Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ލީގު

ރެނޭސް ޓީމާމެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ: ގަލްޓިއޭ

ގަލްޓިއޭ ބުނީ ޕީއެސްޖީގެ ކުޅުންތެރިން ޑިފެންސްގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށާއި، އަމިއްލަ ގޭމު ކުޅުމަށް އިސްކަން ދޭން ޖެހޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖެނުއަރީ 2023 | އާދީއްތަ 08:40
ޕީއެސްޖީގެ ކޯޗު ގަލްޓިއޭ

ޕީއެސްޖީގެ ކޯޗު ގަލްޓިއޭ

ފްރާންސް ލީގުގައި ރެނޭސްއާ ދެކޮޅަށް ނުކުންނައިރު އެ ޓީމާމެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފި އެވެ.

ގަލްޓިއޭ ބުނީ ރެނޭސް މެޗަކީ ހުރިހާ ގޮތަކުން ވެސް އުނދަގޫ މެޗަކަށް ވާނެ ކަމަށާއި، އެ ޓީމަކީ ފްރާންސް ލީގުގައި އޮތް އެންމެ މޮޅު އެއް ޓީމު ކަމަށެވެ. އެގޮތުން ރެނޭސް އިން ކުޅޭނީ ޑިފެންސިވް މެޗެއް ކަމަށް ބެލެވޭ ކަމަށާއި، އެމީހުންގެ ދަނޑުގައި އޮންނާނީ ވެސް ރަނގަޅު މާހައުލެއް ކަމަށެވެ. އަދި ޕީއެސްޖީގެ ކުޅުންތެރިން ޑިފެންސްގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށާއި، އަމިއްލަ ގޭމު ކުޅުމަށް އިސްކަން ދޭން ޖެހޭނެ ކަމަށެވެ. ސަބަބަކީ ރެނޭސް އިން ކައުންޓަ އެޓޭކުގައި ޕީއެސްޖީގެ ފަހަތަށް ބާރުބޮޑު ކުރާނެތީ ކަމަށެވެ. ގަލްޓިއޭ ބުނީ އެންޖާސާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީން ބޯޅައާއެކު ދެއްކި ކުޅުމަށްވުރެ، ރަނގަޅު ކުޅުމެއް ރެނޭސް މެޗުގައި ދައްކަން ޖެހޭނެ ކަމަށެވެ.

އިތުރަށް ގަލްޓިއޭ ބުނީ އަބަދު ވެސް ޕީއެސްޖީގައި އޮތީ މޮޅަށް ކުޅެ، މޮޅުވުމުގެ ރޫޙު ކަމަށެވެ. ނަމަވެސް ޕީއެސްޖީ އަށް ރަނގަޅު ޓީމުތަކާ، ރަނގަޅު ކޯޗުންނާ ދެކޮޅަށް ކުޅެން ޖެހޭކަން ފާހަގަ ކުރަމުން ގަލްޓިއޭ ބުނީ، އެކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އަބަދު ވެސް ރެނޭސްގެ މެޗުތައް ބަލާހިތްވާ ކަމަށާއި، އެ ޓީމުގެ ކޯޗު ބްރޫނޯ ގެނެސިއޯ އަންނަނީ ރަނގަޅު މަސައްކަތެއް ކުރަމުން ކަމަށެވެ. އޭނާ ބުނީ ރެނޭސްގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ކުޅެން އަބަދު ވެސް އުނދަގޫވާނެ ކަމަށެވެ. އެގޮތުން އެމީހުން ރިސްކު ނަގާ ކަމަށާއި، އެމީހުން މަސައްކަތް ކުރަނީ ފަހަރަކު ކަމެއް ހާސިލް ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ގަލްޓިއޭ ބުނީ ޕީއެސްޖީގެ މުޅި ސްކޮޑު އެއްކޮށް ނުކުޅޭތާ ދެ މަސް ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް މިހާރު މުޅި ޓީމު އެއްކޮށް ޓްރެއިނިންތައް ފަށައިގެން ކުރިއަށްދެވޭ ވަރު ވެއްޖެ ކަމަށެވެ. އޭނާ ބުނީ ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ އާއި އަޝްރަފް ހަކީމީ ވެސް މިހާރު ޓީމާ އަލުން ގުޅިފައިވާ ކަމަށާއި، ރެނޭސް މެޗުގައި ކުޅެވޭ ވަރަށް އެ ދެ ކުޅުންތެރިން ތައްޔާރު ކަމަށެވެ. ނަމަވެސް މާކޯ ވެރާޓީ އަށް އަދި މެޗުގައި ކުޅެވޭ ވަރު ނުވާ ކަމަށާއި، އޭނާ އަންނަނީ ޓީމާއެކު މަޑުމަޑުން ތަމްރީނުތައް ހަދަމުން ކަމަށެވެ.

ޕީއެސްޖީ އާއި ރެނޭސް ވާދަކުރާ މެޗު ފަށާނީ އާދިއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12:45 ގައެވެ.

ފްރެންޗް ލީގުޕީއެސްޖީކްރިސްޓޮފް ގަލްޓިއޭ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު