Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފާރިސް ފުލުހަށް ހާޒިރުކުން

ފާރިސް މައުމޫނު ގަސްދުގައި ތަހުޤީޤް ލަސްކުރަނީ، ހަޤީޤަތް އޮޅޭ މައުލޫމާތު ނުފެތުރުމަށް ގޮވާލަން: ޕޮލިސް

ފާރިސްގެ މައްސަލަ ބަލަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން

ރާއްޖެ އެމްވީ | 1 އެޕްރީލު 2017 | ހޮނިހިރު 18:50
ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވަނީ

ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ވަދެވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނުގެ ތަހުޤީޤް ލަސްކުރަނީ އޭނާ އަމިއްލައަށް ކަމަށާއި، ހަޤީޤަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް ފުލުހުންގެ އިދާރާއިން ގޮވާލައިފި އެވެ.

ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރައްވާ ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމާ ގުޅޭ ގޮތުން، ފުލުހުންގެ އިދާރާއިން އާންމުކުރި ބަޔާނެއް ބުނެފައިވަނީ، ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ތަހުޤީޤްކުރަމުންގެންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. މައްސަލާގެ ތަފްސީލް ހާމަނުކޮށް ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ، ތަހުޤީޤް މަރުހަލާގައި ލިބިދޭ ޤާނޫނީ ވަކީލެއްގެ ހައްޤު ބޭނުން ހިފައި ވަކީލެއްގެ ހާޒިރުގައި ތަހުޤީޤްކުރިއަށް ގެންދިއުމަށް އެދިވަޑައިގަތުމުން އެ ފުރުސަތު ދީފައިވާކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ، ޤާނޫނީ ވަކީލަކާއެކު ހާޒިރުވުމަށް ދިން ފުރުސަތުގައި، ފުލުހުންގެ އިދާރާއަށް 5 ފަހަރެއްގެ މަތިން ހާޒިރުކުރެވިފައި ވާއިރު، އެއިން އެއްވެސް ފަހަރެއްގައި ޤާނޫނީ ވަކީލެއް ގެންނަވާފައި ނުވާކަމަށެވެ. ވަކި މަޤްސަދެއް ހާސިލްކުރުމަށް ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރާކަމަށް ވާހަކަދައްކާއިރު، ތަހުޤީޤް ލަސްކުރަމުންގެންދަނީ ފާރިސް މައުމޫނު ގަސްދުގައިކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ، ފުލުހުންގެ ތަހުޤީޤަށް އެއްބާރުލުންދިނުމާއެކު، ހަޤީޤަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާކަމަށެވެ.

ރާއްޖެޓީވީއަށް އެނގިފައިވަނީ، ފާރިސް މައުމޫނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ ތީމުގޭގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައެވެ. ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ރައީސް މައުމޫނު އަބްދުއްޤައްޔޫމްވެސް ވިދާޅުވީ ފާރިސް ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ މީގެ 10 އަހަރު ކުރީގެ މައްސަލައެއްގަ އެވެ. އަދި އެ މައްސަލައިގެ މައުލޫމާތު ފާރިސްއަށް އެނގިވަޑައިނުގަންނަވާނެކަމަށް ރައީސް މައުމޫނު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

ގައުމު ސަލާމަތް ކުރުމަށް ނިކުތުމަށް ފާރިސް މައުމޫން ގޮވާލައްވައިފި

02 ފެބުރުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު