Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާނަލް ނާޒިމް

ފިސްތޯލައިގެ ހަޤީޤަތް ހާމަކޮށްދެއްވަން އަދީބު ހުންނެވީ ތައްޔާރަށް!

ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާ ވަނީ 11 އަހަރަށް ޖަލަށް ލާފަ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 29 ޖޫން 2017 | ބުރާސްފަތި 19:38
ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމް

ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމް

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ.) މުޙައްމަދު ނާޒިމްގެ ގެއިން ފެނުނުކަމަށް ބުނާ ފިސްތޯލައިގެ ހަޤީޤަތް ހާމަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީފިޅެއްގައެވެ.

Advertisement - newsAdvertisement

އަދީބުގެ ފަރާތުން މިފަދަ ސީޓީއެއް ސުޕްރީމް ކޯޓަށް ހުށަހެޅިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ޔަޤީންކޮށް ނުދިން ނަމަވެސް، އިތުބާރުހިފޭ މަސްދަރަކުން ވަނީ މިކަން ރާއްޖެޓީވީއަށް ކަށަވަރުކޮށްދީފައެވެ. އަދީބުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހެޅި ސިޓީއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އޭނާގެ ވަކީލުންނާއި އާއިލާއިން އަދި ހިއްސާކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އަދީބުގެ ގާނޫނީ ވަކީލުންނާއި އައިލާއިން އެއްވެސް އެއްޗެއް ހާމަކޮށްފައިނުވާއިރު ރާއްޖެއެމްވީއަށް އެނގިފައިވާގޮތުގައި، ނާޒިމް ދިރިއުޅުއްވި ކޮޓަރިން ފެނުނު ފިސްތޯލަ އާއި ނާޒިމް އާއި އެއްވެސް ގުޅުމަށް ނެތް ކަމަށާއި އެ ފިސްތޯލަ އެތަނުގައި އޮތް ކަން ނާޒިމަށް އެނގިވަޑާއިނުގަންނަވާނެ ކަމަށް ސުޕްރީމް ކޯޓަށް އަދީބު ހުށަހެޅުއްވި ސިޓީގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ މިންވަރަކުން ސުޕްރީމް ކޯޓުގައި ހާމަކުރައްވާނެކަމަށް އަދީބުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ސިޓީ އަދީބުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައިވަނީ މިމަހުގެ 22 ވީ ބުރާސްފަތި ދުވަހުއެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލަ ފެނުނު މައްސަލައާއި ގުޅިގެން އޭނާ 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނިންމާ ހައިކޯޓުން ތާއީދުކޮށްފައިވާ ނިންމުމަކީ ރަގަޅު ނިންމުމެއް ކަމަށް ކަނޑައަޅާފައެވެ.

މި މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުގެ މަރުހަލާގައި ނާޒިމްގެ ފަރާތުން ވަނީ އެ ފިސްތޯލަ ބޭއްވި މީހާއަކީ ކާކު ކަމާއި އެކަން ކުރި ގޮތް އެނގޭނެ ހެކިން ތިބިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ނާޒިމްގެ އެޕާޓްމެންޓުގައި ފިސްތޯލަ ވެއްދީ އާސިމް ނަމަކަށް ކިޔާ ފުލުހެއްކަމަށްވެސް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓުގައި ވަނީ ހާމަކޮށްފަ އެވެ

ނަމަވެސް އެ ޝަރީޢަތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެ ފިސްތޯލަ ބޭއްވި ކަމަށް ބުނާ މީހާގެ ވާހަކައަކީ ދޮގެއް ކަމަށް ބެލެވޭ ކަމަށާއި އެ މީހާގެ ވާހަކަ ތަހުގީގުއާއި، ދަށު ކޯޓާއި ހައި ކޯޓުގައިވެސް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައި ނެތް ކަމަށެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބުރައީސް އަދީބުގެ ޑީއެންއޭ ފެނުނުކަމަށް ފުލުހުން މީގެ ކުރިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައެވެ.

ނާޒިމްގެ އެޕާޓުމެންޓުން ފިސްލޯތަ ފެނިފައިވަނީ ނާޒިމް ފްރޭމް ކުރުމުގެ ގޮތުން ކުރީގެ ނައިބު ރައީސް އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ރާވައިގެން ހިންގި ކަންތައްތަކަކާއި ގުޅިގެންކަން ސާބިތުކުރުމަށް އަދީބު ސުޕްރީމް ކޯޓަށް ހާޒިރު ކޮށްދޭން ނާޒިމްގެ ފަރާތުން މީގެ ކުރިން ވަނީ އެދިފައެވެ. އެހެންނަމަވެސް ދައުލަތުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ދައުލަތުން ބުނީ އަދީބު ހާޒިރުކުރަން މީގެ ކުރިން ނާޒިމްގެ ފަރާތުން އެދިފައިނުވާ ކަމަށާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ މައްސަލައިގައި އަދީބު ހާޒިރު ކުރަން ނުޖެހޭ ކަމަށެވެ.

ނާޒިމްގެ މައްސަލަ ސުޕްރީމްކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ފުލް ބެންޗުންނެވެ.

ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލަ ފެނުނު މައްސަލަ މުރާޖާޢާކޮށްދިނުމަށް ނާޒިމްގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ) އޮފީހަށް މިދިއަ އަހަރުގެ ޑިސެމްބަރު މަހުގައި ވަނީ ހުށަހަޅާފައެވެ.

އެގޮތުން ނާޒިމްއަށް އިންސާފު ނުލިބިވާ ކަމަށާއި، އެ އިންސާފު ނުލިބިދާ ކޮންމެ ދުވަހަކީ އެކަމުގެ ޒިންމާ ޕީޖީ އާއި އަދި ޕީޖީގެ ދަށުން މަސައްކަތް ކުރައްވާ ފަރާތްތަކުން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމެއްކަމަށް، ނާޒިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެދުވަހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

27 މެއި 2017
މިހާރު ހުންނެވީ ބާކީވެފައިވާ، ލީޑަރަކަށް ވެސް ނުވާ ބޭފުޅެއް: ޝާހިދު

މިހާރު ހުންނެވީ ބާކީވެފައިވާ، ލީޑަރަކަށް ވެސް ނުވާ ބޭފުޅެއް: ޝާހިދު

29 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

09 އެޕްރީލު 2017
ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް

ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް

01 އެޕްރީލު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު