Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ތޯމަސް ޓުޗެލް

ބާސެލޯނާ ނުވަތަ ރެއާލަށް ކޯޗުކަން ކޮށްދޭން ޓުޗެލް ބޭނުންވޭ

ޖަރުމަނަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ޓުޗެލް މިވަގުތު ހުރީ އެއްވެސް ވަޒީފާއެއްގައި ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ޖެނުއަރީ 2023 | އާދީއްތަ 02:43
ޗެލްސީގެ ކުރީގެ ކޯޗު ޓުޗެލް

ޗެލްސީގެ ކުރީގެ ކޯޗު ޓުޗެލް

ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ ނުވަތަ ރެއާލް މެޑްރިޑަށް ކޯޗުކަން ކޮށްދޭން ތޯމަސް ޓުޗެލް ބޭނުންވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ޖަރުމަނަށް ނިސްބަތްވާ އުމުރުން 49 އަހަރުގެ ޓުޗެލް މިވަގުތު ހުރީ އެއްވެސް ވަޒީފާއެއްގައި ނޫނެވެ. އޭނާ އެންމެ ފަހުން ހުރީ ޕްރިމިއާ ލީގުގެ ޗެލްސީގެ ކޯޗުކަމުގަ އެވެ. ނަމަވެސް މި ސީޒަންގެ ކުރީ ކޮޅު ޗެލްސީގެ ނަތީޖާ ދަށްވުމުން ކުލަބުގެ އައު ވެރިން ވަނީ ޓުޗެލް މަގާމުން ވަކިކޮށްފަ އެވެ. ޖަރުމަނު ލީގުގެ ބްރޫޝިއާ ޑޯޓްމަންޑާއި ފްރާންސް ލީގުގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ވެސް ކޯޗުކަން ކޮށްދީފައިވާ ޓުޗެލް އަކީ ކާމިޔާބު ކޯޗެކެވެ. ޔޫރަޕުގެ ފުޓުބޯޅައިގައި ޓުޗެލް ވަނީ ގިނަ ކާމިޔާބީތަކެއް ވެސް ހޯދައިފަ އެވެ.

ޖަރުމަނުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ބާސެލޯނާ އާއި ރެއާލަށް ކޯޗުކަން ކޮށްދިނުމަކީ މިވަގުތު އެއްވެސް ވަޒީފާއެއް ނެތް ޓުޗެލް ބޭނުންވާ ކަމެކެވެ. ޓުޗެލް ބޭނުންވަނީ ސްޕެއިންގެ ކުލަބެއްގައި މަސައްކަތް ކުރަން ކަމަަށާއި، އެކަމަށްޓަކައި އޭނާ މިހާރު ސްޕެއިންގެ ބަސް ދަސްކުރަމުން އަންނަ ކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފަ އެވެ. ބާސެލޯނާ އާއި ރެއާލަށް ކޯޗުކަން ކޮށްދޭން ޓުޗެލް ބޭނުންވި ނަމަވެސް، މިވަގުތު އެއީ ވުން ދުރު ކަމެކެވެ. ސަބަބަކީ ބާސެލޯނާގެ ކޯޗުކަމުގައި ޒަވީ ހެނާންޑޭޒް އަދި ރެއާލްގެ ކޯޗުކަމުގައި ކާލޯ އަންޗެލޮޓީ އަށް ދެ ކުލަބުގެ ވެރިންގެ އިތުބާރު އޮތުމުންނެވެ. ރެއާލާއެކު އަންޗެލޮޓީ ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަނަށްފަހު އެވެ. އެހެންކަމުން ޓުޗެލް ކުރަން ޖެހޭ އިންތިޒާރު ދިގުވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ސްޓަޓްބާގްގެ ޒުވާން ޓީމުން 2000 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ޓުޗެލް ވަނީ ކޯޗެއްގެ ގޮތުގައި މިހާތަނަށް 10 ތަށި ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ބްރޫޝިއާ ޑޯޓްމަންޑާއެކު ޖަރުމަނުގެ ޑީއެފްބީ ޕޯކަލް އެއް ފަހަރު، ފްރާންސްގެ ޕީއެސްޖީއާއެކު ފްރާންސް ލީގު ދެ ފަހަރު، ފްރާންސް ކަޕް އެއް ފަހަރު، ކަޕް ލީގު އެއް ފަހަރު، ޓްރޮފީ ޑީ ޗެމްޕިއަންސް ދެ ފަހަރު އަދި ޗެލްސީއާއެކު ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު، ޔުއެފާ ސުޕަ ކަޕް އެއް ފަަހަރު އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

މީގެ އިތުރުން ޓުޗެލް ވަނީ ޖަރުމަނުގެ އެންމެ މޮޅު ކޯޗުގެ އިތުރުން ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗު އަދި ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުކަން ވެސް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

ސްޕަލެއިޓީ ރޯމާގެ ކޯޗުކަން ދޫކޮށްލިކަން އެ ކްލަބުން ކަށަވަރުކޮށްދީފި

30 މެއި 2017
ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

ބާސެލޯނާގެ ކޯޗަކަށް އެރްނެސްޓޯ ވަލްވަރޑޭ ހަމަޖައްސައިފި

30 މެއި 2017
އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

އާޖެންޓީނާ ޓީމުގެ ކޯޗުކަން ވަނީ ހުށަހަޅާފައި، މިފަހަރު ރިޖެކްޓުނުކުރާނަން: ސަމްޕޯލީ

20 މެއި 2017
އެލް ކްލެސިކޯއަށްފަހު ބާސާ އަދި ރެއާލަށް ބޮޑު މޮޅެއް

އެލް ކްލެސިކޯއަށްފަހު ބާސާ އަދި ރެއާލަށް ބޮޑު މޮޅެއް

27 އެޕްރީލު 2017
އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

15 އެޕްރީލު 2017

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު