Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޤާސިމް ހައްޔަރުކުރުން

ގާސިމް ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި، ވަގުތުން މިނިވަންކުރޭ:ޖޭޕީ

ޤާސިމް އިބްރާހިމް ހައްޔަރުކޮށްފަިއވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނާއި ހިލާފަށް

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 9 އެޕްރީލު 2017 | އާދީއްތަ 18:21
ޤާސިމް އިބްރާހިމް - ޖުމްހޫރީ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ޤާސިމް އިބްރާހިމް - ޖުމްހޫރީ ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައި ވަނީ ޤާނޫނާ ހިލާފަށް ކަމަށް ބުނެ, އޭނާ މިހާރުން މިހާރަށް ދޫކޮށްލުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ.

ޖުމްހޫރީ ޕާޓީން އެފަދައިން ގޮވާލާފައިވަނީ، އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީން އާންމުކުރި ނޫސް ބަޔާނުގައި ބުނެފަިއވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ހުންނެވީ ޤާނޫނާ ހިލާފު ބަންދެއްގައި ކަމަށެވެ. އެގޮތުން ޤާސިމް އިބްރާހިމް ހައްޔަރުކޮށްފަިއވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ކަމަށް ޖުމްހޫރީ ޕާޓިގެ ބަޔާނުގައި ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓިގެ ލީޑަރު ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިވަނީ ގޭގައި ނަމާދަށް ހުންނަވަނިކޮށްކަން ފާހަގަކޮށް ޕާޓީގެ ބަޔާނުގައި ބުނެފައިވަނީ، ޤާސިމް ހައްޔަރުކޮށް ބަންދުކޮށް ހިފަހައްޓާފައި ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ޕްރޮސެކިއުޓާ ޖެނަރަލް ކްރިމިނަލް ކޯޓުގައި އެދިގެން ހޯދާފައިވާ އަމުރެއްގެ ބަދަލުގައި ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ޤާސިމް އިބްރާހިމް ހައްޔަރުކޮށްފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކުގެ ކޮމެޓީއަށް ހުށައަޅާފައިވާކަން ފާހަގަކޮށް ޖޭޕީގެ ބަޔާނުގައި ބުނެފައިވަނީ ކޮމެޓީ އެންމެ ބައްދަލުވުމެއް ވެސް މިހާތަނަށް ބާއްވާފައިނުވާ ކަމަށެވެ. އެކަމާމެދު ކަންބޮޑުވާކަމަށް ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރައްވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށެވެ. އަދި މިފަދަ އަމުރަކަށް އެ ކޯޓްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށެހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އަދި ޤާސިމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، ކޯޓުން ވަނީ ޤާސިމްގެ މައްޗަށް ތުހުމަތުކުރޭ މައްސަލަތަކާއި ގުޅޭގޮތުން ހެކި ހޯދުމަށް 6 ދުވަހުގެ ބަންދުގެ މުއްދަތެއްޖަހައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ

ފާރިސްގެ ހިތްވަރު އެލުވައެއް ނުލެވޭނެ، އެ ހުންނެވީ ސާބިތުކަމާއެކު: މުސްތަފާ

25 މާރިޗު 2017
ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓްތައް ފްރީޒްކޮށްފި

22 މާރިޗު 2017
ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

ގާސިމްގެ ވިޔަފާރިއާއި މުދަލަށް އަރައިގަންނަނީ ސިޔާސީ މަގްޞަދެއްގައި: ރައީސް ނަޝީދު

21 މާރިޗު 2017
ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

ގާސިމްގެ އަތުން ފަޅުރަށެއް އަތުލީ ރަނގަޅަށް ކަމަށް ހައިކޯޓުން ހުކުމް ކޮށްފި

21 މާރިޗު 2017
ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

ގާސިމްގެ ވާހަކަފުޅަށް މަރުޙަބާ، އެކަކު އަނެކެއްގެ ކިބައި ހިތްވަރު ލިބި ކާމިޔާބު ހޯދާނަން: ނަޝީދު

20 މާރިޗު 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު