Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ސުޕަ ކަޕާއެކު ބާސެލޯނާ އަށް ހަމެޖެހުމެއް އަންނާނެ ކަމަށް ޒަވީ ޤަބޫލު ކުރޭ

ޒަވީ ބުނީ ލިއޮނަލް މެސީ ދޫކޮށްލަން ބާސެލޯނާ އަށް ޖެހި، ޓީމު ދިޔައީ މާލީ ގޮތުން ވަރަަށް ބޮޑު ދަށް ކަމެއްގެ ތެރެއަށް ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖެނުއަރީ 2023 | އަންގާރަ 02:38
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެނިޝް ސުޕަ ކަޕާއެކު ބާސެލޯނާ އަށް ހަމަޖެހުމެއް އަންނާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

މި ސީޒަންގެ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްގައި ބާސެލޯނާ އިން ވަނީ ވާދަވެރި ރެއާލް މެޑްރިޑު ބަލިކުރުމަށްފަހު ތަށި އުފުލާލައިފަ އެވެ. މިއީ ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވި ފަހުން އެ ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތައްޓެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ޒަވީ ބުނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދޫކޮށްލަން ބާސެލޯނާ އަށް ޖެހި، ޓީމު ދިޔައީ މާލީ ގޮތުން ވަރަަށް ބޮޑު ދަށް ކަމެއްގެ ތެރެއަށް ކަމަށެވެ. އޭނާ ބުނީ ދިމާވި މާލީ މައްސަލައިގެ ސަބަބުން ބާސެލޯނާ އަށް ވަރަށް ބޮޑު ނުތަނަވަސްކަމެއް ވެސް ކުރިމަތިވި ކަމަށެވެ. އެހެންކަމުން އަލުން ޓީމަށް ރަނގަޅު ރޫޙެއް ގެނައުމަކީ ވެސް ފަސޭހަކަމެއް ނޫން ކަމަށެވެ. ޒަވީ ބުނީ ލިބުނު ކާމިޔާބީގެ ސަބަބުން ބާސެލޯނާ އަށް ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބާސެލޯނާ އިން މަސައްކަތް ކުރަމުން އައީ ދިމާވި ކަންކަމުން އަރައި ގަތުމަށް ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެ މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

ކުރިން ކުޅުންތެރިޔެއްގެ ގޮތުގައި ބާސެލޯނާގެ ކެޕްޓަން ބޭންޑު އަޅައިގެން ގިނަ ކާމިޔާބީތަކެއް ހޯދި ޒަވީ ބުނީ، ކޯޗެއްގެ ގޮތުގައި ތައްޓެއް ކާމިޔާބު ކުރެވުމުން ވެސް އުފާވާ ކަމަށެވެ. ޒަވީ ބުނީ ކުރިއަށް އޮތީ ބުރަ މަސައްކަތެއް ކަމަށެވެ. އެގޮތުން ސްޕެނިޝް ލީގުގެ އެއް ވަނައިގައި މިވަގުތު ބާސެލޯނާ އޮތްއިރު، އެ މަޤާމު ދަމަހައްޓަން ވަރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޒަވީ ބުންޏެވެ.

މީގެ އިތުރުން ބާސެލޯނާގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް ބުނީ، ބާސެލޯނާގައި ކޮންމެ މީހެއްގެ ވެސް އަމާޒަކަށް ވާނީ މޮޅުވުން ކަމަށެވެ. އޭނާ ބުނީ ޒަވީ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ހިސާބުން އެކަން ކަމަށް ވާސިލްވެވޭނެކަން އެނގުނު ކަމަށާއި، އެންމެ ފަހުން އެ ހިސާބަށް އާދެވިއްޖެ ކަމަށެވެ. އަދި ޒަވީ އާއެކު ބާސެލޯނާ އަށް ކުރިއަށް ދެވޭނެކަން ޔަގީން ކުރާ ކަމަށާއި، ޓީމުގެ ކުޅުންތެރިން ވެސް ތިބީ ޒަވީ އަށް ދޭންޖެހޭ އެހީތެރިކަމެއް އެންމެ ފުރިހަމަ އަށް ދޭން ކަމަށެވެ.

ކުޅުންތެރިޔެއްގެ ގޮތުގައި ޒަވީ ވަނީ ބާސެލޯނާއާއެކު 25 ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

ބާސެލޯނާސްޕެނިޝް ކަޕްޒަވީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު