Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކައުންސިލް އިންތިހާބު

މިހާރު ހުންނެވީ ބާކީވެފައިވާ، ލީޑަރަކަށް ވެސް ނުވާ ބޭފުޅެއް: ޝާހިދު

ސަރުކާރަށް ރައްދުދޭނީ ވޯޓުން ކަމަށް ވިދާޅުވި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 29 އެޕްރީލު 2017 | ހޮނިހިރު 03:22
ހިންނަވަރުގެ ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ

ހިންނަވަރުގެ ޖަލްސާގައި އަބްދުﷲ ޝާހިދު ވާހަކަ ދައްކަވަނީ

ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން މިހާރު ވަނީ އެއް ގަލަކަށް އަރާފައި ކަމަށާއި ބާކީ ހުންނެވީ ލީޑަރަކަށް ނުވެ، ބާކީވެފައިވާ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރުން އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ހިންނަވަރުގައި އެމްޑީޕީން ބެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ ހުރިހާ ލީޑަރުން އެއް ފަރާތަކަށް އަރައިވަޑައިގަތުމުން މިސަރުކާރު ފެންނަނީ ވަރަށް ބޮޑަށް ބަލިވެއްޖެ ތަން ކަމަށެވެ. ޝާހިދު ވިދާޅުވީ މޭ މަހުގެ ހަ ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ރާއްޖޭގެ ރައްޔިތުން ނުކުމެ މި ހުދުމުހުތާރު ވެރިކަމަށް ނޫނެކޭ ބުނެ ވޯޓް ފޮށިތައް ފުރާލަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ލާމަރުކަރީ ނިޒާމު ގާނޫނުއަސާސީގެ ބާބެއްގެ ގޮތުގައި ހިމެނުމަށް އެމްޑީޕީން މަސައްކަތް ކުރިއިރު މިސަރުކާރަށް ނިސްބަތްވާ ބޭފުޅުން ދެކޮޅު ހެއްދެވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ގާނޫނުއަސާސީގައި ހިމަނާ އެކަމަށް ގާނޫނެއް ހަދާ، ނިޒާމު ފެށީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި މިސަރުކާރުން ތަރައްގީ މާނަކުރަނީ ކޮރަޕްޝަނާއި ފަސާދަ ހިންގުމާއި އަސާސީ ހިދްމަތްތަކުން އަގު ބޮޑު ކުރުން ކަމަށެވެ.

"ރައްޔިތު މިހާ އެލުވާފަ. ނިކަމެތި ކޮށްފަ. ރައްޔިތުންނަށް އަނިޔާ ކޮށްފަ. ރައްޔިތުންކައިރިއަށް ވޯޓް ހޯދަށް ގޮސްގެން ނުވާނެ. އެކަމަކު މިއަދު މިފެންނަނީ އެތަން، މިސަރުކާރަށް މިހާރު ލިބޭނީ 2.5 ޕަސެންޓް. އެވަރަށް މިސަރުކާރު ނިކަމެތި ވެއްޖެ. ކިރިޔާވެސް ލަދުހަޔާތުގެ ޒައްރެއްގެ މިންވަރުވެސް ހުރި ނަމަ ވޯޓެއް ދޭށޭ ބުނާކަށް ނުކެރޭނެ" ޝާހިދު ވިދާޅުވިއެވެ.

މި ސަރުކާރުގެ ވެރިކަމުގައި ފާއިތުވެދިޔަ ތިން އަހަރު ދުވަހުގެ ތޭރޭގައި ވައްކަމާއި ފޭރުމާއި ޚިޔާނާތާއި މީހުން މެރުންފަދަ ބޮޑެތިޖަރީމާތައް ހިންގާފައިވާ މިންވަރާއި މެދު ރައްޔިތުން ވިސްނަންޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ތަރައްޤީ އަކީ ރައްޔިތުން ކުޑަކަކޫ ޖައްސުވާ ރައްޔިތުންނަށް ބިރުދައްކާ ގައުމު ފަސާދަ ކުރުން ކަމަށްވާނަމަ ދެން އެކަމާއި ގުޅޭގޮތުން ދައްކާނެ ވާހަކައެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު