Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޓާލިއަން ކަޕް

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

މީގެ ކުރިން ބޮލީނިއާއިން އިޓާލިއަން ކަޕް ކާމިޔާބު ކޮށްފައި ވަނީ މީގެ 51 އަހަރު ކުރިން 1974 ވަނަ އަހަރުގައެވެ.

ބޮލޯނިއާ އަށް ވަނީ އަންނަ ސީޒަންގެ ޔޫރޮޕާ ލީގުން ޖާގަ ލިބިފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 މެއި 2025 | ބުރާސްފަތި 08:04
އިޓާލިއަން ކަޕްގެ ކާމިޔާބީއަށް ފަހު ބޮލޯނިއާ ޓީމު ކުޅުންތެރިން އުފާފާޅުކުރަނީ. މިއީ އެޓީމުން މި މުބާރާތް ކާމިޔާކުރި ތިންވަނަ ފަހަރު

އިޓާލިއަން ކަޕްގެ ކާމިޔާބީއަށް ފަހު ބޮލޯނިއާ ޓީމު ކުޅުންތެރިން އުފާފާޅުކުރަނީ. މިއީ އެޓީމުން މި މުބާރާތް ކާމިޔާކުރި ތިންވަނަ ފަހަރު

އޭސީ މިލާން ބަލިކޮށް އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ބޮލީނިއާއި އިން ހޯދައިފިއެވެ.

ބޮލޯނިއާއިން އިޓާލިއަން ކަޕް ކާމިޔާބު ކުރީ ބުދަ ދުވަހުގެ ރޭ ކުޅުނު ފައިނަލުގައި 1-0 ގެ ނަތީޖާއިން އޭސީ މިލާން ބަލިކޮށް ގެންނެވެ.

ރޭގެ ފައިނަލް މެޗު ކާމިޔާކޮށް ބޮލޯނިއާއިން އިޓާލިއަން ލީގުކަޕް ކާމިޔާބު ކުރިއިރު، މިއީ އެޓީމުން މި ތަށި ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން ބޮލީނިއާއިން އިޓާލިއަން ކަޕް ކާމިޔާބު ކޮށްފައި ވަނީ މީގެ 51 އަހަރު ކުރިން 1974 ވަނަ އަހަރުގައެވެ. އެޓީމުން ފުރަތަމަ ފަހަރަށް އިޓާލިއަން ކަޕް ކާމިޔާބު ކޮށްފައި ވަނީ 1970 ގައެވެ.

މި މެޗުން ބަލިވި މިލާން އިން ވަނީ މި ތަށި ފަސްފަހަރު ކާމިޔާބު ކޮށްފައެވެ. އެޓީމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ 2003 ވަނަ އަހަރެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިއަ މި މެޗުގެ ހަމައެކަނި ލަނޑު، ދެ ވަނަ ހާފުގެ އަށް ވަނަ މިނިޓުގައި ޖަހައިދިނީ ބޮލޯނިއާގެ ސްވިޒަލެންޑް ފޯވާޑް ޑޭން އެންޑޯޔޭ އެވެ.

މި ނަތީޖާއާ އެކު، ބޮލޯނިއާ އަށް ވަނީ އަންނަ ސީޒަންގެ ޔޫރޮޕާ ލީގުން ޖާގަ ލިބިފަ އެވެ. އެ ޓީމު މިވަގުތު އޮތީ އިޓާލިއަން ލީގުގެ ހަތް ވަނައިގަ އެވެ. އަދި މިލާން އޮތީ އަށް ވަނައިގަ އެވެ.

މި މެޗަށް ފަހު މީޑިއާއާއި ވާހަދައްކަމުން ބޮލޯނިއާގެ ކޯޗު ވިންސެންޒޯ އިޓާލިއާނޯ ބުނީ މިއީ ލިބުނު ބޮޑު އުފަލެއް ކަމަށާއި މި މެޗުން މޮޅުވެވޭނޭ ކަމަށް އެންމެ ފަހުވަގުތާއި ޖެހެންދެންވެސް އުންމީދު ނުކުރާ ކަމަށެވެ. ނަމަވެސް ނަސީބު ރަނގަޅު ވުމުން މޮޅުވީ ކަމަށް ވެސް އޭނާ ބުންޏެވެ.

އިޓާލިއާނޯ ބޮލޯނިއާގެ ކޯޗުކަމާއި ހަވާލުވީ މި އަހަރުގެ ޖޫން މަހުގައެވެ. އޭގެ ކުރިން އޭނާ ކޯޗުކަން ކޮށްދީފައިވަނީ ފޮއިރެންޓީނާއަށެވެ.

އޭސީ މިލާންބޮލޮގްނާއިޓާލިއަން ކަޕް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
26 ފެބުރުއަރީ 2025

ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް

26 ފެބުރުއަރީ 2025
ލާޒިއޯ ބަލިކޮށް، އިންޓަރ މިލާން ސެމީ ފައިނަލަށް
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
05 ފެބުރުއަރީ 2025

އެޓަލަންޓާ ބަލިކޮށް، ބޮލޮގްނާ ސެމީ ފައިނަލަށް

05 ފެބުރުއަރީ 2025
އެޓަލަންޓާ ބަލިކޮށް، ބޮލޮގްނާ ސެމީ ފައިނަލަށް
07 ޑިސެމްބަރު 2024

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު