Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"ގޭބަންދެއްގައި"

ނައިބު ރައީސް ހުންނެވީ "ގޭބަންދެއްގައި":މުސްތަފާ

އެންމެ ނިކަމެތި މަޤާމެއް އަދާކުރާ ބޭފުޅަކީ ޤައުމުގެ ނައިބް ރައީސް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 18 ފެބުރުއަރީ 2017 | ހޮނިހިރު 04:17
ރައީސް އަބްދުﷲ ޔާމިން އާއި ނައިބު ރައީސް ޖިހާދު: ފަހަކަަށް އައިސް ރަސްމީ ޖަލްސާތަކުން ނައިބު ރައީސް ނުފެނޭ

ރައީސް އަބްދުﷲ ޔާމިން އާއި ނައިބު ރައީސް ޖިހާދު: ފަހަކަަށް އައިސް ރަސްމީ ޖަލްސާތަކުން ނައިބު ރައީސް ނުފެނޭ

ޤައުމުގައި އެންމެ ނިކަމެތި މަޤާމެއް އަދާކުރައްވާ ފަރާތަކީ ނައިބް ރައީސް އަބްދުﷲ ޖިހާދު ކަމަށް، ޕީޕީއެމް އަށް ނިސްބަތްވާ ތިމަރަފުށީ ދައިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް އަބްދުﷲ ޖިހާދަށް ފާޑުވިދާޅުވެ، މުސްތަފާކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މި ޤައުމުގައި އެންމެ ނިކަމެތި މަޤާމެއް އަދާކުރާ އެއް ބޭފުޅަކީ ޤައުމުގެ ނައިބް ރައީސް ކަމަށާއި މިވަގުތު އެ މަނިކުފާނު ހުންނެވީ "ގޭ ބަންދެއްގައި" ކަމަށް ވެސް ގަބޫލުކުރެވޭ ކަމަށެވެ.

Advertisement - newsAdvertisement

ނައިބް ރައީސް ހުންނެވީ ގޭ ބަންދެއްގައި ކަމަށް މުސްތަފާ ސިފަކުރެއްވިއިރު، ނައިބް ރައީސް އަބްދުﷲ ޖިހާދު ފަހަކަށް އައިސް، ރަސްމީ ހަފްލާތަކުން ނުފެނެ އެވެ. އަދި ނައިބް ރައީސް، ރައީސުލްޖުމްހޫރިއްޔާއެކުގައިވެސް ރަސްމީ އިވެންޓްތަކުން ފެނިގެންގޮސްފައެއް ނުވެއެވެ.

ނައިބް ރައީސްކަމުގެ މަޤާމަށް އަބްދުﷲ ޖިހާދު އައްޔަނުކުރައްވާފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އަހުމަދު އަދީބް މަޤާމުން ވަކިކުރިތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. ކުރިން ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޖިހާދަކީ ރައީސް ޔާމީންގެ ތިން ވަނަ ނައިބް ރައީސެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު