Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޖަލުގައި 40 އަހަރު ހޭދަކުރި ޤައިދީ

ފަލަސްޠީނުގެ ޙައްޤުގައި ޖަލުގައި ހޭދަ ކުރި 40 އަހަރުވެސް މަދު

ޢާއިލާއާ ބައްދަލުވި ބައްދަލުވުމަކީ މުޅި ޙަޔާތުގައިވެސް އައި އެންމެ އުފާވެރި ވަޤުތުކޮޅު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 21 ޖެނުއަރީ 2023 | ހޮނިހިރު 10:30
މާހިރު ޔޫނިސް؛ އިޒްރޭލުގެ ޖަލުން މިނިވަންވި ފަލަސްޠީނު މީހެއް

މާހިރު ޔޫނިސް؛ އިޒްރޭލުގެ ޖަލުން މިނިވަންވި ފަލަސްޠީނު މީހެއް

އިޒްރޭލުގެ ޖަލުތަކުގައި ޙުކުމް ތަންފީޒު ކުރަމުންދާ ފަލަސްޠީނުގެ ޤައިދީންގެ ވާހަކައަކީ ދުނިޔޭގެ އެކި ހިސާބުތަކުން، ގިނަ ބައެއްގެ ސަމާލުކަން ދަމައިގަންނަ ވާހަކައެކެވެ. މިއީވެސް އެކަހަލަ ވާހަކައެކެވެ. އިޒްރޭލުގެ ސިފައިންގެ މީހަކު މަރާލި ކަމުގެ ކުށުގައި 40 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރުމަށް ފަހު، ޖެނުއަރީ 19 ވީ ބުރާސްފަތި ދުވަހު މިނިވަންވި މާހިރު ޔޫނިސްގެ ވާހަކައެވެ.

ޔޫނިސްގެ އުފަން ބިމަކީ ޢަރަބި އިޒްރޭލުންގެ އަވަށެއް ކަމަށް ވާ އާރާއެވެ. ޖަލުން މިނިވަންވުމާއެކު އާރާއިން ޔޫނިސްއަށް ކީ ބަޠަލެއްގެ ދަރަޖައިގެ މަރުޙަބާއެކެވެ. އޭނާއަށް މަރުޙަބާ ކިއުމަށް ޢާއިލާއާއި ރަޙުމަތްތެރިންގެ އިތުރުން ގިނަ ޢަދަދެއްގެ ސަޕޯޓަރުން ޖަމާވެ ތިއްބެވެ. ޔޫނިސް ބުނި ގޮތުގައި ފަލަސްޠީނުގެ ޙައްޤުގައި އޭނާއަށް ޖަލުގައި ހޭދަ ކުރެވުނީ އަދިވެސް ކުޑަ މުއްދަތެއް ކަމަށެވެ.

ޔޫނިސްއާއި އޭނާގެ ދެބެންގެ ދެދަރި ކަރީމް ޔޫނިސް، ޖަލު ޙުކުމް ތަންފީޒު ކުރަން ފެށީ 1983 ވަނަ އަހަރުއެވެ. އެއީ އަސްކަރީ ބޭހަކުން ގެއަށް ދިޔަ އިޒްރޭލުގެ ސިފައިންގެ މީހެއް ކަމަށްވާ އަވްރަހަމް ބްރޮމްބަރގް މަރާލި  ކަމުގެ ކުށުގައެވެ. ޕަލަސްޓީނިއަން ޕްރިޒަނަރޒް އެސޯސިއޭޝަނުން ބުނާ ގޮތުގައި މާހިރްއާއި ކަރީމް ޔޫނިސް އަކީ، އިޒްރޭލުގެ ޖަލެއްގައި، މެދު ކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު ބަންދުގައި ހޭދަ ކުރި ފަލަސްޠީނު މީހުންގެ ތެރޭގައި ހިމެނޭ 2 މީހުން ނެވެ.

ޢުމުރުން މިހާރު 60 އަހަރު ފުރިފައިވާ ކަރީމް ޔޫނިސްގެ މައްޗަށް އިޒްރޭލުން އިއްވި 40 އަހަރުގެ ޖަލު ޙުކުމް ފުރިހަމަ ކުރުމަށްފަހު މިނިވަން ވެގެން ނުކުތީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ކަރީމް ޔޫނިސް އަށް ވެސް ކިއާފައި ވަނީ ބަޠަލެއްގެ ދަރަޖައިގެ ހޫނު މަރުޙަބާ އެކެވެ.

އިޒްރޭލުގެ ޢަރަބީންނަކީ އާބަދީގެ ގާތްގަނޑަކަށް 5 ބައިކުޅަ 1 ބައެވެ. ގިނަ މީހުންނަކީ، 1948 ވަނަ އަހަރުގެ ހަނގުރާމައަށްފަހު އިޒްރޭލުގެ ނަމުގައި އުފެއްދި ސަރަޙައްދުގައި މަޑުކުރި ފަލަސްޠީނު ދަރިކޮޅުގެ މީހުންނެވެ. ސިޔާސީ މައިދާނުގައިވެސް އެ މީހުންނަށް ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް ބޮޑެވެ. ފަލަސްޠީނުގެ ލޭ ހިނގާތީއެވެ. ފަލަސްޠީނުގެ ބައެއް ކަމަށް ބުނާތީއެވެ. އިޒްރޭލުގެ ރަށްވެހި ކަމާއެކު، ފަލަސްޠީނުގެ ބައެކޭ ބުނުމަކީ ބައެއް މީހުންނަށް ޙަޖަމް ކުރަން މާ ފަސޭހަ ވާހަކައަކަށްވެސް ނުވާތީއެވެ.

އިޒްރޭލުގެ ޖަލުތަކުގައި ބަންދު ކުރާ ފަލަސްޠީނު ދަރިކޮޅުގެ މީހުންނަކީ، ފަލަސްޠީނުގެ ރައްޔިތުންގެ ކުރިމަތީގައި ބަޠަލުންތަކެކެވެ. ނަމަވެސް، ޔަހޫދީ އިޒްރޭލުގެ ލޯތަކަށް، އެމީހުން ފެންނަނީ ޓެރަރިސްޓުންގެ ގޮތުގައެވެ.

ޔޫނިސް މިނިވަން ކުރުމާ ދިމާކޮށް، ކުރިއަށް ގެންދިޔަ އެއްވުމަކީ "ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އެއްބާރުލުމެއް" ނޫން ކަމުގައި ކަށަވަރު ކުރުމަށް، އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު ޢަމުރު ނެރެފައި ވާ ކަމަށްވެސް މަޢުލުމާތު ލިބެއެވެ.

އިތުރަށް ކިޔާލަން

17 އެޕްރީލު 2019

ކޫލީ ނަމްބަރު 1ގެ ޝޫޓިން ފެށުމުގެ ކުރިން ސާރާ ނިއުޔޯކްގައި ޗުއްޓީ ހޭދަކުރަން ފަށައިފި

17 އެޕްރީލު 2019
ކޫލީ ނަމްބަރު 1ގެ ޝޫޓިން ފެށުމުގެ ކުރިން ސާރާ ނިއުޔޯކްގައި ޗުއްޓީ ހޭދަކުރަން ފަށައިފި
15 ޑިސެމްބަރު 2018

ކޮމީޑިއަން ރާޖް ޕާލް ޔާދަވް ޖަލުގައި ޝޯއެއް ދީފި

15 ޑިސެމްބަރު 2018
ކޮމީޑިއަން ރާޖް ޕާލް ޔާދަވް ޖަލުގައި ޝޯއެއް ދީފި
18 އޮކްޓޯބަރު 2018

ރަންބީރު އާލިއާ އާ އެކު ނިއުޔޯކްގައި ވަގުތު ހޭދަކުރަނީ

18 އޮކްޓޯބަރު 2018
ރަންބީރު އާލިއާ އާ އެކު ނިއުޔޯކްގައި ވަގުތު ހޭދަކުރަނީ
04 ސެޕްޓެމްބަރު 2018

ސައިފް އާއި ކަރީނާ ދަރިފުޅާއިއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ސޮނެވާފުށިގައި

04 ސެޕްޓެމްބަރު 2018
ސައިފް އާއި ކަރީނާ ދަރިފުޅާއިއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ސޮނެވާފުށިގައި
02 ސެޕްޓެމްބަރު 2018

ސައިފް އާއި ކަރީނާ ދަރިފުޅާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަށް!

02 ސެޕްޓެމްބަރު 2018
ސައިފް އާއި ކަރީނާ ދަރިފުޅާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަށް!
25 ޖުލައި 2018

ތަގްސް އޮފް ހިންދުސްތާންގައި ބޭނުންކުރި ދެ ބޯޓު ހަދަން އަހަރެއްހާ ދުވަސް ހޭދަވި

25 ޖުލައި 2018
ތަގްސް އޮފް ހިންދުސްތާންގައި ބޭނުންކުރި ދެ ބޯޓު ހަދަން އަހަރެއްހާ ދުވަސް ހޭދަވި
10 ޖުލައި 2018

ސުޝްމިތާ ދަރިންނާއި އެކު މިއާމީ ގައި ޗުއްޓީ ހޭދަކުރަނީ

10 ޖުލައި 2018
ސުޝްމިތާ ދަރިންނާއި އެކު މިއާމީ ގައި ޗުއްޓީ ހޭދަކުރަނީ
03 ފެބުރުއަރީ 2018

ޖަލުގައި ހުރި އަޅުގަނޑުގެ ފޮތްކޮޅު ދެއްވާނެ ކަމަށް އުއްމީދުކުރަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2018
ޖަލުގައި ހުރި އަޅުގަނޑުގެ ފޮތްކޮޅު ދެއްވާނެ ކަމަށް އުއްމީދުކުރަން: ރައީސް ނަޝީދު
05 އެޕްރީލު 2017

އާލިޔާ އެކުވެރިންނާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްފި

05 އެޕްރީލު 2017
އާލިޔާ އެކުވެރިންނާ އެކު މަޖާ ވަގުތުކޮޅެއް ހޭދަކޮށްފި
18 މާރިޗު 2017

ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި

18 މާރިޗު 2017
ވަރުން އޭނާގެ ލޯބިވެރިޔާއާ އެކު ބެންކޮކްގައި ޗުއްޓީ ހޭދަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު