Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕީއެސްޖީީ

ޕީއެސްޖީގައި އޮތީ މޮޅުވުމުގެ ރޫހު

ފްރާންސް ލީގުގައި ޕީއެސްޖީން އެންޖާސްއާ ދެކޮޅަށް ކުޅޭނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2023 | ބުދަ 13:27
ޮީޕީއެސްޖީގެ ކޯޗު ގަލްޓިއޭ

ޮީޕީއެސްޖީގެ ކޯޗު ގަލްޓިއޭ

ފްރާންސް ލީގުގައި އެންޖާސްއާ ދެކޮޅަށް ނިކުންނައިރު، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގައި އޮތީ މޮޅުވުމުގެ ރޫހުކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފިއެވެ.

ލީގުގައި ޕީއެސްޖީން އެންމެ ފަހުން ލެންސްއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ ބަލިވެފައެވެ. އެއީ މި ސީޒަންގެ ފްރާންސް ލީގުގައި އެ ޓީމުގެ ފުރަތަމަ ބައްޔެވެ. އެ މެޗުގެ ފަހުން ފްރެންޗް ކަޕްގައި ކުޅުނު މެޗުން ޕީއެސްޖީ ވަނީ މޮޅުވެފައެވެ. ލީގުގައި އެންޖާސްއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުން ގަލްޓިއޭ ބުނީ، ޓީމުގެ ސްކޮޑު އޮތީ އެންމެ ފުރިހަމަ ގޮތުގައި ނޫންކަމަށާއި، ނަމަވެސް ކުރީ ހަފުތާއަށްވުރެ ރަނގަޅު ކަމަށެވެ. ގަލްޓިއޭ ބުނީ ޓީމުގައި އަނިޔާގެ މައްސަލަތަކެއް އުޅޭ ކަމަށެވެ. އަދި އެންމެ ފަހުން ފްރެންޗް ކަޕްގައި ކުޅުނު މެޗުގައި އެ ޓީމުގެ ފަރާތުން ރަނގަޅު ކަންކަން ފެނުނު ކަމަށާއި، ނަަމަވެސް އެއީ މުޅިން ތަފާތު މުބާރާތެއް ކަމަށެވެ.

އެންޖާސްއާ ގުޅޭގޮތުން ވާހަކަދައްކަމުން ގަލްޓިއޭ ބުނީ އެ ޓީމަކީ މިހާރަަކަށް އައިސް ވަރަށް ނުރައްކާތެރި، ވަރުގަދަ ޓީމެއް ކަމަށެވެ. އޭނާ ބުނީ އެންޖާސްއިން ވަނީ ފްރެންޗު ކަޕުން ސްޓްރަސްބާގް ކަޓުވާލާފައި ކަމަށާއި، އެ ޓީމުގެ ކޯޗު ބަދަލުވި ފަހުން އެމީހުން އަންނަނީ މޮޅަށް ކުޅެމުން ކަމަށެވެ. ގަލްޓިއޭ ބުނީ ޕީއެސްޖީން މަސައްކަތްކުރާނީ މެޗުގެ ކޮންޓްރޯލް ނަގައި، ނުރައްކާތެރި ހަމަލާ އުފައްދައި، މެޗުން މޮޅުވާން ކަމަށެވެ. މުޅި ޓީމު އޮތީ މޮޅުވުމުގެ ރޫހުގައިކަން ފާހަގަކޮށް ގަލްޓިއޭ ބުނީ، އެންޖާސް މެޗަކީ މުހިންމު މެޗެއް ކަމަށެވެ.

ފްރާންސް ލީގުގައި ޕީއެސްޖީން އެންޖާސްއާ ދެކޮޅަށް ކުޅޭނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު އެކެއް ޖަހާއިރުއެވެ.

ފްރެންޗް ލީގުޕީއެސްޖީކްރިސްޓޮފް ގަލްޓިއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު