Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއެމްޑީޕީގެ ކުއްލި އެއްވުން

14 ރޭގެ ފޯރިގަދަ މުޒާހަރާ - ވަރުބަލިކަމެއް ފަހަތަށް ޖެހުމެއް ނެތް

20 މާރިޗު 2025 | ބުރާސްފަތި 15:43

މަޖިލިސް މެމްބަރުންނާއި ޤައުމީ މަޖިލިސް މެމްބަރުން އެމްޑީޕީގެ ސިލްސިލާ މުޒާހަރާތަކުގައި ދިން މެސެޖަކީ ސަރުކާރު ހޭލަން ވެއްޖެކަމެވެ. ދެން އާއްމުން މަޑުން ނުތިބޭނެކަމެވެ. ސަރުކާރަށް އަޑު ނީވޭނަމަ ރައްޔިތުންގެ އަޑުވާނީ ގަދަކަމެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 20 މާރިޗު 2025 | ބުރާސްފަތި 15:43
ފްލެޓް އަތުލައިފައިވާތީ އެ ހައްޤު ހޯދުމަށް އަޑު އުފުލުމަށް އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ ކުއްލި އެއްވުމުގެ ތެރެއިން

ފްލެޓް އަތުލައިފައިވާތީ އެ ހައްޤު ހޯދުމަށް އަޑު އުފުލުމަށް އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ ކުއްލި އެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޢަމަލުތައް ހުރި ގޮތުން އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ކޮށް 19 މާރޗް ވަނަ ދުވަހު މުޒާހަރާތައް މެދުކަނޑާލީ، 14 ރޭ މެދު ނުކެނޑި ކުރި ފޯރިގަދަ މުޒާހަރާތަކަށް ފަހުގައެވެ.

2025 މާރިޗު 7 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ (އެމް.ޑީ.ޕީ) ފަރާތުން މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތައް ވެގެން ދިޔައީ ސަރުކާރު ކައްކުވާލި މުޒަހަރާތަކަށެވެ. އެ ހިސާބުން ފުލުހުން މެދުވެރިކޮށް ހާލަތާއި ނުބައްދަލު މިންވަރަށް ބާރުގެ ބޭނުންކޮށް، ޕެޕަރ ސްޕްރޭ ޖެހުން ފަދަ އެތައް ކަމެއް މި މުޒާހަރާތަކުން ފެނުނެވެ.

އެމްޑީޕީން މުޒާހަރާއަށް ނުކުމެފައިވަނީ ސަރުކާރުން ރައްޔިތުން ބިކަކުރަމުންދާތީ އެކަމާއި ދެކޮޅަށް އަޑު އުފުލުމަށެވެ. ރައްޔިތުން ނުރުހުން ފާޅުކުރަމުން ދިޔައީ އަސާސީ ހައްގުތަކުން މަހުރޫމް ކުރަމުންދާ ކަމަށް ބުނެއެވެ. މީގެ އިތުރުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިތުރުވެ، ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމަށް އެކި ސިނާއާތްތަކުގައި މަސައްކަތްކުރަމުންދާ އާއްމުން އައީ ބުނަމުންނެވެ.

ގޯތިތަކުގެ މައްސަލަ އާއި ޓެކްސީ ޑްރައިވަރުންގެ ވާހަކަ އާއި ވިޔަފާރިވެރިންގެ ވާހަކައިން ވެސް ފެނުނީ އުދާސްކަމެވެ. މަޖިލިސް މެމްބަރުންނާއި ކުރީގެ މެމްބަރުންގެ ވާހަކަތަކުން ވެސް އިވުނީ ސަރުކާރާއި މެދު މާޔޫސްވެ އުދާސްވެފައިވާ މިންވަރުގެ ވާހަކައެވެ.

އެއްގޮތުން ނުވިއްޔާ އަނެއްގޮތުން މުޒާހަރާތައް ހުއްޓުވޭތޯ ބެލިއެވެ. މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުލުހުންނާއި ސިފައިން ގުޅިގެން ގައުމީ ސަލާމަތާއި ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއް މާލޭގައި ފަށާ ބޮޑު އޮޕަރޭޝަނެއް ހިންގި އިރު އެކަންވީ ބޮޑު ސައިބޯނި ބޮތްކަކަށެވެ. ދެން ފެނުނީ ކަނބަލުންނައް މުޒާހަރާތަކުގައި އަނިޔާކޮށް އެ ކަނބަލުންނާއި އެމްޑީޕީގެ އެހެން މީހުން ޕޮލިހަށް ގެންދަން ޗިޓް ފޮނުވި މަންޒަރެވެ.

އިހުތިޖާޖު ކުރިޔަ ނުދިނުމަށް އެމްޑީޕީ ހަރުގެ ސަރަހައްދު ދެ ފަރާތުން ބެރިކޭޑް ޖަހާ ބަންދު ކުރުމާއި ކަނބަލުންނަށް އަނިޔާކުރުން ފަދަ ނެއެއްގާނީ އެތައް ކަމަކުން ވެސް މުޒާހަރާގެ ބައިވެރިން ފަހަތަކަށް ނުޖެއްސުނެވެ.

އެތައް ކަނބަލުންނެއް ފުލުހަށް ދަމަން ފެށުމުން އެކަމާއި ކެތް ނުކުރެއްވިގެން ޕާޓީގެ ނައިބު ރައީސް ހިސާން ވެސް މުޒާހަރާ އަށް ނުކުމެވަޑައިގެން އާއްމުންނަށް ހިތްވަރުދެއްވިއެވެ. އެމްޑީޕީގެ ކަނބަލުންނަކީ ކަށިން ހިތްވަރު ނެރެގެން އަނިޔާ އާއި ދެކޮޅަށް ނުކުމެ އަޑު އުފުލާ ބައެއްކަން ހިސާން ހަނދާންކޮށްދެއްވީ 16 މާރޗް 2025ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ވާހަކަދައްކަވަމުންނެވެ. އެމްޑީޕީގެ އަންހެނުން ފަހަތަށް މީގެ ކުރިން ވެސް ނުޖެއްސޭ ކަމާއި ކުރިއަށް އޮތްތަނުގައި ވެސް އެ ކަން ނުކުރެވޭނެކަން އެ ދުވަހު ހިސާން ހަނދާންކޮށްދެއްވިއެވެ.

މުޒާހަރާ ކުރާތީ ޗިޓު ފޮނުވައިގެން އެތައް ބަޔަކު ފުލުހަށް ހާޒިރުކޮށްފިއެވެ. ބައެއް މީހުން ދެ ތިން ފަހަރު ހާޒިކޮށްފިއެވެ. އެގޮތުން ހާޒިރު ކުރި މީހުންނަކީ

  • މުހައްމަދު ރާއީ
  • މޫސާ އަލިމަނިކު (މޫކޭ)
  • މުހައްމަދު ޝާމިން (ޓެކްސީ ޑްރައިވަރު)
  • އަހުމަދު ސަލީމް (މާޒް ސަލީމް)
  • މަރިޔަމް ޒުބައިރު (މަންދި)
  • ފާތިމަތު ޝިއުނާ
  • ޚަދީޖާ މުހައްމަދު
  • ރީޝާ އަހުމަދު
  • އާއިޝަތު ނަޖުދާ އަލީ
  • ⁠އިބްރާހިމް އަބްދުﷲ
  • އާދަމް މުހައްމަދުމަނިކު (ފުނަމާ)
  • އަހުމަދު މައިމޫން މުހައްމަދު
  • ފާތިމަތް ނަސްރީނާ އެވެ.

މަޖިލިސް މެމްބަރުންނާއި ޤައުމީ މަޖިލިސް މެމްބަރުން މި މުޒާހަރާތަކުގައި ދިން މެސެޖަކީ ސަރުކާރު ހޭލަން ވެއްޖެކަމެވެ. ދެން އާއްމުން މަޑުން ނުތިބޭނެކަމެވެ. ސަރުކާރަށް އަޑު ނީވޭނަމަ ރައްޔިތުންގެ އަޑުވާނީ ގަދަކަމެވެ.  

ރޯދަ މަހުގެ ފަހު 10ކަށް މުޒާހަރާ މެދުކަނޑާލި އެއް ކަމަކަު އެމްޑީޕީން ބުނާ ގޮތުން މިއީ ނިމުމެއް ނޫނެވެ. މުޒާހަރާތަކުގެ އަޑު ހަރުކޮށް މުޅި ރާއްޖޭގައި މުޒާހަރާތައް ކުރާނެ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ. އެ ޕާޓީން ބުނާ ގޮތުން ދެން ދާނީ ކުރިއަށް ކުރިއަށް ބާރަށް ކުރިއަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2019

މި ސަރުކާރަށްވެސް މުޒާހަރާކުރުމާއި، އެއްވެއުޅުން ގޯސްވީތަ؟

27 އޮކްޓޯބަރު 2019
މި ސަރުކާރަށްވެސް މުޒާހަރާކުރުމާއި، އެއްވެއުޅުން ގޯސްވީތަ؟
01 ފެބުރުއަރީ 2019

މަޝްރޫއުތަކުގެ އެގްރިމެންޓެއް ނެތްކަން އެނގުނީ މުޒާހަރާއިން!

01 ފެބުރުއަރީ 2019
މަޝްރޫއުތަކުގެ އެގްރިމެންޓެއް ނެތްކަން އެނގުނީ މުޒާހަރާއިން!
02 އޮކްޓޯބަރު 2018

މިހާރު މުޒާހަރާކުރަން 'އޯކޭ'!

02 އޮކްޓޯބަރު 2018
މިހާރު މުޒާހަރާކުރަން 'އޯކޭ'!
27 ޖޫން 2018

ޝެއިހް އިމްރާން ފަހަތަށް ފިޔަވަޅެއް ނާޅުއްވާ! އަނިޔާވެރިންގެ ހަން ބޯވާނެ!

27 ޖޫން 2018
ޝެއިހް އިމްރާން ފަހަތަށް ފިޔަވަޅެއް ނާޅުއްވާ! އަނިޔާވެރިންގެ ހަން ބޯވާނެ!
07 ޖެނުއަރީ 2018

އިރާނުގެ މުޒާހަރާތަކަށް ނަޒަރެއް!

07 ޖެނުއަރީ 2018
އިރާނުގެ މުޒާހަރާތަކަށް ނަޒަރެއް!
01 ޖެނުއަރީ 2018

އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން

01 ޖެނުއަރީ 2018
އާއަހަރުގެ ދެ ޝޯވެސް ފޯރިގަދަ، ޝޯ ނިމުނުއިރު ފާޑުކިޔުން
19 އޮކްޓޯބަރު 2017

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ

19 އޮކްޓޯބަރު 2017
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަދަ ހިފުމަކަށް، ޥޯޓްލުން މާދަމާ
23 ސެޕްޓެމްބަރު 2017

އެންމެ ފަހުން ސަރަހައްދީ ލެވެލްގައިވެސް ރާއްޖޭ ފުޓުބޯޅަ ފަހަތަށް؟

23 ސެޕްޓެމްބަރު 2017
އެންމެ ފަހުން ސަރަހައްދީ ލެވެލްގައިވެސް ރާއްޖޭ ފުޓުބޯޅަ ފަހަތަށް؟
19 ޖޫން 2017

"މުޒާހަރާ" އަކަށް ނުވެ ނިމުނު މުޒާހަރާ

19 ޖޫން 2017
"މުޒާހަރާ" އަކަށް ނުވެ ނިމުނު މުޒާހަރާ
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް