Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް

ދެން ހޯރަފުށީ ރައްޔިތުންނާއި ބައްދަލުކުރާނީ ހޮސްޕިޓަލުގެ މަސައްކަތް ނިންމާފައި - ރައީސް

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓްތަކަކީ ރަނގަޅަށް ޕްލޭންކުރެވި، ފައިސާ އެކަމަށް ހޯދައި، ރޭވުންތެރިކަމާއެކުގައި ދުރަށް ވިސްނައިގެން ކުރަމުންގެންދާ ކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2023 | އަންގާރަ 09:49
ކެމްޕޭންގައި ހޯރަފުއްޓަށް ވަޑައިގެން ރައީސް ވާހަކަފުޅު ދައްކަވަނީ

ކެމްޕޭންގައި ހޯރަފުއްޓަށް ވަޑައިގެން ރައީސް ވާހަކަފުޅު ދައްކަވަނީ

ހއ. ހޯރަފުއްޓަށް ދެން ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާނީ ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް ނިންމަވާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވި އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިނަށް އަންގާރަ ދުވަހުގެ ހެނދުނު ހއ. ހޯރަފުއްޓަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މިހިސާބަށް އައި އިރުގައި ހޯރަފުށީ ރައްޔިތުން ދެން ބޭނުންވާ ކަމަކީ އެރަށުގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކަމަށެވެ. ރައީސް ވިދާޅުވީ އަޅުގަނޑުމެންނަކީ ވައުދެއްވެފައި ދޫކޮށްލާނެ ބައެއް ނޫން ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ މަސައްކަތް ޓެންޑަރކޮށް އެންމެ ފައިނަލް މަރުހަލާގައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ އެ އަޅާނެ ރަނގަޅު ބަޔަކާއި، ފަށާގޮތަށްގޮސް ނިންމާނެ ބަޔަކާއި ހަވާލުކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ހޯރަފުއްޓާއި، ތުރާކުނާއި އުލިގަމުގެ ތަރައްގީއަށްވެސް އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ތަރައްގީގެ ޕްރޮޖެކްޓުތަކަކީ ރަނގަޅަށް ޕްލޭންކުރެވި، ފައިސާ އެކަމަށް ހޯދާ ރޭވުންތެރިކަމާއެކުގައި ދުރަށް ވިސްނަވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ.

އެއްވެސް ހާލެއްގައި ސަރުކާރުން ކުރާ އެއްވެސް މަސައްކަތަކީ ފަސް އަހަރުން ފަސްއަހަރުން ވެރިކަމަށް އައިސް ކުރަންޖެހޭނެ މަސައްކަތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެއިރުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ މާބޮޑުވާނެ ކަމަށާއި، މިކުރައްވާ މަސައްކަތްތަކީ ކުރިއަށް އޮތް 20-30 އަހަރަށް ބަދަލެއް ނުގެނެސް ހިދުމަތްދެވޭނެ ކަންކަން ކަމަށެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު