Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

ރެއާލްގެ 10 ނަންބަރު އެމްބާާޕޭ އަށް

އެންމެ ފަހުން ރެއާލްގެ 10 ނަންބަރު ޖާޒީގައި ކުޅުނީ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް އެވެ. ނަމަވެސް، ނިމުނު ސީޒަނަށް ފަހު މޮޑްރިޗް ވަނީ ރެއާލް ދޫކޮށްލަން ނިންމައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 31 ޖުލައި 2025 | ބުރާސްފަތި 06:28
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކީލިއަން އެމްބާޕޭ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ އަށް، އެ ކުލަބުގެ 10 ނަންބަރު ޖާޒީ ދީފަ އެވެ.

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލުމަށް ފަހު، އެމްބާާޕޭ ރެއާލް އަށް ބަދަލުވީ 2024 ވަނަ އަހަރު އެވެ. އެ ކުލަބަށް ބަދަލުވެ މިދިޔަ ސީޒަންގައި އެމްބާޕޭ ކުޅެފައި ވަނީ ނުވަ ނަންބަރު ޖާޒީގަ އެވެ.

ނަމަވެސް ރެއާލް އިން ވަނީ އެ ކުލަބުގެ 10 ނަންބަރު ޖާޒީ އެމްބާޕޭ އަށް ދިނުމަށް ނިންމައިފަ އެވެ. އެންމެ ފަހުން ރެއާލްގެ 10 ނަންބަރު ޖާޒީގައި ކުޅުނީ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް އެވެ. ނަމަވެސް، ނިމުނު ސީޒަނަށް ފަހު މޮޑްރިޗް ވަނީ ރެއާލް ދޫކޮށްލަން ނިންމައިފަ އެވެ. އަދި އެ ކުލަބު ދޫކޮށް އޭނާ ވަނީ އިޓަލީގެ އޭސީ މިލާން އަށް ބަދަލުވެފަ އެވެ.

ޕީއެސްޖީ ދޫކޮށްލުމަށް ފަހު އެމްބާޕޭ ރެއާލް އަށް ބަދަލުވީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރެއާލް އިން ފުރަތަމަ އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރި ފަހަރު، އޭނާ ވަނީ ޕީއެސްޖީގެ އެއްބަސްވުން އައު ކޮށްފަ އެވެ. ނަމަވެސް އެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދެން ނިންމީ ޕީއެސްޖީ ދޫކޮށް ރެއާލް އަށް ބަދަލުވުމަށެވެ.

ރެއާލް އަަށް ބަދަލުވެ އެ ކުލަބުގައި ހޭދަ ކުރި ފުރަތަމަ ސީޒަންގައި އެމްބާޕޭ ވަނީ، ރެއާލް އަށް ކުޅެެދިން 59 މެޗުގައި 44 ލަނޑު ޖަހައިފަ އެވެ. އޭގެ ތެރެއިން ސްޕެނިޝް ލީގުގައި އެމްބާޕޭ ވަނީ 31 ލަނޑު ޖަހައިފަ އެވެ. އަދި ރެއާލާ އެކު އޭނާ ވަނީ ޔުއެފާ ސުޕަ ކަޕްގެ އިތުރުން، ފީފާ އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން ކޮޕާ ޑެލްރޭ އަދި ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ވަނީ ކުޅެފަ އެވެ.

ރެއާލްގެ 10 ނަންބަރު ޖާޒީ އެމްބާޕޭ އަށް ދީފައިވާއިރު، އޭނާ ވަނީ އެ ޖާޒީ އާއެކު ނަގާފައިވާ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް

18 އޮކްޓޯބަރު 2017
ޓެކްސް އަށް މަކަރު ހެދިކަމުގެ ތުހުމަތު ރެއާލްގެ ޑިފެންޑަރ މާސެލޯ އަށް
29 ސެޕްޓެމްބަރު 2017

ވަރާންއާއި އަސެންސިއޯ ރެއާލްގެ އެއްބަސްވުން އާކޮށްފި

29 ސެޕްޓެމްބަރު 2017
ވަރާންއާއި އަސެންސިއޯ ރެއާލްގެ އެއްބަސްވުން އާކޮށްފި
26 އޯގަސްޓު 2017

ރެއާލްގެ ޓްވިޓާ އެކައުންޓް ވެސް ހެކްކޮށްފި، މެސީ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓްވީޓުކޮށްފި

26 އޯގަސްޓު 2017
ރެއާލްގެ ޓްވިޓާ އެކައުންޓް ވެސް ހެކްކޮށްފި، މެސީ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓްވީޓުކޮށްފި
12 އޯގަސްޓު 2017

އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި

12 އޯގަސްޓު 2017
އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި
12 އޯގަސްޓު 2017

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

12 އޯގަސްޓު 2017
ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު