Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އަށް އެއްމާބަނޑު ދެކުދިން ލިބިއްޖެ

29 ޖޫން 2017 | ބުރާސްފަތި 14:12

ރޮނާލްޑޯގެ ދޮށީ ދަރިއަށް މި މަހު ވަނީ ހަތް އަހަރު ވެފައި

ލީވާން އަލީ
ލީވާން އަލީ | 29 ޖޫން 2017 | ބުރާސްފަތި 14:12
ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އާއި އޭނާގެ ދަރިފުޅު ރޮނާލްޑޯ ޖޭއާރް (މ) އަދި އޭނާގެ ލޯބިވެރިޔާ ޖޯޖިނާ (ވ)

ކްރިސްޓިއާނޯ ރޮނާލްޑޯ (ކ) އާއި އޭނާގެ ދަރިފުޅު ރޮނާލްޑޯ ޖޭއާރް (މ) އަދި އޭނާގެ ލޯބިވެރިޔާ ޖޯޖިނާ (ވ)

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ.

ރޮނާލްޑޯ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނާ ގައުމީ ޓީމާއެކު ރަޝިއާގައި ކޮންފެޑެރޭޝަންސް ކަޕް ކުޅުމަށް ހުއްޓާ ދެ ކުދިން އުފަންވެފައިވާ ކަމަށާއި، އެކަމާ އޭނާ ވަރަށް އުފަލުން ހުރި ކަމަށެވެ.

ރޮނާލްޑޯ އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޖޯޖިނާ ރޮޑްރިގޭޒް އަށް އެއްމާބަނޑު ދެކުދިން ލިބިފައިވާއިރު އެ ކުދިންނަކީވެސް ފިރިހެން ދެ ކުދިން ކަމަށް ޕޯޗުގަލްގެ ރިޕޯޓްތައް ބުނެއެވެ. އެގޮތުން އެ ދެ ކުދިންނަށް ކިޔަނީ މަޓިއޯ އަދި އިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖިނާ ބަނޑުބޮޑުކަމަށް ރިޕޯޓްތައް ބުނަމުން އަންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އެގޮތުން އެ ދެމީހުންނަށް ލިބެނީ އެއްމާބަނޑު ދެކުދިންކަމަށްވެސް ރިޕޯޓްތައް ބުނިއެވެ. އެހެންނަމަވެސް ރޮނާލްޑޯއެކަން ކަށަވަރުކޮށްދިނީ ބުރާސްފަތި ދުވަހު އެވެ.

ކޮންފެޑެރޭޝަންސްކަޕްގެ ސެމީފައިނަލުން ބަލިވެ ފައިނަލަށް ނުގޮސް ޕޯޗުގަލް ކަޓާފައިވާއިރު، މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ރޮނާލްޑޯ ބައިވެރިނުވާނެކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އޭނާ ދަތުރުކުރާނީ އަލަށް ލިބުނު ދެކުދިން ބެލުމަށްކަމަށްވެސް ރިޕޯޓްތައްބުނެވެ.

ރޮނާލްޑޯގެ ދޮށީ ދަރި ރޮނާލްޑޯ ޖޭއާރް އަށް މި މަހު ހަތް އަހަރު ފުރިފައިވާއިރު، އެ ކުއްޖާގެ މަންމަ އަކީ ކާކުކަން އަދިވެސް ނޭގެއެވެ. އެހެންނަމަވެސް ރޮނާލްޑޯއާ ބެހޭގޮތުން ހެދި ޑޮކިއުމެންޓްރީއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ ކޮންމެވެސް ދުވަހަކުން ދަރިފުޅަށް އެކުއްޖާގެ މަންމަ އަކީ ކާކުކަން ކިޔާދޭނެކަމަށެވެ.

ރޮނާލްޑޯ ވަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ މި ސީޒަނުގައި ރެއާލްއާއެކު ސްޕެނިޝް ލީގު އަދި ޔުއެފާ ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން މިއަހަރުވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވޭނީ ރޮނާލްޑޯކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
14 އެޕްރީލު 2017

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް