Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ޕްރައިމަރީ ކެމްޕޭން

ޖަޒުބާތުގައި ޖެހިގެން ރައީސް އިބޫއަށް ދެވަނަ ދައުރެއް ނުދެވިއްޖެނަމަ އަޅުގަނޑުމެންނަށް އޭގެ ހިތި ފެންނާނެ: މާރިޔާ

އެމްޑީޕީގެ ފިކުރު ދިރުވީ ވެސް ރައީސް އިބޫގެ ސަރުކާރުން އަދި ދެމެހެއްޓީ ވެސް އިބޫގެ ސަރުކާރުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 ޖެނުއަރީ 2023 | ހޮނިހިރު 11:28
އެމްޑީޕީ ޕްރައިމަރީގެ ރައީސް ޞާލިހު ކެމްޕެއިން ޖަލްސާގައި މާރިޔާ ވާހަކަފުޅު ދައްކަވަނީ

އެމްޑީޕީ ޕްރައިމަރީގެ ރައީސް ޞާލިހު ކެމްޕެއިން ޖަލްސާގައި މާރިޔާ ވާހަކަފުޅު ދައްކަވަނީ

ޖަޒުބާތުގައި ޖެހިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއަށް ދެވަނަ ދައުރެއް ނުދެވިއްޖެނަމަ އޭގެ ހިތި ފެންނާނެ ކަމަށް ރައީސް ސާލިޙުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގެ ސްޕޯކްސްޕަރސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ޕްރައިމަރީގެ ރައީސް ޞާލިހު ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީ އުފެދިގެން އައީ ޒަމާނުއްސުރެން އޮތް އާއިލީ ވެރިކަމުގެ ނިޒާމު ކަމުނުދާތީ ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށް ހަމަ ހަމަ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

މި ސަރުކާރުން ފާއިތުވި 4 އަހަރު ތަމްސީލް ކޮށްދީފައި ވަނީ އެމްޑީޕީގެ ފިކުރާއި އެމްޑީޕީގެ މެނިފެސްޓޯ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެ ހަތަރު އަހަރު އެމްޑީޕީގެ ފިކުރު ދިރުވާފައި ވަނީ ރައީސް ޞާލިހު ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ފިކުރު ދިރުވީ ވެސް ރައީސް އިބޫގެ ސަރުކާރުން ކަމަށާއި ދެމެހެއްޓީ ވެސް އިބޫގެ ސަރުކާރުން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މި ފިކުރު އިތުރަށް ކުރިއެރުވޭނީ ވެސް އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސާލިހަށް ދެއްވައިގެން ކަމަށް ވެސް ވިދާޅުވިއެވެ.

ފްލެޓްތައް ދީ ބިންކެނޑިޔަސް ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބޭނެކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ މިކަމަށް ހައްލެއް ގެނެވޭނީ ރަށްތަކުގެ ޙިދުމަތްތައް ރަނގަޅުކޮށް ތަރައްޤީކޮށްގެން ކަމަށެވެ.

އަދި އެމްޑީޕީގެ ޕްރައިމަރީ އަކީ ސިޔާސީ ޕާޓީތަކުގެ ތާރީހުގައި ރަތް އަކުރުން ފަވާލެވޭނެ ދުވަހެއް ކަމަށް ވިދާޅުވިއެވެ. އެ ދުވަހު އެ ޕާޓީ ނުކުންނަނީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިހްތިޔާރްކުރުމަށް ކަމަށް ވާއިރު އެ މަސައްކަތަކީ ޑިމޮކްރަސީގެ ރިވެތި އުސޫލުގެ މަތިން ހިނގާ ކަމެއް ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު