Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޕޯޓް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

ހިސާންއާ ތުޅާދޫން ދިމާކުރުމުގެ ފަހަތުގައި އެމްޑީޕީގެ ބައެއް ހިމެނޭ ކަމުގެ ތުހުމަތު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2023 | އާދީއްތަ 17:31
ޤާނޫނީ ވަކީލް ހިސާން މީޑިއާތަކަށް އިންޓަވިއު ދެއްވަނީ

ޤާނޫނީ ވަކީލް ހިސާން މީޑިއާތަކަށް އިންޓަވިއު ދެއްވަނީ

އެއީ ރައީސް ނަޝީދު ވިދާޅުވާހެން ރައީސް ޔާމީންގެ ސަރުކާރުގައި "ހަވާ ފަޓާސް ބަރިއެއްހެން" ބޭއްވި ޝަރީއަތްތަކަކުން އެމަނިކުފާނަށް ދިގު ހުކުމެއްކޮށް ޖަލަށްލި ދުވަސްވަރެވެ. އެމަނިކުފާނު ޖަލަށްލީތީ އެމަނިކުފާނަށް ތާއީދުކުރާ އެމްޑީޕީ މެމްބަރުން ދުވާލު ދެދަޅައަށް މުޒާހަރާކޮށް އިހުތިޖާޖް ކުރި ދުވަސްވަރެވެ.

އޭރު އެންމެ ބުރަކޮށް އުޅުއްވި އެއްބަޔަކީ ރައީސް ނަޝީދުގެ ޤާނޫނީ ޓީމެވެ. އެމަނިކުފާނުގެ ވަކީލުންނެވެ. އެބޭފުޅުން އުޅުއްވީ މުޅިންހެން ކަހަލަ ގޮތަކަށް ކޯޓުތަކުގައެވެ. ނޫންނަމަ މާފުށީ ޖަލުގައެވެ. ނުވިތާކަށް ރާއްޖެއަށާއި މުޅި ދުނިޔެއަށް އެމަނިކުފާނާއި، އެމަނިކުފާނަށްކުރި ޝަރީއަތާއި ހުކުމުގެވާހަކަ ކިޔައިދިނުމުގައެވެ.

އޭގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މިހާރުގެ މެމްބަރު ހިސާން ހުސައިންއެވެ. ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ހިސާން އުޅުއްވީ އެންމެ އިސްއެއްވަކީލުގެ ގޮތުގައެވެ. އޭރު ދުވާލެއްގެ މައްޗަށް ހިސާންގެ އިންޓަވިއުއެއް ލައިވްކޮށް ނުފެންނަ ދުވަހެއް ނުދެއެވެ. ރޭވެއްޖިއްޔާވެސް ކޮންމެވެސް ޓީވީއެއްގެ ލައިވް ޕްރޮގްރާމެއްގައެވެ. ރައީސް ނަޝީދުގެ ދިފާއީ ކަންކަން ކުރަމުންދާ ގޮތުގެ ވާހަކަ ދެއްކެވުމުގައެވެ. ހިސާންގެ އިންޓަރވިއުތަކާއި ދެއްވާ މައުލޫމާތުން އެނގޭ އެއްކަމަކީ ރައީސް ނަޝީދު މިނިވަން ކުރުމަށްޓަކައި ޤާނޫނީގޮތުން އެޓީމުން ކުރަމުންދާ މަސައްކަތެވެ. އެކަމުގެ ބުރަކަމާއި އުފުލަން ޖެހިފައިވާ ތަކުލީފެވެ. ތިންބާރުގެ ބާރުވެރިކަން ރައީސް ޔާމީނަށް ލިބިފައިއޮވެ ކުރާ ކަންތައްތަކުގެ ބިރުވެރިކަމެވެ. އެހުރިހާ ކަމަކަށްވުރެވެސް ފާހަގަ ކޮށްލެވޭ މުޅިން އެހެން ކަމެއް އެބައޮތެވެ.

އެއީ ހިސާންގެ ދެދަރިކަލުންވެސް ވިހެއީ އެބިރުވެރިކަމުގެ ތެރޭގައެވެ. ރައީސް ނަޝީދު ފަރަތަމަ ޖަލަށްލިއިރު ކިހިއްޔަށް ފައިލްތައް ޖައްސަވައިގެން ކޯޓުތަކަށާއި މާފުށީ ޖަލަށް ގޮސްއުޅުއްވިއިރު އިންނެވީ ފުރަތަމަ ދަރިފުޅަށް ބަލިވެއެވެ. ރައީސް ނަޝީދުގެ ޤާނޫނީ ކަމެއްގައި ފިރިކަލުންގެ ރަށުގައި އުޅުއްވަނިކޮށް ފުލުހުންއެޅި ހުރަހުގެ ތެރެއިން ވެއްޓި ބަނޑަށް އެންމެ  7 މަހުގައި ދުވަސް ނުފުރާ ފުރަތަމަ ދަރިފުޅު ވިހަން ޖެހުނެވެ.  ދެމައިންގެ ފުރާނަ ސަލާމަތްވީ ހަމަކިރިޔާއެވެ.  އެއަށްފަހު ދެންއައީ ހިސާންގެ ދެވަނަ ދަރިފުޅެވެ. އިއްތިފާގުން ދެވަނަ ދަރިފުޅަށް ބަލިވެއިނުމާ ރައީސް ނަޝީދު ޓެރަރިޒަމްގެ ދައުވާގައި ދެވަނަފަހަރަށް ޖަލަށްލުމާ ދިމާވިއެވެ. މިފަހަރުވެސް ބަނޑަށް އެންމެ ތިންމަހުން ފެށިގެން ވިހެއުމާ ހަމައަށް ހިސާން އުޅުއްވީ އެހެން ވަކީލުންނެކޭ އެއްފަދައިން ރައީސް ނަޝީދު ސަލާމަތް ކުރުމުގައެވެ. ކޯޓުތަކަށް ހިނގުމުގައެވެ. ގަދަ ކަނޑުގައި ދަތުރުކޮށް މާފުށީ ޖަލަށް ދިއުމުގައެވެ. އެހާލުގައި ހުރިނަމަވެސް ހިނގަހިނގާ ހުއްޓާވެސް ހައްޔަރު ކޮށްފާނެ ކަމަށް އޭރުގެ ސަރުކާރުގެ ތެރެއިން ލިބެމުންދިޔަ އިންޒާރަށްވެސް ބެލުމެއްނެތިއެވެ. އެވަރުންވެސް ހިސާން އެމަސައްކަތަކާ ދުރަކަށް ނުދިޔައެވެ. އަދި ދެވަނަ ދަރިފުޅު ވިހޭތާ ބަރާބަރު 1 މަސް ދުވަސް ފުރުނީ ރައީސް ނަޝީދުގެ ޤާނޫނީ ޓީމާއެކު އެމަސައްކަތުގައި މާފުށީ ޖަލުގައި ހުންނަވަނިކޮށެވެ.

އެދުވަސްތައް މާޒީވީއެވެ. އޭރު އެކުރެވުނު ކަމެއް ކުރެވި ދިޔައީއެވެ. އޭގެ މާގިނަ ދުވަސްތަކެއް އަދިނުވެއެވެ. އެކަންކަން ހަނދާނުން ފުހެވޭހާވެސް ދުވަހެއް ނުވެއެވެ. ހިސާންއަށް މިއަދު ކުރިމަތިލާން އެޖެހުނީ މާހިތްދަތި ވަގުތުކޮޅަކާއެވެ. ހިސާންގެ ދާއިރާއިން ހިސާންގެ އާއިލީ ރަށެއްގައި ބަޔަކު ކުރި ފުރައްސާރަޔާއެވެ. ހައްޓަށް ނުރައްކާވާ ހިސާބަށް ކަންކަން ގެންދިއުމެވެ. ހަމަގައިމުވެސް އެންމެން ދަންނަ ހިސާންއަކީ އެފަދަ ކަމަކުން ބިރެއްގަނެ ފަހަށް ޖެހޭނެ މީހެއް ނޫނެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ދިހަވަރަކަށް މީހުން ނުކުމެ ހިސާންއާ ދިމާކުރުން އެއީ ހިސާންއަށް ކަމަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ހިސާންވެސް ނިސްބަތްވާ އެމްޑީޕީގެ މަދު ބަޔަކު އެކަމުގެ އަޑީގައި ތިބުމަކީ ކޮންމެ މީހަކަށްވެސް އަސަރުކުރާނެ ކަމެކެވެ. ރައީސް ޔާމީން މީގެ ކުރިން ޖަލުގައި އޮންނެވިއިރުވެސް ރަށަށް ވަޑައިގަންނަވާ އެންމެ ފަހަރަކުވެސް ޕީޕީއެމްގެ މީހަކު އަދި ރައީސް ޔާމީންގެ ސަޕޯޓަރަކުވެސް ހިސާންއަށް ސުއްބުވެސް ނުބުނާއިރު މިއަދު އެކަމެއް ހިނގައި ދިޔައީ އަމިއްލަ ޕާޓީގެ ބައެއްގެ ރޭވުމާއެކުގައެވެ. ވަކި މީހަކު ބާކީކޮށްލީ ކަމަށާއި އެމީހަކާ ދުރަށް ދިޔައީކަމަށް ބުނެ އެއްވި ޕީޕީއެމްމީހުންގެ ތެރެއިން އެހެން ގޮވާވެސް ނެގީއެވެ. އެމީހުން މީގެކުރިން އެންމެ ރުޅިއަރާ އެބުނާ މީހެއްގެ ހައްގުގައި އެމީހުން ނުކުމެ ހިސާންއާ ދިމާކޮށްފައެއް ނުވެއެވެ. އެކަމަކު ހިސާބުގަނޑުގައިތިބި މައިން ދަރިންނާ ކުޑަކުދިންނަށް ލޯހުޅުވާލަން ނުކެރޭ ޒާތުގެ ބަސްމަގާއި އަވަގުރާނަ ގޮވުމުގެ އިތުރުން މިއަދު ދުނިޔޭގައިވެސްނެތް ހިސާންގެ ލޮބުވެތި ބައްޕަގެ ނަންވެސް ބޭނުންކޮށް އެގޮވަމުންދިޔަ ގޮވެލިފަތި ނުހަނު ހިތްދައްޗެވެ. އެކަމަށް ހިތްވަރުދީ ރަށުން ބަޔަކު ބައިވެރިކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ރަށުގެ ލޭ ހިނގާ މިތުރުން އެއަވައިގާޖެހި އެކަމުގައި ބައިވެރިވެސްވީއެވެ.

އެކަމަކު ހިސާންގެ ބައެއް ގާތް މީހުން ބުނާ ގޮތުގައި ހިސާންގެ ހިތްސާފެވެ. އަދި މަދު ބަޔަކު ބޭނުންކޮށްގެން ބަޔަކު ހިންގި އެކަމަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. އަދި އެންމެ ދިހަވަރަކަށް މީހުންގެ ކިބައިން ހިސާން ހިމާޔަތްކުރުމުގައި ހިސާން ވަށާލައިގެން އުޅުނު މީހުންނަކީވެސް ހިސާންއާ ދެކޮޅަށް ނުކުތް ބައެއްކަމަށް ދައްކަން ސޯޝަލް މީޑިއާގައި ޕޯސްޓްތައް ހިންގި އަމިއްލަ ޕާޓީގެ މީހުންނާމެދުވެސް ހިސާންގެ އެއްވެސް ހިތްބުރަކަމެއް ނޯންނާނެއެވެ. އެކަމަކު މިއަދު ވިސްނާލަން ޖެހޭ ކަމެއް އެބައޮތެވެ. "ވަކިމީހަކަށް ތާއީދު ނުކޮށް އަދި ވަކިމީހަކަށް ތާއީދު ކުރާ ކޮންމެ މީހަކަށް މިވަރު ކުރާންވެއްޖެނަމަ އިންސާފާއި ހަމަހަމަކަމާ، ޑިމޮކްރަސީގެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތް" ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްއެމްއޭ އަށް  ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވެން ނެތީތަ؟ ޤާބިލްކަން ނެތީތަ؟

އެމްއެމްއޭ އަށް ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވެން ނެތީތަ؟ ޤާބިލްކަން ނެތީތަ؟

01 އޮކްޓޯބަރު 2024
ދެ ދަރިންނާއެކު ގެއިން ނެރެ އެއްލާލީ، އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތީތަ؟

ދެ ދަރިންނާއެކު ގެއިން ނެރެ އެއްލާލީ، އިންސާނިއްޔަތު ކަމުގެ ކަންފުޅެއްވެސް ނެތީތަ؟

09 އެޕްރީލު 2023
ޑޮލަރުގެ ކަޅު ބާޒާރުގެ ވާހަކަދައްކާ ބަޔަކު ނެތީތަ؟

ޑޮލަރުގެ ކަޅު ބާޒާރުގެ ވާހަކަދައްކާ ބަޔަކު ނެތީތަ؟

06 އޯގަސްޓު 2021
ބިދޭސީންގެ މައްސަލަ ހައްލުކުރާހާ ހިތްވަރު ނެތީތަ؟

ބިދޭސީންގެ މައްސަލަ ހައްލުކުރާހާ ހިތްވަރު ނެތީތަ؟

11 މެއި 2019
މި ރައްޔިތުންނަށް އެހެން ގޮތެއް ނެތީތަ؟

މި ރައްޔިތުންނަށް އެހެން ގޮތެއް ނެތީތަ؟

01 މާރިޗު 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު