭޒީ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލާޒިއޯ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، މެެޗުން އެ ޓީމު މޮޅުކޮށްދިނީ ޕެޑްރޯ އެވެ.

މޮޅާއެކު ލީގު ތާވަލްގެ ހަތަރު ވަނައިގައި ލާާޒިއޯ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 27 މެޗުން 50 ޕޮއިންޓާ އެކު އެވެ. ލާޒިއޯ އަތުން ބަލިވި އޭސީ މިލާން އޮތީ 27 މެޗުން 41 ޕޮއިންޓާ އެކު ނުވަ ވަަނައިގަ އެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
25 ޖެނުއަރީ 2017

ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ

25 ޖެނުއަރީ 2017
ލެސްޓާ ދޫކޮށްލުމަށްފަހު ހެނާންޑޭޒް މަލާގާއާ ގުޅިއްޖެ
23 ޖެނުއަރީ 2017

އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި

23 ޖެނުއަރީ 2017
އެންމެ ފަހުން ޑިޕޭ ލިޔޯން އަށް ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު