Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ލީގު ކަޕް

އިނގިރޭސި ލީގު ކަޕުން ސިޓީ ކަޓުވާލައިފި

ނޮޓިންގހަމް ފޮރެސްޓްވެސް ލީގުކަޕް ސެމީއަށް ގޮސްފައިވޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 12 ޖެނުއަރީ 2023 | ބުރާސްފަތި 02:49
ޖެނެޕޯ ދެވަނަ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޖެނެޕޯ ދެވަނަ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އިނގިރޭސި ލީގު ކަޕުން މެންޗެސްޓަރ ސިޓީ ކަޓައިފިއެވެ. ލީގު ކަޕުން މެންޗެސްޓަރ ސިޓީ ކަޓުވާލީ ސައުތްހެމްޓަންއެވެ.

ކުއާޓާ ފައިނަލްގައި ސިޓީގެ މައްޗަށް ސައުތްހެމްޓަނުން ކުރި ހޯދީ 2-0 ނެވެ. ޢާއްމުކޮށް ސިޓީގެ ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރިންނަށް ބަދަލުތަކެއް ގެނެސްފައިވީ ނަމަވެސް ސިޓީން މެޗަށް ނެރުނީ ވަރުގަދަ އެގާރައެކެވެ. ކުރިއަށް ކުޅުނީ ފިލް ފޮޑެންއާއި ޖެކް ގްރީލިޝްއާއި އަލްވާރޭޒްއެވެ. ދެވަނަ ހާފުގެ ކުރީކޮޅު ހާލާންޑްވެސް ނެރުނެވެ. އަދި ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ކެވިން ޑެ ބުރޭނާވެސް ކުޅެން ނެރުނެވެ. އެކަމަކު ގޯލެއް ޖެހުމުގައި ސިޓީއަށް ކާމިޔާބެއް ނުހޯދުނެވެ. ސައުތްހެމްޓަންއިން ސިޓީ ކޮޅަށް ދެ ގޯލް ޖެހީ ފުރަތަމަ ހާފުގައި, ފަސް މިނެޓުގެ ތެރޭގައެވެ. ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ޖެހީ މާރާއެވެ. ދެވަނަ ގޯލް 28 ވަނަ މިނެޓުގައި ޖެހީ މޯސާ ޖެނެޕޯއެވެ. މިމޮޅާއެކު ފެވަރިޓުންގެ ތެރޭގައި ހިމެނޭ ސިޓީ ކަޓުވާލުމަށްފަހު ސައުތްހެމްޓަން ވަނީ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދާފައެވެ.

ޕެނަލްޓީގައި ވުލްވުސް ބަލިކޮށް, ނޮޓިންގހަމް ފޮރެސްޓްވެސް ވަނީ ސެމީފައިނަލުން ޖާގަ ހޯދާފައެވެ. އެއީ މެޗުގެ ނަތީޖާ 1-1 ން އެއްވަރުވެ, ޕެނަލްޓީގައި 4-3 ން ކުރި ހޯދައިގެންނެވެ. މިއީ 31 އަހަރުގެ ތެރޭގައި ނޮޓިންގހަމް ފޮރެސްޓް ލީގު ކަޕްގެ ސެމީއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. ސެމީފައިނަލްގައި އެޓީމް ވާދަކުރަން ޖެހޭނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ.

އިނގިރޭސި ލީގު ކަޕްމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
19 އޮކްޓޯބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

19 އޮކްޓޯބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
06 އޮކްޓޯބަރު 2025

ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ

06 އޮކްޓޯބަރު 2025
ހާލަންޑުގެ ލަނޑާ އެކު ސިޓީ މޮޅުވެއްޖެ
28 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި

28 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ބާންލީ ބަލިކޮށްފި
25 ސެޕްޓެމްބަރު 2025

ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް

25 ސެޕްޓެމްބަރު 2025
ހަޑްސްފީލްޑް ޓައުން ބަލިކޮށް ސިޓީ ވެސް ގަދަ 16 އަށް
22 ސެޕްޓެމްބަރު 2025

ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި

22 ސެޕްޓެމްބަރު 2025
ފަހު ވަގުތު އާސެނަލް އިން ސިޓީއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު