Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެތަަރައްގީގެ މަސައްކަތްތައް

ތަރައްގީއަށްޓަކައި ކުރާ މަސައްކަތުގައި އެންމެ އިސްކަމެއްދެނީ ރައްޔިތުންނަށް - ރައީސް

ފާހަގަ ޖަހަމުން ޖަހަމުން ގޮސް މި ލިސްޓް ކުރިއަށް ގެންދެވިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ޖެނުއަރީ 2023 | އަންގާރަ 08:32
ކެމްޕޭންގައި ހޯރަފުއްޓަށް ވަޑައިގެން ރައީސް ވާހަކަފުޅުދައްކަވަނީ

ކެމްޕޭންގައި ހޯރަފުއްޓަށް ވަޑައިގެން ރައީސް ވާހަކަފުޅުދައްކަވަނީ

ތަރައްގީއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި އެންމެ އިސްކަމެއްދެނީ ފުރަތަމަވެސް ރައްޔިތުންނަށް އަދި ވަކިވަކި ފަރުދުންގެ އަސާސީ ހައްގުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިހެން ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިންނަށް ހއ. ހޯރަފުއްޓަށް ވަޑައިގެން އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ ހޯރަފުށީގައި އުޅޭ ރައްޔިތެއްކަމުގައި ވިޔަސް އަދި އުލިގަމާއި ތުރާކުނުގައި އުޅޭ ރައްޔިތެއްކަމުގައި ވިޔަސް އަދި މާލޭގައި ދިރިއުޅޭ ރައްޔިތެއްކަމުގައި ވިޔަސް ލިބެންޖެހޭ އަސާސީ ހިދުމަތްތަކެއް އެބަހުރި ކަމަށެވެ.

Advertisement - newsAdvertisement

އެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށާއި، އެއަށްފަހުގައި ރައްޔިތުން ބޭނުންވާ ދިރިއުޅުމާއިގެން ކުރިއަށްވަޑައިގެންނެވޭނެކަމަށެވެ. ރައީސް ވިދާޅުވީ ހޯރަފުށީ ދާއިރާއަށް ގެންނަވާ ތަރައްގީގައި އުލިގަމާއި ތުރާކުނަކީ ބާކީވެގެންދާނެ 2 ރަށެއް ނޫން ކަމަށެވެ. އަދި އެ ދެރަށުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް، ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގައި ވަރަށް ވަރަށް ދަތި ދުވަސްތަކެއް ކުރިމަތިވެއްޖެ ކަމަށެވެ. އެ ދަނޑިވަޅުގައިވެސް ވަރަށް ބައިވަރު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު ކަމަށާއި، މުޅި ރާއްޖެ ބަންދުކުރަން ޖެހުނު ވަގުތުގައި ބައެއް ފަރާތްތަކުން އުނދަގޫތައް ކުރިމަތިކުރުވަމުން ގެންދެވި ކަމަށެވެ.

މުޅި ދުނިޔެ ބަންދުވެގެން ދިޔަ އިރުގައި ރާއްޖެ ބަންދުކުރުން ނޫން ގޮތެއް ނެތް ކަމަށާއި، އެހެންނަމަވެސް އެއިރު އެކަމާއި ގަދައަޅައި އިދިކޮޅު ހަދަމުން ދިޔައީ އެއްގޮތަކަށްވެސް އެކަންކޮށްގެން ނުވާނެ ކަމަށް ބުނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ހޯރަފުއްޓާއި، ތުރާކުނާއި އުލިގަމުގެ ތަރައްގީއަށްވެސް އަދި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ތަރައްގީގެ ޕްރޮޖެކްޓްތަކަކީ ރަނގަޅަށް ޕްލޭންކުރެވި، ފައިސާ އެކަމަށް ހޯދާ ރޭވުންތެރިކަމާއެކުގައި ދުރަށް ވިސްނަވައިގެން ކުރައްވަމުން ގެންދަވާ ކަމެއް ކަމަށެވެ.

އެއްވެސް ހާލެއްގައި ސަރުކާރުން ކުރާ އެއްވެސް މަސައްކަތަކީ ފަސް އަހަރުން ފަސްއަހަރުން ވެރިކަމަށް އައިސް ކުރަންޖެހޭނެ މަސައްކަތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. އެއިރުން ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ މާބޮޑުވާނެ ކަމަށާއި، މިކުރައްވާ މަސައްކަތްތަކީ ކުރިއަށް އޮތް 20-30 އަހަރަށް ބަދަލެއް ނުގެނެސް ހިދުމަތްދެވޭނެ ކަންކަން ކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު